Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ފޭސްބުކް ކޮމެންޓެއްގެ ސަބަބުން ސްރީލަންކާގެ ބިދޭސީ މަސައްކަތްތެރިއަކަށް ސައުދީގައި މަރުގެ އަދަބު އިއްވައިފި

ފާތިމަތު އަނަން މުހައްމަދު
ފާތިމަތު އަނަން މުހައްމަދު
15 ގަޑިއިރު ކުރިން - 6 އޮކްޓޫބަރު 2026 12:04
މަރުގެ އަދަބު އިއްވާފައިވާ އަނޯޖަން ސިވަރާސާ---
މަރުގެ އަދަބު އިއްވާފައިވާ އަނޯޖަން ސިވަރާސާ---
ޚުލާސާ

މަރުގެ އަދަބު އިއްވާފައިވަނީ ފޭސްބުކްގައި ކުރި ކޮމެންޓަކާ ގުޅިގެން އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކުރި ކަމުގެ ކުށް ސާބިތުވުމުން. އޭނާއަށް މާފު ހޯދައިދިނުމަށްޓަކައި ސްރީލަންކާ ސަރުކާރުންނާއި އާއިލާއިން ދަނީ ޑިޕްލޮމެޓިކް އަދި ގާނޫނީ މަސައްކަތްތަކެއް ކުރަމުން.

ފޭސްބުކްގައި ހިއްސާކުރި ކޮމެންޓަކާ ގުޅިގެން އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކުރި ކަމުގެ ކުށް ސާބިތުވެ، ސައުދީ އަރަބިއްޔާގައި މަސައްކަތްކުރަމުންދާ ސްރީލަންކާގެ ޒުވާން ބިދޭސީ މަސައްކަތްތެރިއަކަށް މަރުގެ އަދަބު އިއްވައިފިއެވެ.

އުމުރުން 24 އަހަރުގެ އަނޯޖަން ސިވަރާސާގެ މައްޗަށް ކުރިން އަލް-އަހްސާ ކްރިމިނަލް ކޯޓުން އިއްވާފައިވަނީ 5 އަހަރުގެ ޖަލު ހުކުމަކާއެކު 3 މިލިއަން ސައުދީ ރިޔާލުން (800,000 އެމެރިކާ ޑޮލަރު) ޖޫރިމަނާކުރުމެވެ. ނަމަވެސް، ޕްރޮސެކިއުޓަރުން އެ މައްސަލަ އިސްތިއުނާފުކޮށް ޝަރީއަތުގެ ހަރުކަށި އުސޫލުތަކުގެ ދަށުން ބަލައިދިނުމަށް އެދުމާ ގުޅިގެން، ސެޕްޓެމްބަރު 17 ވަނަ ދުވަހު އިސްތިއުނާފު ކޯޓުން ވަނީ އޭނާއަށް މަރުގެ އަދަބު އިއްވާފައެވެ.

މި މައްސަލަ ފެށިގެން އައީ ސްރީލަންކާގައި ސޯޝަލް މީޑީއާގައި ހިނގައިދިޔަ ދީނީ ދެބަސްވުމަކާ ގުޅިގެންނެވެ. ހިންދޫ ކަލާނގެއަކަށް ފުރައްސާރަކޮށް ދެއްކި ވާހަކަތަކަކަށް ރައްދުދެމުން އަނޯޖަން ވަނީ ތަމަޅަ ބަހުން ކީރިތި ރަސޫލާއަށް ފުރައްސާރަކުރާ ފަދަ ކޮމެންޓެއް ކޮށްފައެވެ. ފަހުން އޭނާ އެ ކޮމެންޓް ޑިލީޓްކޮށް މާފަށް އެދުނު ނަމަވެސް، އެ ސްކްރީންޝޮޓްތައް ސައުދީގައި ހުންނަ އޭނާގެ ކޮމްޕެނީގެ ވެރިޔާއަށް ލިބުމުން ވެރިޔާ ވަނީ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކޮށްފައެވެ.

Advertisement

Advertisement 1

މިއަހަރުގެ ޖުލައި މަހު އަނޯޖަން ހައްޔަރުކޮށް، އޭނާގެ އިލެކްޓްރޯނިކް ވަސީލަތްތަކާއި ސޯޝަލް މީޑީއާ އެކައުންޓްތައް ވަނީ ހިފަހައްޓާފައެވެ.

އަނޯޖަންގެ އާއިލާއިން ވަނީ މާފަށް އެދި އާދޭސްކޮށްފައެވެ. އަދި ސްރީލަންކާ ސަރުކާރުންދަނީ އޭނާއަށް މާފު ހޯދައިދިނުމަށް ޑިޕްލޮމެޓިކް މަސައްކަތްތައް ކުރަމުންނެވެ. ސެޕްޓެމްބަރު 21 ގައި އަނޯޖަންގެ އާއިލާ ސްރީލަންކާގެ ރައީސް އަނުރާ ކުމާރާ ދިސާނަޔަކާ ބައްދަލުކުރެއްވި އިރު، އޭނާއަށް މާފު ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވިއެވެ. މީގެއިތުރުން، ސްރީލަންކާގެ ގާނޫނީ ވަކީލުންގެ ޓީމެއް މިހާރު ވަނީ ސައުދީއަށް ގޮސްފައެވެ.

ސެޕްޓެމްބަރު 28 ވަނަ ދުވަހުން ފެށިގެން އަނޯޖަންގެ އެއްވެސް ހަބަރެއް ނުވާ ކަމަށް އާއިލާއިން ބުނާއިރު، އޭނާގެ މައްޗަށް ހުކުމް ތަންފީޒުކުރާނެ ދުވަހެއް ސައުދީ ކަމާބެހޭ ފަރާތްތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ސައުދީސްރީ ލަންކާމަރުގެ އަދަބު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

މަސްޖިދުއްނަބަވީގެ ކަރަންޓު ހިދުމަތްދޭ ސްޓޭޝަނަކަށް ހޫތީން ޑްރޯން ހަމަލާއެއްދީފި

މަސްޖިދުއްނަބަވީގެ ކަރަންޓު ހިދުމަތްދޭ ސްޓޭޝަނަކަށް ހޫތީން ޑްރޯން ހަމަލާއެއްދީފި

4 ދުވަސް ކުރިން - 13:54

ފަތުރުވެރިކަމާއި އިންވެސްޓްމަންޓްގެ ދާއިރާއިން ސައުދީގެ ބައިވެރިވުން ފުޅާކުރަނީ

ފަތުރުވެރިކަމާއި އިންވެސްޓްމަންޓްގެ ދާއިރާއިން ސައުދީގެ ބައިވެރިވުން ފުޅާކުރަނީ

12 ދުވަސް ކުރިން - 15:40

ސައުދީ ގައުމީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

ސައުދީ ގައުމީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

13 ދުވަސް ކުރިން - 12:01

ކީރިތި ރަސޫލާގެ ނަންފުޅު ލިޔެފައިވާ، 1،300 އަހަރުވީ މިސްކިތެއް ފެނިއްޖެ

ކީރިތި ރަސޫލާގެ ނަންފުޅު ލިޔެފައިވާ، 1،300 އަހަރުވީ މިސްކިތެއް ފެނިއްޖެ

20 ދުވަސް ކުރިން - 13:56

މައްކާއަށް ދަތުރުކުރި އުމްރާވެރިންގެ ބަހެއް ފުރޮޅާލައި މިސްރުގެ 2 އުމްރާވެރިން ނިޔާވެއްޖެ

މައްކާއަށް ދަތުރުކުރި އުމްރާވެރިންގެ ބަހެއް ފުރޮޅާލައި މިސްރުގެ 2 އުމްރާވެރިން ނިޔާވެއްޖެ

28 ދުވަސް ކުރިން - 11:20

ފިހާރައަކުން ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

ފިހާރައަކުން ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

33 ދުވަސް ކުރިން - 15:41