Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސިޔާސީ ބަދަލުހިފުމުގެ އަޅުވެތިކަމުން ގައުމު މިނިވަންކޮށްފިން، އެއްވެސް ރައީސަކު ޖަލަކަށް ނުލަން: ރައީސް

ސިޔާސީ ބަދަލުހިފުމުގެ އަޅުވެތިކަމުން ގައުމު މިނިވަންކޮށްފިން، އެއްވެސް ރައީސަކު ޖަލަކަށް ނުލަން: ރައީސް

އައިޝަތު ރުވާ ރިފްޢަތު
1 ގަޑިއިރު ކުރިން - 26 ޖުލައި 2026 14:24
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ. / ފޮޓޯ: ރައީސް އޮފީސް
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް ވިދާޅުވީ އެއްވެސް ސިޔާސީ ލީޑަރަކު މިހާތަނަށް އާއިރު ހައްޔަރުކޮށްފައި ނުވާނެ ކަމަށާއި ކުރީގެ ރައީސްކަން ކޮށްފައި ހުރި އެއްވެސް ބޭފުޅަކު ޖަލަށްލާފައި ނުވާނެ ކަމަށް. ދާހިލީ ގޮތުން ގައުމެއްގައި މިނިވަންކަން އޮންނާނީ ޑިމޮކްރަސީގެ މިނިވަންކަން ފުރިހަމަ ގޮތުގައި ލިބިގެން ކަމަށް ރައީސް ވިދާޅުވި.

ރާއްޖޭގައި މީގެކުރިން އޮތް ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ގައުމު މިއަދު މިނިވަންކުރެވިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި ރައީސް ވަނީ ރާއްޖެއަށް އެކި ދާއިރާތަކުން މިނިވަންކަން ހޯދުމަށް ސަރުކާރުން ކުރައްވަމުންދާ މުހިންމު މަސައްކަތްތަކުގެ ތަފްސީލް ހިއްސާކުރައްވާފައެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ދާހިލީ ގޮތުން ގައުމެއްގައި މިނިވަންކަން އޮންނާނީ ޑިމޮކްރަސީގެ މިނިވަންކަން ފުރިހަމަ ގޮތުގައި ލިބިގެން ކަމަށެވެ. އަދި ރާއްޖޭގެ ތާރީޚުގައިވެސް އަދުގެ ސަރުކާރުން ޑިމޮކްރަސީ މިނިވަންކޮށްދީފައިވާ ވަރަށް، ދުވަހަކުވެސް އެކަން ތަންފީޒު ކުރެވިފައި ނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

Advertisement 1

ސިޔާސީ ހަރަކާތްތަކަށް އޮތް ފުރުސަތުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވީ، މިއަދު ސިޔާސީ ހަރަކާތްތައް ހިންގުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށެވެ. މީގެކުރިން އިދިކޮޅު ސިޔާސީ ލީޑަރުން ޖަލަށްލުމުގެ ސަގާފަތެއް އޮތް ނަމަވެސް، މި ސަރުކާރުން ވަނީ އެ ފަރާތްތަކަށް ބޭނުންވާ ގޮތަކަށް ހަރަކާތްތެރިވުމުގެ ފުރިހަމަ މިނިވަންކަން ދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެއްވެސް ސިޔާސީ ލީޑަރަކު މިހާތަނަށް އާއިރު ހައްޔަރުކޮށްފައި ނުވާނެ. ކުރީގެ ރައީސްކަން ކޮށްފައި ހުރި އެއްވެސް ބޭފުޅަކު ޖަލަށްލާފައި ނުވާނެ. މިއީތޯ މީގެކުރިން މިގައުމުގައި ކަންކަން އޮތް ގޮތަކީ؟ ސަރުކާރެއް ހޮވާތަނުން އަވަސްވެ ގަންނަނީ ކުރީގައި އެންމެފަހުން ވެރިކަމުން ފޭބިމީހާ ޖަލަށްލެވޭތޯ. ބަދަލު ހިފުމުގެ ރޫހު ނޫންކަމެއް ގައުމުގައި ތަންފީޒުކޮށްފައިނުވޭ"
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރައީސް އިތުރަށް ވިދާޅުވީ، ސިޔާސީ ވިހަގަދަ ބަދަލުހިފުމުގެ އަޅުވެތިކަމުން ގައުމު ސަލާމަތްކޮށް، އަނިޔާވެރިކަން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ. އަދި ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަންވެސް އެންމެ ފުޅާ ދާއިރާއެއްގައި ކަށަވަރުކޮށްދެއްވާފައިވާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް މި މިނިވަންކަމުގެ ބޭނުން ހިފާއިރު، ގާނޫނުއަސާސީއާއި އިސްލާމްދީނުގެ އިންތަކަށް ތަބާވާންޖެހޭނެކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.

މީގެ އިތުރުން، ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި ކޯޓުތަކުގެ ބަޖެޓު ބޮޑުކޮށް، ޖާގަ ތަނަވަސް އިމާރާތްތައް ހޯދައިދިނުމުގެ މަސައްކަތް ކުރިއަށްދާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ހުޅުމާލޭގައި އަޅާ ރާއްޖޭގެ އެންމެ ބޮޑު ކޯޓު ކޮމްޕްލެކްސްގެ މަސައްކަތް ނިމުމުން، ޝަރުއީ ދާއިރާއަށް ހަގީގީ މިނިވަންކަން ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުމިނިވަން ދުވަސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާ ފުރަތަމަ ސަރުކާރަށް މި ސަރުކާރު ވެގެންދާނެ: ރައީސް

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާނަން: ރައީސް

1 ގަޑިއިރު ކުރިން - 13:55

އެމްޑީޕީ ސަރުކާރުން ފޯޅަވަހި ދޫކޮށްލީ ވަރަށް ފިނޑި ގޮތަކަށް، އިންސާފު ލިބިގަތުމުގެ މަސައްކަތް އަދިވެސް ކުރިއަށް އެބަދޭ: ރައީސް

އެމްޑީޕީ ސަރުކާރުން ފޯޅަވަހި ދޫކޮށްލީ ވަރަށް ފިނޑި ގޮތަކަށް: ރައީސް

2 ގަޑިއިރު ކުރިން - 13:11

ތިލަފުށީގައި ޕޯޓު ތަރައްގީކުރުން: ކުރީ ސަރުކާރުތަކުން ދެއްކީ ހުސް ވާހަކަ، އަންނަ އަހަރުގެ ޖުމްހޫރީ ދުވަހުގައި ތިލަފުށީގައި ޕޯޓު ހުޅުވާނަން: ރައީސް

އަންނަ އަހަރުގެ ޖުމްހޫރީ ދުވަހުގައި ތިލަފުށީގައި ގާއިމްކުރާ ޕޯޓު ހުޅުވާނަން: ރައީސް

2 ގަޑިއިރު ކުރިން - 12:47

އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން: ރައީސް

"އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން"

3 ގަޑިއިރު ކުރިން - 12:27

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

19 ގަޑިއިރު ކުރިން - 20:04

މާދަމާގެ ޝަރަފްވެރި މެހެމާނަކީ ސައުދީގެ ޕްރިންސް ޑރ. މަންސޫރު

މާދަމާގެ ޝަރަފްވެރި މެހެމާނަކީ ސައުދީގެ ޕްރިންސް ޑރ. މަންސޫރު

1 ދުވަސް ކުރިން - 13:05