އެމްއޭސީއެލް އިން މިދިޔަ އަހަރުގެ ޓެކްސް ދެއްކުމަށްފަހު 1,081,461,000 ރުފިޔާގެ ފައިދާ ހޯދާފައިވާކަމަށް އެ ކުންފުނީގެ އެންމެ ފަހުގެ އޯޑިޓް ރިޕޯޓުން ދައްކާ.
474 ދުވަސް ކުރިން - 10:42
ސުޕްރީމް ކޯޓުގެ 2 މަގާމު ހުސްވެފައިވަނީ ދެ ފަނޑިޔާރުން މަގާމުން ވަކިކުރެއްވުމާ ގުޅިގެން. ޖޭއްސްސީގެ ލަފަޔާއެކު ފޮނުއްވީ ސަލީމާއި ޙަމީދުގެ ނަންފުޅު.
474 ދުވަސް ކުރިން - 10:31
ޓެކްސް ބޮޑުކޮށްފައިވާއިރު އާމްދަނީގެ ގޮތުގައި އެމްއޭސީއެލްއަށް މުޅި ޖުމްލަ 2.68 ބިލިއަން ރުފިޔާ. ޖުމްލަ އެސެޓްތައް 24.96 ބިލިއަން ރުފިޔާއަށް. ސާފު ފައިދާ 1.8 ބިލިއަން ރުފިޔާ.
474 ދުވަސް ކުރިން - 10:12
މިދިޔަ އަހަރު ޢީދު ލައިޓް ފޮނުވި 29 ރަށާއި މިއަހަރު ޢީދު ލައިޓް ފޮނުވި 36 ރަށާއެކު، ޖުމްލަ 65 ރަށުގައި ޢީދުލައިޓް ދިއްލާނެ.
474 ދުވަސް ކުރިން - 07:56
އަހަރަކު %6ގެ އިންޓްރެސްޓާއެކު އެ ލޯނު ދޭއިރު، ލޯނަށް ގިނަވެގެން 12 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ދީ، އަނބުރާ ދައްކަން ހަތް އަހަރު ދެވޭނެ.
474 ދުވަސް ކުރިން - 07:55
މި ވަދު ކަނދުފަތި ޤާއިމްކުރުމުގެ މަޤްޞަދަކީ އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއެރުވުން ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ބުނި.
475 ދުވަސް ކުރިން - 00:36
އައިފިލް މޯލްޑިވްސް އިން ވަނީ ޓޫރިޒަމްގެ އިތުރުން ދިވެހިންގެ ޕްރޮޑަކްޓްސް ތައް ވެސް ޖަޕާނާއި އަދި ދުނިޔޭގެ އެކިކަންކޮޅުތަކުގައި އިޝްތިހާރު ކުރުމަށް ޢާންމުންނަށް ފުރުސަތު ހުޅުވާލާފަ.
475 ދުވަސް ކުރިން - 21:55
ރަށުގެ ޒުވާނުން މިހާރު ފުޓްސަލް ކުޅުމަށް ބޭނުންކުރަމުންދާ ދަނޑާއި، އަދި ރަށާ އިންވެގެންވާ ފަޅުރަށްތައް ތަރައްޤީކުރުމުގެ މަޝްރޫޢުތައް ނިންމަވައިދެއްވުމަށް ފިޔޯރޯ ކައުންސިލުން ވަނީ އެދިވަޑައިގެންފައި.
475 ދުވަސް ކުރިން - 20:38
ފަހުމީ ވިދާޅުވީ މާލެ ސަރަޙައްދުން މިއަދު ކަރަންޓު ކެނޑުމަށް މެދުވެރިވި ސަބަބު ދެނަގަނެ އެކަމާއި ގުޅުންހުރި މަޢުލޫމާތު ފަހުން އާންމުކުރައްވާނެ ކަމަށް.
475 ދުވަސް ކުރިން - 20:29
އެ މަޝްރޫއު ތަންފީޒު ކުރާނީ ކްރޮސް-ސަބްސިޑައިޒޭޝަން މޮޑެލެއްގެ ދަށުން.
475 ދުވަސް ކުރިން - 19:28
މިހާރު މާލެއާއި ހުޅުމާލޭގެ ބޮޑުބަޔަކަށް ވެސް ކަރަންޓް ލިބިއްޖެ. ކަރަންޓް ކެނޑުމާއެކު ވަގުތުންވަގުތަށް އެއާޕޯޓުގެ ބެކަޕް ޖަނެރޭޓަރު ބޭނުންކޮށްގެން ހުރިހާ ޚިދުމަތެއް ވީއޭއައިގައި ދިން.
475 ދުވަސް ކުރިން - 16:46
ސްޓެލްކޯއިން ބުނީ ކަރަންޓް ކެނޑުނީ އާތު ފުލޯޓަކުން ކަމަށް. ބައެއް ސަރަޙައްދު ތަކުން މިހާރު ކަރަންޓްގެ ޚިދުމަތް ލިބޭއިރު، މައްސަލައިގެ ތަޙްޤީޤު ފުލުހުން ފަށައިފި.
475 ދުވަސް ކުރިން - 14:07