ކިނބިދޫ-ވޭމަންޑޫ ކޯޒްވޭ ތަރައްގީކުރާ ބަޔަކަށް ފަތުރުވެރިކަމަށް ރަށެއް ދެނީ

އަައިޝަތު ޒީނާ | 1 ދުވަސް ކުރިން - 1 ޖޫން 2025 19:28
ވޭމަންޑޫ.
ވޭމަންޑޫ.
ޚުލާސާ

އެ މަޝްރޫއު ތަންފީޒު ކުރާނީ ކްރޮސް-ސަބްސިޑައިޒޭޝަން މޮޑެލެއްގެ ދަށުން.

ތ.ކިނބިދޫ އަދި ތ.ވޭމަންޑޫ ކޯޒްވޭ ތަރައްގީ ކުރާ ބަޔަކަށް ފަތުރުވެރިކަމަށް އެ އަތޮޅު ފަޅުރަށެއް ކަމަށްވާ ކެލާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ޢިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ބުނެފިއެވެ.

ކިނބުދޫ-ވޭމަންޑޫ ކޯޒްވޭ ތަރައްގީކޮށް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށްބުނެ ބިނާރާބެހޭ ވުޒާރާއިން ކުރި އިއުލާނެއްގައި ބުނީ ބޭނުންވަނީ އެ މަޝްރޫއާއެކު ކެލާގައި ފަތުރުވެރިކަމުގެ މަޝްރޫއެއް ތަރައްގީކޮށްދޭނެ ފަރާތެއް ކަމަށެވެ.

އެ މަޝްރޫއު ތަންފީޒު ކުރާނީ ކްރޮސް-ސަބްސިޑައިޒޭޝަން މޮޑެލެއްގެ ދަށުން ކަމަށާއި އެ މޮޑެލްގެ ދަށުން، ހޮވޭ އިންވެސްޓަރަށް އެ ވަސީލަތުގެ ރައުސުލްމާލު އަދި ހިންގުމުގެ ހަރަދުތައް އަނބުރާ ހޯދުމަށް ވިޔަފާރީގެ ގޮތުން ފައިދާ ލިބޭނެ ބައިތަކެއް ހުށަހެޅިދާނެ ކަމަށް ވުޒާރާއިން ބުންޏެވެ. އަދި ކޮންޓްރެކްޓާ ފައިނޭންސިން، ޕީޕީޕީ މޮޑެލް ނުވަތަ ލޯނު ފައިނޭންސިން މެދުވެރިކޮށް ވެސް ކުރިއަށް ގެންދެވިދާނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

އެ މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 30 ވަނަ ދުވަހާ ހަމައަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއައިއޯ) ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ކުރީ ސަރުކާރުން ވަނީ ކިނބިދު އާއި ވޭމަންޑޫ ކޯޒްވޭ ޑިޒައިންގެ ފޮޓޯތައް އާންމުކޮށް، ފީޒިބިލިޓީ އެސަސްމެންޓްގެ މަސައްކަތް ކޮށްފައެވެ. ނަމަވެސް އަމަލީގޮތުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާއިރު، އެ މަޝްރޫއު ނިންމެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%