Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

ޚަބަރު

އަންނަ އަހަރުގެ ޖުމްހޫރީ ދުވަހުގައި ތިލަފުށީގައި ގާއިމްކުރާ ޕޯޓު ހުޅުވާނަން: ރައީސް

އަންނަ އަހަރުގެ ޖުމްހޫރީ ދުވަހުގައި ތިލަފުށީގައި ގާއިމްކުރާ ޕޯޓު ހުޅުވާނަން: ރައީސް

ރައީސް ވިދާޅުވީ މިހާރު މި ރާއްޖޭގައި މި ސަރުކާރުން ހިންގާ އެންމެ އިސްކަންދޭ އަދި އެންމެ މުހިންމު މަޝްރޫއަކީ މާލޭގެ ޕޯޓު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއު ކަމަށް. އަދި އެޕޯޓަކީ ޕޯޓަކީ ހުރިހާ ގޮތަކުންވެސް ދިވެހި ސަރުކާރުގެ 100 އިންސައްތަ ކޮންޓްރޯލް އޮންނާނެ ތަނެއް ކަމަށް ރައީސް ވިދާޅުވި.

81 ދުވަސް ކުރިން - 12:47

"އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން"

"އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން"

ރައީސް ވިދާޅުވީ މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ ސިނާއަތްތަކުގެ ތެރެއިން އެންމެ ބޮޑު އަސަރެއްކުރީ ފަތުރުވެރިކަމުގެ ދާއިރާއަށް ކަމަށާއި، އެންމެ ބޮޑު އަސަރެއް ކުރީ ފަތުރުވެރިކަމުގެ ދާއިރާއަށް ކަމަށް. ބޭރުގެ ދަރަނިތަކުން ގައުމު ސަލާމަތްކޮށް، އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ އިގްތިސާދެއް ބިނާކުރުމަކީ އަމާޒު ކަމަށް ރައީސް ވިދާޅުވި.

81 ދުވަސް ކުރިން - 12:27

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

ރައީސް ވިދާޅުވީ، މާލޭގެ އުތުރު ފަރާތުގެ ބޮޑުތަކުރުފާނުމަގާއި ބަނދަރު ސަރަހައްދު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ދެން އެންމެ އަވަހަށް ފެށިގެންދާނީ އެމްޕީއެލް ސަރަހައްދުން ފެށިގެން ސުނާމީ ބިނާ މައިޒާނާ ހަމައަށް އޮންނަ، ރިންގް ރޯޑުގެ ބާކީ ބައި ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ކަމަށް.

82 ދުވަސް ކުރިން - 20:04

މާދަމާގެ ޝަރަފްވެރި މެހެމާނަކީ ސައުދީގެ ޕްރިންސް ޑރ. މަންސޫރު

މާދަމާގެ ޝަރަފްވެރި މެހެމާނަކީ ސައުދީގެ ޕްރިންސް ޑރ. މަންސޫރު

ސައުދީ ރަސްގެފާނުގެ މުޝީރު، ސްޓޭޓް މިނިސްޓަރު އަދި ކެބިނެޓް މެންބަރުގެ މަގާމު ފުރުއްވާ ޕްރިންސް ޑރ. މަންސޫރު ރާއްޖެ ވަޑައިގެންނެވީ، ސައުދީގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ ފަރާތްޕުޅުން.

82 ދުވަސް ކުރިން - 13:05

މާދަމާ އަކީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަސް

މާދަމާ އަކީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަސް

ދިވެހިރާއްޖެ އަށް ފުރިހަމަ މިނިވަންކަން ލިބުނީ 26 ޖުލައި 1965 ގައި، އޭރުގެ ބޮޑުވަޒީރު އިބްރާހީމް ނާޞިރާއި އިނގިރޭސި ސަރުކާރާއި ދެމެދު ސޮއި ކުރެވުނު އެއްބަސްވުމެއްގެ ދަށުން.

82 ދުވަސް ކުރިން - 12:55

މަސްތުވާތަކެއްޗާއި އެކު މާލެއިން ލަންކާ އަށް ދިޔަ ދިވެއްސަކު ހައްޔަރު ކޮށްފި

މަސްތުވާތަކެއްޗާއި އެކު މާލެއިން ލަންކާ އަށް ދިޔަ ދިވެއްސަކު ހައްޔަރު ކޮށްފި

މި މައްސަލާގައި ޖުމްލަ ދެމީހުން ހައްޔަރުކޮށްފައިވޭ. އެއީ މާލެއިން މަސްތުވާތަކެތި ހިފައިގެން ދިޔަ ފ. ނިލަންދޫ، ނިރު، ޙަސަން ޢަބްދުالله (40އ) އާއި، ލަންކާގައި އެތަކެއްޗާއި ހަވާލުވާން ހުރި ހ. ޕާމޭރިއާ، މުޙައްމަދު ޝާފީ ބިން އަޙްމަދު (28އ).

82 ދުވަސް ކުރިން - 01:09

ޗާލު ނަލަނަލަ ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްގީކުރި ސަރަހައްދު އާންމުންނަށް

ޗާލު ނަލަނަލަ ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްގީކުރި ސަރަހައްދު އާންމުންނަށް

ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ހަތަރު ލޭނަށް ފުޅާކޮށް ތަރައްޤީކޮށްފައިވާ މި ސަރަހައްދަކީ ގާތްގަނޑަކަށް 700 މީޓަރު ދިގު ސަރަހައްދެއް. އެއްގަމު ތޮށީގައި ހުރި ސިޑިތަކުގައި ރެއިލިންގ ހަރުކުރުމުގެ މަސައްކަތް ފަދަ ކުދިކުދި މަސައްކަތްތައް އަދިވެސް ދަނީ ކުރަމުން.

83 ދުވަސް ކުރިން - 16:00

އަންނަ އަހަރަށް ސްކޫލްތަކަށް ކުދިން ވެއްދުމުގެ ފުރުސަތު ހުޅުވާލައިފި

އަންނަ އަހަރަށް ސްކޫލްތަކަށް ކުދިން ވެއްދުމުގެ ފުރުސަތު ހުޅުވާލައިފި

ގްރޭޓަރ މާލެ ސަރަހައްދުގެ ސްކޫލްތަކަށް ކުދިން ވެއްދުމަށް އެދި ހުށަހަޅަންޖެހެނީ އެޑިއުކޭޝަން މިނިސްޓްރީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް. އަތޮޅުތެރޭގެ ރަށްރަށުގެ ސްކޫލްތަކަށް ވަންނަން އެދޭ ފޯމު ދޫކުރުމާއި ފޯމު ބަލައިގަތުމުގެ ކަންތައްތައް ކުރިއަށްދާނީ ސީދާ އެ ރަށެއްގެ ސްކޫލްތަކުން.. ސުންގަޑިއަކީ އަންނަ އޮގަސްޓް މަހުގެ ނިޔަލަށް.

83 ދުވަސް ކުރިން - 15:44

ރައްޔިތުންގެ އަޑު: 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި

ރައްޔިތުންގެ އަޑު: 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި

ރާއްޖޭގެ އިންތިޚާބީ 93 ދާއިރާގެ ތެރެއިން މިފަހަރު ނަން ހުށަހެޅުމަށް ހުޅުވާލާފައިވަނީ މާފަންނު ދެކުނު ދާއިރާ، އުނގޫފާރު ދާއިރާ، ކެލާ ދާއިރާ، އަދި ފުވައްމުލަކު ދެކުނު ދާއިރާއިން. މި ސިލްސިލާގެ ތެރެއިން ހޮވޭ ކޮންމެ ބައިވެރިއަކަށް ވެސް ރައީސުލްޖުމްހޫރިއްޔާއާ އެކަނި ބައްދަލުކޮށް، ދާއިރާގެ ކަންބޮޑުވުންތަކާއި އަމިއްލަ މައްސަލަތައް ހިއްސާކުރެވޭނެ.

84 ދުވަސް ކުރިން - 17:24

އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން ނިޔާޒް ވަކިކޮށްފި

އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން ނިޔާޒް ވަކިކޮށްފި

އަޙުމަދު ނިޔާޛު އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނުކޮށްފައިވަނީ 23 ނޮވެމްބަރު 2023 ގައި. ނިޔާޒް މަގާމުން ވަކިކުރި ސަބަބެއް ސަރުކާރުންނާއި ޕީސީބީން ރަސްމީކޮށް ހާމަކޮށްފައެއް ނުވޭ.

84 ދުވަސް ކުރިން - 16:25

ހުޅުމާލޭގައި ބާއްވާ މިނިވަން ދުވަހުގެ ޚާއްޞަ ކާނިވަލް އަންނަ ހުކުރު ދުވަހު

ހުޅުމާލޭގައި ބާއްވާ މިނިވަން ދުވަހުގެ ޚާއްޞަ ކާނިވަލް އަންނަ ހުކުރު ދުވަހު

އެޗްޑީސީން މަޢުލޫމާތު ދޭ ގޮތުގައި، ކާނިވަލް ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ ވެސް ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 11:00 އަށެވެ. މިއީ ހުރިހާ އުމުރެއްގެ މީހުންނާ ވެސް ގުޅޭނެ ފަދަ ތަފާތު ގިނަ ހަރަކާތްތަކެއް ހިމަނައިގެން، އާއިލާތަކަށް އުފާވެރި މާޙައުލެއް ހޯދައިދިނުމަށް އިންތިޒާމުކުރާ އިވެންޓެއް.

84 ދުވަސް ކުރިން - 14:28

ހޫޘީން ސައޫދީ އަށް ކުރާ ދޮގު ތުހުމަތު ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ހޫޘީން ސައޫދީ އަށް ކުރާ ދޮގު ތުހުމަތު ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ދިވެހި ސަރުކާރުން ވަނީ ސައުދީ އަރަބިއްޔާގެ ސަލާމަތާއި، ރައްކާތެރިކަމާއި، ސިޔާދަތު ދެމެހެއްޓުމަށް އެ ގައުމުން ކުރާ މަސައްކަތްތަކަށް ފުރިހަމައަށް ތާއީދުކޮށް، ސައުދީ ސަރުކާރާއި ރައްޔިތުންނާއެކު ސާބިތުކަމާއެކު އޮތްކަން ހާމަކޮށްފަ.

84 ދުވަސް ކުރިން - 12:13

Previous12345Next