Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މާދަމާގެ ޝަރަފްވެރި މެހެމާނަކީ ސައުދީގެ ޕްރިންސް ޑރ. މަންސޫރު

މާދަމާގެ ޝަރަފްވެރި މެހެމާނަކީ ސައުދީގެ ޕްރިންސް ޑރ. މަންސޫރު

ހުސައިން އިސްމާއިލް
51 ދުވަސް ކުރިން - 25 ޖުލައި 2026 13:05
ޕްރިންސް ޑރ. މަންސޫރު ރާއްޖެ ވަޑައިގެންނެވުމުން މަރުޙަބާ ދަންނަވަނީ.
ޕްރިންސް ޑރ. މަންސޫރު ރާއްޖެ ވަޑައިގެންނެވުމުން މަރުޙަބާ ދަންނަވަނީ.
ޚުލާސާ

ސައުދީ ރަސްގެފާނުގެ މުޝީރު، ސްޓޭޓް މިނިސްޓަރު އަދި ކެބިނެޓް މެންބަރުގެ މަގާމު ފުރުއްވާ ޕްރިންސް ޑރ. މަންސޫރު ރާއްޖެ ވަޑައިގެންނެވީ، ސައުދީގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ ފަރާތްޕުޅުން.

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނީ ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ބޭފުޅެއް ކަމަށްވާ ޕްރިންސް ޑރ. މަންސޫރު ބިން މުތައިބު ބިން އަބްދުލްއަޒީޒް އަލް ސައުދު އެވެ.

ސައުދީ ރަސްގެފާނުގެ މުޝީރު، ސްޓޭޓް މިނިސްޓަރު އަދި ކެބިނެޓް މެންބަރުގެ މަގާމު ފުރުއްވާ ޕްރިންސް ޑރ. މަންސޫރު ރާއްޖެ ވަޑައިގެންނެވީ، ސައުދީގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ ފަރާތްޕުޅުންނެވެ. މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޚާއްޞަ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އާއި ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސްގެ ޕްރިންސިޕަލް ސެކްރެޓަރީ މުހައްމަދު ނަސީރެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގަތުމުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ ފަރާތުން ވަނީ އަސްކަރީ ގާޑް އޮފް އޮނާއެއް އަރުވާފައެވެ.

Advertisement

Advertisement 1

މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވި ގޮތުގައި ސައުދީ ޝާހީ އާއިލާގެ މި މަތީ ފަންތީގެ ޒިޔާރަތުން ރަމްޒުކޮށްދެނީ ދިވެހިރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ބަދަހި އަޚުވަންތަ ގުޅުމެވެ. އަދި ދެ ގައުމުގެ ޕާޓްނަޝިޕަށް ދެެ ފަރާތުންވެސް ދޭ ޚާއްޞަ އަހައްމިއްޔަތު މިކަމުން ހާމަވެއެވެ.

ޕްރިންސް ޑރ. މަންސޫރު މި ދަތުރުފުޅުގައި މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާއާއި އަސްކަރީ ޕެރޭޑްގެ ހަރަކާތްތައް ޝަރަފްވެރިކޮށްދެއްވާނެއެވެ.

މިނިވަން ދުވަސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނަން: ރައީސް

49 ދުވަސް ކުރިން - 14:06

ސިޔާސީ ބަދަލުހިފުމުގެ އަޅުވެތިކަމުން ގައުމު މިނިވަންކޮށްފިން، އެއްވެސް ރައީސަކު ޖަލަކަށް ނުލަން: ރައީސް

"ސިޔާސީ ބަދަލުހިފުމުގެ އަޅުވެތިކަމުން ގައުމު މިނިވަންކޮށްފިން، އެއްވެސް ރައީސަކު ޖަލަކަށް ނުލަން"

50 ދުވަސް ކުރިން - 14:24

އެމްޑީޕީ ސަރުކާރުން ފޯޅަވަހި ދޫކޮށްލީ ވަރަށް ފިނޑި ގޮތަކަށް، އިންސާފު ލިބިގަތުމުގެ މަސައްކަތް އަދިވެސް ކުރިއަށް އެބަދޭ: ރައީސް

އެމްޑީޕީ ސަރުކާރުން ފޯޅަވަހި ދޫކޮށްލީ ވަރަށް ފިނޑި ގޮތަކަށް: ރައީސް

50 ދުވަސް ކުރިން - 13:11

މާދަމާ އަކީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަސް

މާދަމާ އަކީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަސް

51 ދުވަސް ކުރިން - 12:55

ހުޅުމާލޭގައި ބާއްވާ މިނިވަން ދުވަހުގެ ޚާއްޞަ ކާނިވަލް އަންނަ ހުކުރު ދުވަހު ފަށަނީ

ހުޅުމާލޭގައި ބާއްވާ މިނިވަން ދުވަހުގެ ޚާއްޞަ ކާނިވަލް އަންނަ ހުކުރު ދުވަހު

53 ދުވަސް ކުރިން - 14:28

މިނިވަން ދުވަހާއި އެޗްޑީސީގެ ރިހި ޔޫބިލް ފާހަގަކުރުމަށް ހުޅުމާލޭގައި "ސައްބީސް ކާނިވަލް" ބާއްވަނީ

މިނިވަން ދުވަހާއި އެޗްޑީސީގެ ރިހިޔޫބިލް ފާހަގަކުރުމަށް ހުޅުމާލޭގައި ސައްބީސް ކާނިވަލް" ބާއްވަނީ

54 ދުވަސް ކުރިން - 16:09