Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

މިހާތަނަށް އެޗްއައިވީގެ 7,403 ކޭސް ލަންކާގައި ރިޕޯޓު ކޮށްފި

އައިޝަތު ރުވާ ރިފްޢަތު
19 ގަޑިއިރު ކުރިން - 7 އޮކްޓޫބަރު 2026 07:58
ލަންކާގައި އަލަށް 860 އެޗްއައިވީ ކޭސް ރިޕޯޓުކޮށްފައިވޭ---
ލަންކާގައި އަލަށް 860 އެޗްއައިވީ ކޭސް ރިޕޯޓުކޮށްފައިވޭ---
ޚުލާސާ

ބަލި ޖެހުނު މީހުންގެ ތެރޭގައި ފިރިހެނުން ގިނައިރު، 15 އާއި 24 އަހަރާ ދެމެދުގެ ޒުވާނުންވެސް ހިމެނޭ. 1.2 މިލިއަނަށް ވުރެ ގިނަ މީހުން ޓެސްޓުކޮށްފައިވާއިރު، ސިއްހީ އިދާރާތަކުން ބާރުއަޅަނީ އަވަހަށް ޓެސްޓުކޮށް ފަރުވާ ހޯދުމަށް.

ސްރީލަންކާގައި އެޗްއައިވީ ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށާއި، ވޭތުވެދިޔަ އަހަރުގެ ތެރޭގައި އެކަނިވެސް އަލަށް 860 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް އެ ޤައުމުގެ ނޭޝަނަލް އެސްޓީޑީ/އެއިޑްސް ކޮންޓްރޯލް ޕްރޮގްރާމުން ހާމަކޮށްފިއެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ސްރީލަންކާއިން މިހާތަނަށް އެޗްއައިވީ ފެނުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 7،403 އަށް އަރާފައެވެ.

އޮފިޝަލުން ވިދާޅުވި ގޮތުގައި ވޭތުވެދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ ނިޔަލަށް، އެ ގައުމުގައި ޖުމްލަ 1،217،419 މީހުން ވަނީ އެޗްއައިވީއަށް ޓެސްޓުކޮށްފައެވެ. ޓެސްޓު ކުރެވުނު މީހުންގެ ތެރެއިން ބަލި ފެނިފައިވާ ނިސްބަތަކީ (ޑިޓެކްޝަން ރޭޓް) 0.07 އިންސައްތައެވެ.

Advertisement

Advertisement 1

ނޭޝަނަލް އެސްޓީޑީ/އެއިޑްސް ކޮންޓްރޯލް ޕްރޮގްރާމުން ފާހަގަކުރި ގޮތުގައި، އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ރިޕޯޓުކުރި ކޭސްތަކަށް ބަލާއިރު ޖިންސުގެ ގޮތުން ބޮޑު ފަރަގެއް ފެންނަން އެބައޮތެވެ. އެގޮތުން ބަލި ޖެހުނު ފިރިހެނުންނާއި އަންހެނުންގެ ނިސްބަތަކީ ކޮންމެ 1 އަންހެނަކަށް 7 ފިރިހެނުންނެވެ.

މީގެ އިތުރުން، އުމުރުން 15 އަހަރާއި 24 އަހަރާ ދެމެދުގެ ޒުވާނުންގެ މެދުގައިވެސް އަލަށް އެޗްއައިވީ ޖެހިފައިވާ ކޭސްތައް ރިޕޯޓުކޮށްފައިވާއިރު، ބޮޑެތި މީހުންގެ އާބާދީގައި އެޗްއައިވީ ފެތުރިފައިވާ މިންވަރު އުޅެނީ 0.1 އިންސައްތައިގައެވެ.

ސިއްހީ އިދާރާތަކުން ތަކުރާރުކޮށް ހަނދާންކޮށްދެނީ ކުރީކޮޅުގައި ބަލި ދެނެގަނެ ޓެސްޓު ކުރުމުގެ މުހިންމުކަމެވެ. އެގޮތުން އަވަހަށް ފަރުވާ ފެށުމަކީ ބަލި ޖެހިފައިވާ މީހުންނަށް ދުޅަހެޔޮ ސިއްހަތެއްގައި ދިރިއުޅުމުގެ ފުރުސަތު ލިބި، އެހެން މީހުންގެ ގަޔަށް ބަލި ފެތުރުމުގެ ނުރައްކާ ކުޑަކޮށްދޭނެ ކަމެއް ކަމަށް ވިދާޅުވިއެވެ.

ސްރީލަންކާގައި ކޭސްތައް އިތުރުވަމުން މިދަނީ މުޅި ދުނިޔޭގައިވެސް މި ބަލި އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. ޔޫއެންއެއިޑްސް އިން ހާމަކޮށްފައިވާ ގޮތުގައި 2025 ވަނަ އަހަރުގެ ތެރޭގައި ދުނިޔޭގެ 21 ގައުމެއްގައި އެޗްއައިވީ ޖެހޭ މިންވަރު ވަނީ އިތުރުވެފައެވެ. އޭގެ ތެރޭގައި އަފްގާނިސްތާން، ސްރީލަންކާ، ނޭޕާލް، ކެންޔާ، ސޫދާން، ބްރެޒިލް، ޕާކިސްތާން، ޔަމަން، މިސްރު، ސެނެގޯލް އަދި ފިލިޕީންސް ހިމެނެއެވެ.

ސްރީ ލަންކާއެޗްއައިވީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ފޭސްބުކް ކޮމެންޓަކާ ގުޅިގެން ލަންކާ މީހަކަށް ސައުދީގައި މަރުގެ އަދަބު އިއްވައިފި

ފޭސްބުކް ކޮމެންޓަކާ ގުޅިގެން ލަންކާ މީހަކަށް ސައުދީގައި މަރުގެ އަދަބު އިއްވައިފި

1 ދުވަސް ކުރިން - 12:04

ފިހާރައަކުން ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

ފިހާރައަކުން ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

34 ދުވަސް ކުރިން - 15:41

ފިރިހެނެއްގެ މަސާނާއިން 3.1 ކިލޯގެ ހިލައެއް ނަގައި ދުނިޔޭގެ ރެކޯޑެއް ހަދައިފި

ފިރިހެނެއްގެ މަސާނާއިން 3.1 ކިލޯގެ ހިލައެއް ނަގައި ދުނިޔޭގެ ރެކޯޑެއް ހަދައިފި

50 ދުވަސް ކުރިން - 17:37

ލަންކާގައި ހަލުވިކަމާއެކު ޑެންގޫ ފެތުރެނީ, ބަލިޖެހުނު މީހުންގެ އަދަދު ލައްކައާ ގާތަށް

ލަންކާގައި ހަލުވިކަމާއެކު ޑެންގޫ ފެތުރެނީ, ބަލިޖެހުނު މީހުންގެ އަދަދު ލައްކައާ ގާތަށް

74 ދުވަސް ކުރިން - 16:18

މަސްތުވާތަކެއްޗާއި އެކު މާލެއިން ލަންކާ އަށް ދިޔަ ދިވެއްސަކު ހައްޔަރު ކޮށްފި

މަސްތުވާތަކެއްޗާއި އެކު މާލެއިން ލަންކާ އަށް ދިޔަ ދިވެއްސަކު ހައްޔަރު ކޮށްފި

75 ދުވަސް ކުރިން - 01:09

ރާއްޖެއިން ލަންކާއާއި ހަވާލުކުރީ ވަކީލު މަރައިލި މީހުން ތިބި ވެހިކަލުގެ ޑުރައިވަރު

ރާއްޖެއިން ލަންކާއާއި ހަވާލުކުރީ ވަކީލު މަރައިލި މީހުން ތިބި ވެހިކަލުގެ ޑުރައިވަރު

94 ދުވަސް ކުރިން - 18:43