Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މަސްތުވާތަކެއްޗާއި އެކު މާލެއިން ލަންކާ އަށް ދިޔަ ދިވެއްސަކު ހައްޔަރު ކޮށްފި

މަސްތުވާތަކެއްޗާއި އެކު މާލެއިން ލަންކާ އަށް ދިޔަ ދިވެއްސަކު ހައްޔަރު ކޮށްފި

ހުސައިން އިސްމާއިލް
1 ދުވަސް ކުރިން - 25 ޖުލައި 2026 01:09
މަސްތުވާތަކެއްޗާއި އެކު ލަންކާ އިން ދެދިވެހިން ހައްޔަރުކޮށްފި.
މަސްތުވާތަކެއްޗާއި އެކު ލަންކާ އިން ދެދިވެހިން ހައްޔަރުކޮށްފި.
ޚުލާސާ

މި މައްސަލާގައި ޖުމްލަ ދެމީހުން ހައްޔަރުކޮށްފައިވޭ. އެއީ މާލެއިން މަސްތުވާތަކެތި ހިފައިގެން ދިޔަ ފ. ނިލަންދޫ، ނިރު، ޙަސަން ޢަބްދުالله (40އ) އާއި، ލަންކާގައި އެތަކެއްޗާއި ހަވާލުވާން ހުރި ހ. ޕާމޭރިއާ، މުޙައްމަދު ޝާފީ ބިން އަޙްމަދު (28އ).

ރާއްޖެ އިން ފުރައިގެން ސްރީލަންކާގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓު (ކަޓުނަޔަކަ އެއާޕޯޓު) މެދުވެރިކޮށް އެ ގައުމަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި ދެ ދިވެހިން ސްރީލަންކާގެ ޕޮލިސް ނާކޮޓިކް ބިއުރޯ (ޕީއެންބީ) އިން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފިއެވެ. މިދިޔަ ބުދަ ދުވަހުގެ މެންދުރުފަހު ހިންގި މި އޮޕަރޭޝަނުގައި ފުރަތަމަ ހައްޔަރުކޮށްފައި ވަނީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެކެވެ. ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާގެ އަތުން ގާތްގަނޑަކަށް 10 މިލިއަން ސްރީލަންކާ ރުޕީސްގެ 'އައިސް' (މެތަމްފެޓަމިން) ވަނީ އަތުލައިގަނެފައެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ޖުލައި 22 ވަނަ ދުވަހު ފިޓްސްއެއާގެ ފްލައިޓަކުން މާލެ އިން ލަންކާ އަށް ދިވެއްސަކު މަސްތުވާތަކެތި ހިފައިގެން އަންނަ ކަމަށް ޕީއެންބީގެ ޑެޕިއުޓީ ޑިރެކްޓަރަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެންނެވެ. މި މައުލޫމާތު ލިބުމާއި އެކު، ކޮލޮމްބޯގެ ޕީއެންބީ ހެޑްކުއާޓާާރްސްގެ އޮފިސަރުންނާއި އެއާޕޯޓުގެ ސަލާމަތީ ބާރުތައް ގުޅިގެން އެއާޕޯޓުގެ އެރައިވަލް ޓާމިނަލްގެ ބެގޭޖް ކްލެއިމް ސަރަހައްދުން ވަނީ އޭނާ އަތުލާފައެވެ.

ލަންކާ އަށް އެދުވަހުގެ މެންދުރު 12:15 އެހާކަންހާއިރު ފްލައިޓުން ފޭބި 40 އަހަރުގެ ދިވެހި މީހާ ހުއްޓުވައި ބަލައި ފާސްކުރިއިރު، އޭނާގެ ޖިންސީ ގުނަވަނާއި ދިމާލުގައި ސެލޯޓޭޕް އަޅައި ފޮރުވާފައި ހުރި 602 ގްރާމްގެ 'އައިސް' ފެނިފައިވެއެވެ.

Advertisement

Advertisement 1

ފުލުހުން އެ މީހާ ހައްޔަރުކޮށް ސުވާލު ކުރުމުން، އޭނާ އެތަކެތި ގެނައީ ސްރީލަންކާގައި ފުޅާ ދާއިރާއެއްގައި 'އައިސް' ވިއްކުމުގެ ވިޔަފާރި ހިންގާ މައި ސަޕްލަޔަރަކާއި ހަވާލު ކުރަން ކަމަށް އިއުތިރާފު ވެފައި ވެއެވެ. އޭނާ ދިން މައުލޫމާތުގެ މައްޗަށް ބިނާކޮށް، ޕީއެންބީގެ އޮފިސަރުން ވަނީ އެރޭގެ ވަގުތެއްގައި ކޮލޮމްބޯގެ ހޮޓަލެއްގައި ހުރި އުމުރުން 28 އަހަރުގެ ދެވަނަ ދިވެހި ފިރިހެން މީހާ ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކުރި ވަގުތު އޭނާގެ އަތުން އިތުރު 10 ގްރާމާއި 670 މިލިގްރާމްގެ 'އައިސް' ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ފ. ނިލަންދޫ، ނިރު، ޙަސަން ޢަބްދުالله (40އ) އާއި، ހ. ޕާމޭރިއާ، މުޙައްމަދު ޝާފީ ބިން އަޙްމަދު (28އ) އެވެ. ހައްޔަރުކުރެވުނު ދެ ދިވެހިން ބުރާސްފަތި ދުވަހު ނެގޮމްބޯ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން، މައްސަލައިގެ އިތުރު ތަހުގީގަށް އެ ދެ މީހުން 14 ދުވަހުގެ މުއްދަތަކަށް ވަނީ ލަންކާ ފުލުހުންގެ ބެލުމުގެ ދަށުގައި ހައްޔަރު ކޮށްފައެވެ.

ސްރީ ލަންކާމަސްތުވާތަކެތި
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ލަންކާގައި ހަލުވިކަމާއެކު ޑެންގޫ ފެތުރެނީ, ބަލިޖެހުނު މީހުންގެ އަދަދު 1 ލައްކައާ ގާތްވަނީ!

ލަންކާގައި ހަލުވިކަމާއެކު ޑެންގޫ ފެތުރެނީ, ބަލިޖެހުނު މީހުންގެ އަދަދު ލައްކައާ ގާތަށް

9 ގަޑިއިރު ކުރިން - 16:18

1.5 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގެ ތުހުމަތުގައި ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

7 ދުވަސް ކުރިން - 18:42

ދެ މަސްތެރޭ މާލެއިން މަސްތުވާތަކެތީގެ 5 "އައްޑާ" ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފ

ދެ މަސްތެރޭ މާލެއިން މަސްތުވާތަކެތީގެ 5 "އައްޑާ" ބަންދު ކޮށްފި

10 ދުވަސް ކުރިން - 14:14

ރާއްޖެއިން ހައްޔަރުކޮށް ލަންކާއާއި ހަވާލުކުރީ ވަކީލު މަރައިލި މީހުން ތިބި ވެހިކަލުގެ ޑުރައިވަރު

ރާއްޖެއިން ލަންކާއާއި ހަވާލުކުރީ ވަކީލު މަރައިލި މީހުން ތިބި ވެހިކަލުގެ ޑުރައިވަރު

20 ދުވަސް ކުރިން - 18:43

ސިޔާސަތަކީ ވަށާޖެހޭ ގޮތަކަށް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުން: ރައީސް

ސިޔާސަތަކީ ވަށާޖެހޭ ގޮތަކަށް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުން: ރައީސް

22 ދުވަސް ކުރިން - 14:50

މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ރައީސް ގޮވާލައްވައިފި

މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ރައީސް ގޮވާލައްވައިފި

29 ދުވަސް ކުރިން - 23:51