ރާއްޖޭގެ ތާރީޚުގައި އަލަށް (ފުރަތަމަ ފަހަރަށް) މާލެއާއި ހުޅުމާލެއިން އެއްފަހަރާ ކަންކަރަންޓް ކެނޑުނު މައްސަލައިގެ ޚާއްޞަ ތަޙްޤީޤު ފުލުހުން ފަށައިފިއެވެ.
ސްޓެލްކޯއިން މިހާރު ދަނީ ބައެއް ސަރަޙައްދުތަކަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ. އެ ކުންފުނިން ބުނީ މާލޭ އޭރިއާގެ ކަރަންޓު ގްރިޑު އެއްކޮށް ނިވުނީ އާތު ފޯލްޓެއްގެ ސަބަބުންނެވެ.
"ކަރަންޓް ކެނޑުނު މައްސަލައިގައި ހާއްސަ ތަހުގީގެއް ހިންގުމަށް އަންގަވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
"މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ޚިދުމަތުގެ ކަންކަން އިންތިޒާމް ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ވާހަކަ ދަންނަވަން،" ރައީސް ޑރ. މުޢިއްޒު އެކްސްގައި ޕޯސްޓު ކުރެއްވި އެވެ.