Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މާދަމާ އަކީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަސް

މާދަމާ އަކީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަސް

ހުސައިން އިސްމާއިލް
51 ދުވަސް ކުރިން - 25 ޖުލައި 2026 12:55
ޤައުމީ ދިދަ ވިހުރެނީ - މާދަމާ އަކީ ރާއްޖޭގެ 61 ވަނަ މިނިވަން ދުވަސް.
ޤައުމީ ދިދަ ވިހުރެނީ - މާދަމާ އަކީ ރާއްޖޭގެ 61 ވަނަ މިނިވަން ދުވަސް.
ޚުލާސާ

ދިވެހިރާއްޖެ އަށް ފުރިހަމަ މިނިވަންކަން ލިބުނީ 26 ޖުލައި 1965 ގައި، އޭރުގެ ބޮޑުވަޒީރު އިބްރާހީމް ނާޞިރާއި އިނގިރޭސި ސަރުކާރާއި ދެމެދު ސޮއި ކުރެވުނު އެއްބަސްވުމެއްގެ ދަށުން.

ދިވެހިރާއްޖެ އިނގިރޭސިވިލާތުގެ ހިމާޔަތުން ނިކުމެ، ފުރިހަމަ މިނިވަން ދައުލަތަކަށް ބަދަލުވިތާ 61 ވަނަ އަހަރު ފުރޭ މިނިވަން ދުވަހުގެ މުނާސަބަތު މާދަމާ (26 ޖުލައި) މުޅި ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރަން ތައްޔާރުވެއްޖެއެވެ.

މި މުނާސަބަތާއި ގުޅިގެން ރާއްޖެއާއި ރާއްޖޭއިން ބޭރުގައި ހުރި ޑިޕްލޮމެޓިކް މިޝަންތަކުގައި ތަފާތު ހަރަކާތްތައް ދަނީ ބާއްވަމުންނެވެ. އެގޮތުން ސްރީލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން އިސްނަގައިގެން ކޮލަމްބޯގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ.

Advertisement

Advertisement 1

ކޮލޮމްބޯގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.

މި ރަސްމިއްޔާތުގައި ބޮޑުބެރާއި ދިވެހި ސަގާފީ ނެށުންތައް ހުށަހަޅާފައިވާއިރު، ލަންކާގެ ސަރުކާރުގެ އިސްވެރިންނާއި ބޭރުގެ ސަފީރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މާދަމާގެ ރަސްމީ ހަރަކާތްތަކަށް ވެރިރަށް މާލެއާއި ހުޅުމާލެ ވަނީ ދިވެހި ގައުމީ ދިދައިގެ ކުލަތަކުން ދިއްލާލާފައެވެ. މި އަހަރުގެ މިނިވަން ދުވަހުގެ އުފަލުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ދަނީ ކާނިވަލަކާއި، ކާބޯތަކެތީގެސްޓޯލްތަކާއި، ކުޑަކުދިންގެ ކުޅިވަރުތައް ހިމެނޭ ބޮޑު ހަރަކާތެއް ހުޅުމާލޭގައި ކުރިއަށްގެންދަމުންނެވެ.

މީގެ އިތުރުން، މިނިވަން ދުވަހުގެ ރަސްމީ ޖަލްސާއާއި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ބޭފުޅަކުވެސް ރާއްޖެ ވަޑައިގެންފައި ވެއެވެ. މާދަމާ ހެނދުނު ޖުމްހޫރީ މައިދާނުގައި ބާއްވާ ދިދަނެގުމުގެ ރަސްމިއްޔާތަށްފަހު، ސިފައިންނާއި ކެޑޭޓުންގެ ޕެރޭޑްތަކާއި އެކި ސަގާފީ ކުޅިވަރުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާނެއެވެ.

ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނީ 26 ޖުލައި 1965 ގައި، އޭރުގެ ބޮޑުވަޒީރު އިބްރާހީމް ނާޞިރާއި އިނގިރޭސި ސަރުކާރާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.

މިނިވަން ދުވަސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނަން: ރައީސް

49 ދުވަސް ކުރިން - 14:06

ސިޔާސީ ބަދަލުހިފުމުގެ އަޅުވެތިކަމުން ގައުމު މިނިވަންކޮށްފިން، އެއްވެސް ރައީސަކު ޖަލަކަށް ނުލަން: ރައީސް

"ސިޔާސީ ބަދަލުހިފުމުގެ އަޅުވެތިކަމުން ގައުމު މިނިވަންކޮށްފިން، އެއްވެސް ރައީސަކު ޖަލަކަށް ނުލަން"

50 ދުވަސް ކުރިން - 14:24

އެމްޑީޕީ ސަރުކާރުން ފޯޅަވަހި ދޫކޮށްލީ ވަރަށް ފިނޑި ގޮތަކަށް، އިންސާފު ލިބިގަތުމުގެ މަސައްކަތް އަދިވެސް ކުރިއަށް އެބަދޭ: ރައީސް

އެމްޑީޕީ ސަރުކާރުން ފޯޅަވަހި ދޫކޮށްލީ ވަރަށް ފިނޑި ގޮތަކަށް: ރައީސް

50 ދުވަސް ކުރިން - 13:11

މާދަމާގެ ޝަރަފްވެރި މެހެމާނަކީ ސައުދީގެ ޕްރިންސް ޑރ. މަންސޫރު

މާދަމާގެ ޝަރަފްވެރި މެހެމާނަކީ ސައުދީގެ ޕްރިންސް ޑރ. މަންސޫރު

51 ދުވަސް ކުރިން - 13:05

ހުޅުމާލޭގައި ބާއްވާ މިނިވަން ދުވަހުގެ ޚާއްޞަ ކާނިވަލް އަންނަ ހުކުރު ދުވަހު ފަށަނީ

ހުޅުމާލޭގައި ބާއްވާ މިނިވަން ދުވަހުގެ ޚާއްޞަ ކާނިވަލް އަންނަ ހުކުރު ދުވަހު

53 ދުވަސް ކުރިން - 14:28

މިނިވަން ދުވަހާއި އެޗްޑީސީގެ ރިހި ޔޫބިލް ފާހަގަކުރުމަށް ހުޅުމާލޭގައި "ސައްބީސް ކާނިވަލް" ބާއްވަނީ

މިނިވަން ދުވަހާއި އެޗްޑީސީގެ ރިހިޔޫބިލް ފާހަގަކުރުމަށް ހުޅުމާލޭގައި ސައްބީސް ކާނިވަލް" ބާއްވަނީ

54 ދުވަސް ކުރިން - 16:09