Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން: ރައީސް

އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން: ރައީސް

އައިޝަތު ރުވާ ރިފްޢަތު
1 ގަޑިއިރު ކުރިން - 26 ޖުލައި 2026 12:27
ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު އަދި ދައުލަތުގެ އިސްވެރިން މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވަނީ. / ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު އަދި ދައުލަތުގެ އިސްވެރިން މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް ވިދާޅުވީ މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ ސިނާއަތްތަކުގެ ތެރެއިން އެންމެ ބޮޑު އަސަރެއްކުރީ ފަތުރުވެރިކަމުގެ ދާއިރާއަށް ކަމަށާއި، އެންމެ ބޮޑު އަސަރެއް ކުރީ ފަތުރުވެރިކަމުގެ ދާއިރާއަށް ކަމަށް. ބޭރުގެ ދަރަނިތަކުން ގައުމު ސަލާމަތްކޮށް، އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ އިގްތިސާދެއް ބިނާކުރުމަކީ އަމާޒު ކަމަށް ރައީސް ވިދާޅުވި.

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިގްތިސާދަށް އަންނަ ބަދަލުތަކާއެކު، ރާއްޖޭގެ ފަތުރުވެރިކަމާއި އިގްތިސާދީ ސިޔާސަތުތައް ބައްޓަން ކުރަމުންދަނީ އެ ހަނގުރާމައަކީ ދާއިމަށް ކުރިއަށްދާނެ ކަމަކަށް ބަލައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ ސިނާއަތްތަކުގެ ތެރެއިން އެންމެ ބޮޑު އަސަރެއް ކުރީ ފަތުރުވެރިކަމުގެ ދާއިރާއަށް ކަމަށެވެ. އެހެންކަމުން، އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް ސަރުކާރުން ކުރާ މަސައްކަތްތައް ރާވަމުންދަނީ މި ނުތަނަވަސްކަން ދިގުލައިގެންދާނެ ކަމަށް ބަލައިގެން، އެފަދަ ހާލަތަކަށް ތައްޔާރުވެ ތިބެގެން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، ހަމައެކަނި ފަތުރުވެރިކަމެއް ނޫނެވެ. ރާއްޖޭގެ އެހެނިހެން ސިނާއަތްތައް ވެސް މި ހަނގުރާމައާ ގުޅިގެން ވެއްޓުނަ ނުދީ ހިފެހެއްޓުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ސަރުކާރުން ދަނީ ކުރަމުންނެވެ.

Advertisement

Advertisement 1

މީގެ އިތުރުން، އިގްތިސާދީ މިނިވަންކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ސަރުކާރާ ހަވާލުވިއިރު ގައުމުގެ އިގްތިސާދު އޮތީ ވަރަށް ބޮޑު އަނދަވަޅެއްގެ ތެރޭގައި ކަމަށާއި، އިގްތިސާދު އޮތީ ބޭރުގެ ނުފޫޒުތަކަށް "އަޅުވެތިވެފައި" ކަމަށެވެ. ނަމަވެސް ވޭތުވެދިޔަ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެ އަޅުވެތިކަމުން ގައުމު ސަލާމަތްކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން، ދައުލަތުން ދައްކަންޖެހޭ ސުކޫކްތައް ދައްކައި ނިންމާ، އެތައް ބިލިއަން ރުފިޔާގެ ލޯނު ދައްކާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ބައެއް ހަރުމުދާތައް ރަހުނުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އެ މުދާތައް މިނިވަންކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"ސުކޫކް ދައްކާ ނިންމާ، އަދި އެތައް ލޯނެއް އަޅުގަނޑުމެން ދެއްކީމު، އަޅުގަނޑުމެންގެ ހަރު މުދާތައްވެސް މިނިވަންކޮށްފަ؛ ދަރުމަވަންތަ ހޮސްޕިޓަލާއި މިފަދަ ތަންތަން އަޅުވެތިކަމުން މިނިވަންކޮށް އަޅުގަނޑުމެންގެ އިގްތިސާދު ހަރުދަނާކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން މިގެންދަނީ،"
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރައީސް މުއިއްޒުގެ ވާހަކަފުޅުގައި ބޭރުގެ ދަރަނިތަކުން ގައުމު ސަލާމަތްކޮށް، އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ އިގްތިސާދެއް ބިނާކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އަމާޒުކަން ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ.

މިނިވަންނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސްފަތުރުވެރިކަންރައީސް ޑރ. މުހައްމަދު މުއިއްޒުއިގްތިސޯދު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމްޑީޕީ ސަރުކާރުން ފޯޅަވަހި ދޫކޮށްލީ ވަރަށް ފިނޑި ގޮތަކަށް، އިންސާފު ލިބިގަތުމުގެ މަސައްކަތް އަދިވެސް ކުރިއަށް އެބަދޭ: ރައީސް

އެމްޑީޕީ ސަރުކާރުން ފޯޅަވަހި ދޫކޮށްލީ ވަރަށް ފިނޑި ގޮތަކަށް: ރައީސް

41 މިނެޓު ކުރިން - 13:11

ތިލަފުށީގައި ޕޯޓު ތަރައްގީކުރުން: ކުރީ ސަރުކާރުތަކުން ދެއްކީ ހުސް ވާހަކަ، އަންނަ އަހަރުގެ ޖުމްހޫރީ ދުވަހުގައި ތިލަފުށީގައި ޕޯޓު ހުޅުވާނަން: ރައީސް

އަންނަ އަހަރުގެ ޖުމްހޫރީ ދުވަހުގައި ތިލަފުށީގައި ގާއިމްކުރާ ޕޯޓު ހުޅުވާނަން: ރައީސް

1 ގަޑިއިރު ކުރިން - 12:47

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

17 ގަޑިއިރު ކުރިން - 20:04

ރައްޔިތުންގެ އަޑު: 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި

ރައްޔިތުންގެ އަޑު: 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި

2 ދުވަސް ކުރިން - 17:24

ހުޅުމާލޭގައި ބާއްވާ މިނިވަން ދުވަހުގެ ޚާއްޞަ ކާނިވަލް އަންނަ ހުކުރު ދުވަހު ފަށަނީ

ހުޅުމާލޭގައި ބާއްވާ މިނިވަން ދުވަހުގެ ޚާއްޞަ ކާނިވަލް އަންނަ ހުކުރު ދުވަހު

2 ދުވަސް ކުރިން - 14:28

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ނިންމަވައިފި

3 ދުވަސް ކުރިން - 10:08