Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ތިލަފުށީގައި ޕޯޓު ތަރައްގީކުރުން: ކުރީ ސަރުކާރުތަކުން ދެއްކީ ހުސް ވާހަކަ، އަންނަ އަހަރުގެ ޖުމްހޫރީ ދުވަހުގައި ތިލަފުށީގައި ޕޯޓު ހުޅުވާނަން: ރައީސް

ތިލަފުށީގައި ޕޯޓު ތަރައްގީކުރުން: ކުރީ ސަރުކާރުތަކުން ދެއްކީ ހުސް ވާހަކަ، އަންނަ އަހަރުގެ ޖުމްހޫރީ ދުވަހުގައި ތިލަފުށީގައި ޕޯޓު ހުޅުވާނަން: ރައީސް

އައިޝަތު ރުވާ ރިފްޢަތު
1 ގަޑިއިރު ކުރިން - 26 ޖުލައި 2026 12:47
މިނިވަން ދުވަުގެ ރަސްމީ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
މިނިވަން ދުވަުގެ ރަސްމީ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް ވިދާޅުވީ މިހާރު މި ރާއްޖޭގައި މި ސަރުކާރުން ހިންގާ އެންމެ އިސްކަންދޭ އަދި އެންމެ މުހިންމު މަޝްރޫއަކީ މާލޭގެ ޕޯޓު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއު ކަމަށް. އަދި އެޕޯޓަކީ ޕޯޓަކީ ހުރިހާ ގޮތަކުންވެސް ދިވެހި ސަރުކާރުގެ 100 އިންސައްތަ ކޮންޓްރޯލް އޮންނާނެ ތަނެއް ކަމަށް ރައީސް ވިދާޅުވި.

މިއަދާ ހަމައަށް އައިއިރުވެސް ކޮންމެ ސަރުކާރަކުން ވެސް ރާއްޖޭގެ މައި ޕޯޓު ތަރައްގީ ކުރާނެ ކަމަށް ބުނަމުންދިޔަ ނަމަވެސް، އެކަން އަމަލީ ގޮތުން ތަންފީޒު ކުރެވިފައި ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މާލޭގެ ޕޯޓަކީ އަބަދުވެސް ކޮންމެ ސަރުކާރަކުން އައިސް ދައްކާ ވާހަކައެއް ކަމަށާއި، ނަމަވެސް ދުވަހަކުވެސް އަމަލީ ގޮތުން އެކަން ތަންފީޒު ކުރެވިފައި ނުވާ ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މާލޭ ޕޯޓުގެ ދަތިކަމުގެ ތެރޭގައި ރާއްޖޭގެ މުޅި އިގްތިސާދު އޮތީ ތާށިވެފައެވެ.

"ތިލަފުއްޓަށް ބަދަލުކުރާނަމޭ، މާދަން ކުރަނީއޭ، މިއަންނަ އަހަރު ކުރާނަމޭ، އެހެން ނަމަވެސް އަޅުގަނޑުމެން މިއޮތީ އެކަން ކުރަން ނިންމާފަ ފަށާފަ އެ މަސައްކަތް. އިރާދަކުރެއްވިއްޔާ މިއަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަކީ މާލޭގެ މިއޮތް ޕޯޓު އެކީ އެކަށްޗަކަށް ތިލަފުއްޓަށް ބަދަލުކުރެވި، މިހާރު މާލޭގަ މިއޮތް ކަސްތޮޅުން މިނިވަންކޮށްދީ ޕޯޓު ބޮޑުކޮށް ރާއްޖޭގެ އިގްތިސޯދު ފުޅާވެގެންދާ ދުވަސް"
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވީ މިހާރު މި ރާއްޖޭގައި މި ސަރުކާރުން ހިންގާ އެންމެ އިސްކަންދޭ އަދި އެންމެ މުހިންމު މަޝްރޫއަކީ މާލޭގެ ޕޯޓު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއު ކަމަށެވެ. އަދި މި މަޝްރޫއަކީ އިގްތިސާދީ ގޮތުން ރާއްޖެއަށް ލިބޭނެ ބޮޑު ކުރިއެރުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

މީގެ އިތުރުން، ތިލަފުށީގައި ގާއިމުކުރާ މި ޕޯޓަކީ ހުރިހާ ގޮތަކުންވެސް ދިވެހި ސަރުކާރުގެ 100 އިންސައްތަ ކޮންޓްރޯލް އޮންނާނެ ތަނެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަޝްރޫއުގައި އެހެން އެއްވެސް ބޭރުގެ ފަރާތެއްގެ ނުވަތަ އަމިއްލަ ފަރާތެއްގެ ހިއްސާއެއް ނޯންނާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ވަނީ ދެއްވާފައެވެ.

ކ. ތިލަފުށިރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާ ފުރަތަމަ ސަރުކާރަށް މި ސަރުކާރު ވެގެންދާނެ: ރައީސް

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާނަން: ރައީސް

12 މިނެޓު ކުރިން - 13:55

އެމްޑީޕީ ސަރުކާރުން ފޯޅަވަހި ދޫކޮށްލީ ވަރަށް ފިނޑި ގޮތަކަށް، އިންސާފު ލިބިގަތުމުގެ މަސައްކަތް އަދިވެސް ކުރިއަށް އެބަދޭ: ރައީސް

އެމްޑީޕީ ސަރުކާރުން ފޯޅަވަހި ދޫކޮށްލީ ވަރަށް ފިނޑި ގޮތަކަށް: ރައީސް

57 މިނެޓު ކުރިން - 13:11

އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން: ރައީސް

"އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން"

1 ގަޑިއިރު ކުރިން - 12:27

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

18 ގަޑިއިރު ކުރިން - 20:04

ރައްޔިތުންގެ އަޑު: 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި

ރައްޔިތުންގެ އަޑު: 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި

2 ދުވަސް ކުރިން - 17:24

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ނިންމަވައިފި

3 ދުވަސް ކުރިން - 10:08