Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެންމެ ހުށިޔާރީ އެއާޕޯޓް! އެހެންތަންތަނުގެ މައްސަލަވެސް ހައްލުވަނީ

އެންމެ ހުށިޔާރީ އެއާޕޯޓް! އެހެންތަންތަނުގެ މައްސަލަވެސް ހައްލުވަނީ

ހުސައިން އިސްމާއިލް
417 ދުވަސް ކުރިން - 1 ޖޫން 2025 16:46
ވެލާނާ އެއާޕޯޓުގައި ފަތުރުވެރިން. ފޮޓޯ: ޚުލާސާ
ވެލާނާ އެއާޕޯޓުގައި ފަތުރުވެރިން. ފޮޓޯ: ޚުލާސާ
ޚުލާސާ

މިހާރު މާލެއާއި ހުޅުމާލޭގެ ބޮޑުބަޔަކަށް ވެސް ކަރަންޓް ލިބިއްޖެ. ކަރަންޓް ކެނޑުމާއެކު ވަގުތުންވަގުތަށް އެއާޕޯޓުގެ ބެކަޕް ޖަނެރޭޓަރު ބޭނުންކޮށްގެން ހުރިހާ ޚިދުމަތެއް ވީއޭއައިގައި ދިން.

މުޅި މާލެ އާއި ހުޅުމާލެއިން ކަރަންޓް އެއްފަހަރާ އެކީއެކަށް ކެނޑިގެން ދިޔަ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙްޤީޤު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންގަވާފައިވާއިރު، ސްޓެލްކޯއިން މިއަދު އެންމެ ފުރަތަމަ ވެސް ވަނީ ކަރަންޓް ކެނޑުނީ ޓެކްނިކަލް މައްސަލައަކުން ކަމަށާއި އެކަމާއި މަޢާފަށް އެދޭ ކަމަށް ބުނެފައެވެ. އަދި މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން ކަމަށް ބުންޏެވެ.

އޭގެ ގަޑިއެއްހާއިރު ފަހުން ސްޓެލްކޯއިން ބުނީ ގްރޭޓާމާލެ ގުރިޑް އަލުން އެނަރޖައިޒް ކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ޗެކްއަޕްތައް ދަނީ ފުރިހަމަ ކުރެވެމުން ކަމަށާއި މި ޗެކަޕްތައް ނިމުނުހާ އަވަހަކަށް މާލެއާއި، ހުޅުމާލޭގެ ޖަނަރޭޓަރުސެޓްތައް އެނަރޖައިޒް ކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ.

ކަރަންޓް ކެނޑުނުތާ 3 ގަޑިއިރުފަހުން ހުޅުމާލޭގެ އިންޖީނުގެއަށް ދިމާވި މައްސަލަ ވަނީ ހައްލުވެފައި ކަމަށް ސްޓެލްކޯއިން ބުންޏެވެ.

Advertisement

Advertisement 1

ހަމަ އެއާއެކު މީގެ އިރުކޮޅެއް ކުރިން މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤް އިބްރާހީމް ވިދާޅުވީ މާލެ، ހުޅުމާލެ އަދި ހުޅުލެ އިން ކަރަންޓު ކެނޑުމާއި ގުޅިގެން ކަރަންޓުގެ ޚިދުމަތް އަނބުރާ ދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް މިދަނީ ކުރަމުން ކަމަށާއި އަދި ދިމާވި މައްސަލަ ދިރާސާކޮށް ބަލައި ކުރިއަށްއޮތްތަނުގައި މިފަދަ މައްސަލަތައް ދިމާނުވާނެގޮތަށް އިންތިޒާމްތައް ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތައް މިދަނީ ކުރަމުންނެވެ.

މި ހުރިހާ ކަމެއް ހިނގަމުން ދިޔައިރުވެސް އެންމެ އަމާންކަމާއި އޮމާންކަމާއެކު އޮތީ ރާއްޖޭގެ މައި ދޮރާށި ކަމަށްވާ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓެވެ. މުޅި ގްރޭޓާ މާލޭގެ ކަރަންޓް ގްރިޑް އެކީއެކަށް ފެއިލްވެ “ބްރެއިން ފެއިލްވިއިރު” ވެސް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އެއްވެސް އޮޕަރޭޝަނަކަށް ބުރުލެއް އެރިޔަ ނުދީ، ހުރިހާ ޚިދުމަތެއް ބަރާބަރަށް ފޯރުކޮށްދިންކަން ފާހަގަ ކުރެވެއެވެ. އެއާޕޯޓުގެ ޓްރެފިކް ކޮންޓުރޯލަށް މައްސަލައެއް ދިމާވިޔަނުދީ، ފުލައިޓުތައް ކެންސަލްވިޔަނުދީ ޕަސެންޖަރުންނަށް ދޭންޖެހޭ ހުރިހާ ޚިދުމަތެއް އެއާޕޯޓުން ދިޔައީ ދެމުންނެވެ. ނަމަވެސް، ސްޓެލްކޯއަށް ކުޑަމިނުން ކައުންޓަރުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައްވެސް ފޯރުކޮށެއް ނުދެވުނުކަން ސޯޝަލްމީޑިއާގައި ރައްޔިތުން ދަނީ ބުނަމުންނެވެ.

ފަހަކަށް އައިސް ސްޓެލްކޯ އާއި ދޭތެރޭ އޮންނަ އިތުބާރު ރައްޔިތުންގެ ކުރިމަތީގައި ގެއްލެމުންދާ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. ނަމަވެސް ފަހުމީގެ އެމްޑީ ކަމުގައި ހިންގަމުންދާ ސްޓެލްކޯ އިން ވަނީ އެކްސް ޕްލެޓްފޯމުގައި 3 ގަޑިއިރުތެރޭ 6 ފަހަރުމަތިން މިއަދު އަޕްޑޭޓް ގެނެސްދެއްވާފައިކަން ފާހަގަ ކުރެވެއެވެ.

ސްޓެލްކޯއިން ބުނީ މިއަދު އިރުއޮއްސެންވާއިރަށް ހުރިހާ ތަނަކަށް އަލުން ކަރަންޓް ދެވޭނެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްސްޓެލްކޯ
Advertisement
Advertisement

0 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

އިންޖިނޭރު

417 ދުވަސް ކުރިން - 17:22

އައިކާއޯ އިން އެއަރޕޯޓް ހިންގަން ހުއްދަ ދެނީ ބެކަޕް ޕަވަރ ސެޓަޕެއް ހުރެގެން. މީ ބަޔަކު ހުށިޔާރު ވެގެން ވީ ކަމެއް ނޫން. މީ އެއަރޕޯޓަކަށް ވީތީ ވީ ކަމެއް.

ގުޅޭ ޚަބަރުތައް

ޗައިނާގެ އެއަރ ކާގޯ މައުރަޒުގައި ވެލާނާ އެއަރޕޯޓުގެ ކާގޯ ހިދުމަތްތައް އެމް.އޭ.ސީ.އެލް އިން ދައްކާލައިފި

ވެލާނާ އެއަރޕޯޓުގެ ކާގޯ ޚިދުމަތްތައް ޗައިނާގެ އެއަރ ކާގޯ މައުރަޒުގައި ދައްކާލައިފި

2 ދުވަސް ކުރިން - 18:05

އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށްދާތީ ހުޅުމާލެ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

:އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށްދާތީ ހުޅުމާލެ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑިދާނެ”

3 ދުވަސް ކުރިން - 19:54

އެއާޕޯޓުގެ ކްރައިސިސް މެނޭޖްމަންޓް ވަރުގަދަކުރުމަށްޓަކައި ފަހުމުނާމާތަކެއްގައި ސޮއިކޮށްފި

އެއާޕޯޓުގެ ކްރައިސިސް މެނޭޖްމަންޓް ވަރުގަދަކުރުމަށްޓަކައި ފަހުމުނާމާތަކެއްގައި ސޮއިކޮށްފި

25 ދުވަސް ކުރިން - 14:05

ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތައް ހަރުދަނާކުރުމަށް "ހާބަރ ޕޯޓަލް" ތައާރަފުކޮށްފި

ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތައް ހަރުދަނާކުރުމަށް "ހާބަރ ޕޯޓަލް" ތައާރަފުކޮށްފި

27 ދުވަސް ކުރިން - 19:47

މިއަހަރުގެ އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް ކިޔައިފި

މިއަހަރުގެ އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް

33 ދުވަސް ކުރިން - 19:53

ފްލައިނާސް އިން ހަފުތާއަކު ތިން ފްލައިޓާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުތައް އަލުން ފަށައިފި

ހަފުތާއަކު ތިން ފްލައިޓާއެކު ފްލައިނާސް އިން ދަތުރުތައް އަލުން ފަށައިފި

33 ދުވަސް ކުރިން - 17:00