Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މިނިވަން ދުވަހާއި އެޗްޑީސީގެ ރިހި ޔޫބިލް ފާހަގަކުރުމަށް ހުޅުމާލޭގައި "ސައްބީސް ކާނިވަލް" ބާއްވަނީ

މިނިވަން ދުވަހާއި އެޗްޑީސީގެ ރިހި ޔޫބިލް ފާހަގަކުރުމަށް ހުޅުމާލޭގައި "ސައްބީސް ކާނިވަލް" ބާއްވަނީ

އައިޝަތު ރުވާ ރިފްޢަތު
1 ގަޑިއިރު ކުރިން - 22 ޖުލައި 2026 16:09
ސެންޓްރަލް ޕާކުގައި މީގެ ކުރިން ބޭއްވި އިވެންޓެއްގެ ތެރެއިން. / ފޮޓޯ: އެޗްޑީސީ
ސެންޓްރަލް ޕާކުގައި މީގެ ކުރިން ބޭއްވި އިވެންޓެއްގެ ތެރެއިން. / ފޮޓޯ: އެޗްޑީސީ
ޚުލާސާ

މި ކާނިވަލް އޮންނާނީ މި ޖުލައި މަހުގެ 24 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގަ. މި ކާނިވަލަކީ ހުރިހާ އުމުރުފުރާއަކާ ގުޅޭނެހެން ތަފާތު ގިނަ ހަރަކާތްތަކެއް ހިމަނައިގެން ފަރުމާކޮށްފައިވާ އިވެންޓެއް.

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ރިހި ޔޫބިލް އަހަރު ފާހަގަކުރުމުގެ ގޮތުން "ސައްބީސް ކާނިވަލް" ގެ ނަމުގައި ކުލަގަދަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމައިފިއެވެ.

އޮފިޝަން އިވެންޓްސް އާއި އެޗްޑީސީ ގުޅިގެން ކުރިއަށްގެންދާ މި ކާނިވަލް އޮންނާނީ މި ޖުލައި މަހުގެ 24 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. އަށް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކާނިވަލްގެ ހަރަކާތްތައް ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް ކުރިއަށްދާނެއެވެ.

މި ކާނިވަލަކީ ހުރިހާ އުމުރުފުރާއަކާ ގުޅޭނެހެން ތަފާތު ގިނަ ހަރަކާތްތަކެއް ހިމަނައިގެން ފަރުމާކޮށްފައިވާ އިވެންޓެކެވެ. އެގޮތުން ކާނިވަލް ގޭމްތަކާއި، ބިރުވެރި ހަދާންތައް އާކޮށްދޭ 'ހޮރޯ ހައުސް' އެއްގެ އިތުރުން ޑިޖިޓަލް ގޭމިންގ އެރީނާއެއް ވެސް މިތަނުގައި ގާއިމުކުރެވޭނެއެވެ. މީގެއިތުރުން ކުޑަކުދިންނަށް ހާއްސަ އޭރިއާއަކާއި، އިންފްލޭޓަބަލްސް އަދި ތަފާތު ރަހަތަކުގެ ކާބޯތަކެތި ލިބޭނެ ފުޑް ކިއޮސްކުތައް ވެސް ހުންނާނެއެވެ. ފަންނީ ހުށަހެޅުންތަކަށް ބަލާއިރު، ލައިވް މިއުޒިކާއި ބޮޑުބެރުގެ ފޯރިގަދަ އައިޓަމްތައް ކާނިވަލްގެ އެކި ދުވަސްތަކުގައި ފެނިގެންދާނެއެވެ.

Advertisement

Advertisement 1

މި ހަރަކާތް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ މިނިވަން ދުވަހުގެ އުފާ ފާޅުކުރުމާއެކު، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރުކުރުމެވެ. އަދި ކުދިބޮޑު އެންމެން އެއްތަނަކަށް އެއްވެ، މަޖާ މާހައުލެއްގައި ހިތްހަމަޖެހޭ ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

އެޗްޑީސީން ބުނެފައިވަނީ އެ ކޯޕަރޭޝަންގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ވެސް ހުޅުމާލޭގެ ރައްޔިތުންގެ ބައިވެރިވުމާއެކު، މިފަދަ ގައުމީ އަދި ހާއްސަ ދުވަސްތައް ކުލަގަދަ ގޮތެއްގައި ފާހަގަކޮށް، މުޖުތަމައުގެ ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރުން ކަމަށެވެ.

އެޗްޑީސީމިނިވަން ދުވަސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 66 ބޭފުޅަކަށް އެރުވުމަށް ނިންމައިފި

ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 66 ބޭފުޅަކަށް

7 ދުވަސް ކުރިން - 14:33

މިނިވަންދުވަހުގެ ހާއްސަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "މިނިވަން ރަން" އިފްތިތާހްކޮށްފި

މިނިވަންދުވަހުގެ ހާއްސަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "މިނިވަން ރަން" އިފްތިތާހްކޮށްފި

7 ދުވަސް ކުރިން - 22:41

ގާނޫނާ އެއްގޮތަށް، އަމިއްލަ އިސްނެގުމުގައި މައުލޫމާތު އާންމުކުރި ފުރަތަމަ އެސްއޯއީއަކަށް އެޗްޑީސީ

ގާނޫނާ އެއްގޮތަށް، އަމިއްލަ އިސްނެގުމުގައި މައުލޫމާތު އާންމުކުރި ފުރަތަމަ އެސްއޯއީއަކަށް އެޗްޑީސީ

22 ދުވަސް ކުރިން - 22:44

އެޗްޑީސީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފަށަނީ، ކޮންމެ ބައިވެރިޔަކަށް މަހަކު 6000 ރުފިޔާ

އެޗްޑީސީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފަށަނީ، ކޮންމެ ބައިވެރިޔަކަށް މަހަކު 6000 ރުފިޔާ

31 ދުވަސް ކުރިން - 15:03

ހުޅުމާލެ ފަޅުތެރެއަށް ކުނި ޖަމާވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެޗްޑީސީން ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށްފި

ހުޅުމާލެ ފަޅުތެރެއަށް ކުނި ޖަމާވާ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ފަށައިފި

34 ދުވަސް ކުރިން - 16:32

ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ބޮޑު ސްކްރީނުން ވޯލްޑް ކަޕް ބަލައިލެވޭނެ އިންތިޒާމު އެޗްޑީސީން ހަމަޖައްސައިފި

ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ބޮޑު ސްކްރީނުން ވޯލްޑްކަޕް ބަލައިލެވޭނެ އިންތިޒާމު ހަމަޖައްސައިފި

41 ދުވަސް ކުރިން - 16:51