މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަޙުމަދު ނިޔާޛު އެ މަގާމުން ވަކިކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ނިންމާފައިވަނީ، ސ. މީދޫ، ހަސަންކާރިގެ، އަޙުމަދު ނިޔާޛު އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުންނާއި، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމުން 23 ޖުލައި 2024 އިން ފެށިގެން ވަކިކުރުމަށެވެ.
އަޙުމަދު ނިޔާޛު އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައެވެ. އޭނާ އެ މަގާމަށް އައްޔަނުކުރެއްވީ 28 ނޮވެމްބަރު 2023 ގައެވެ.
ނިޔާޒް މަގާމުން ވަކިކުރި ސަބަބެއް ސަރުކާރުންނާއި ޕީސީބީން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ނިޔާޒަކީ މީގެ ކުރިންވެސް ސަރުކާރުގެ އެކި މަގާމުތަކާއި ކުންފުނިތަކުގެ ބޯޑު މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.









