ޢީދު ލައިޓް 65 ރަށުގައި ދިއްލާނެ ކަމަށް ބެލެވޭ: މިނިސްޓަރ

އަައިޝަތު ޒީނާ | 1 ދުވަސް ކުރިން - 2 ޖޫން 2025 07:56
"ޢީދު އަލި" އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އާދަމް ޝަރީފް އުމަރު ވާހަކަދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
"ޢީދު އަލި" އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އާދަމް ޝަރީފް އުމަރު ވާހަކަދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މިދިޔަ އަހަރު ޢީދު ލައިޓް ފޮނުވި 29 ރަށާއި މިއަހަރު ޢީދު ލައިޓް ފޮނުވި 36 ރަށާއެކު، ޖުމްލަ 65 ރަށުގައި ޢީދުލައިޓް ދިއްލާނެ.

މިއަހަރުގެ ބޮޑު ޢީދުގައި 65 ރަށެއްގައި ޢީދު ލައިޓް ދިއްލާނެކަމަށް ބެލެވޭ ކަމަށް ސިޓީސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

މިފަދައިން ވަޒީރު ވިދާޅުވެފައި ވަނީ އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެކްސްގައި ވަޒީރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވުފައި ވަނީ، މިއަހަރުގެ ބޮޑު ޢީދުގައި، 1445 ވަނަ އަހަރު ޢީދު ލައިޓް ފޮނުވި 29 ރަށާއި 1446 ވަނަ އަހަރު ޢީދު ލައިޓް ފޮނުވި 36 ރަށާއެކު، ޖުމްލަ 65 ރަށުގައި ޢީދުލައިޓް ދިއްލާނެކަމަށް ބެލެވޭ ކަމަށެވެ.

މިގޮތުން ދިއްލުމަށް ހަމަޖެހިފައިވަނީ ހއ. އިހަވަންދޫއާއި، ހއ. ހޯރަފުއްޓާއި، ހދ. ހަނިމާދޫއާއި، ހދ. ނޮޅިވަރަމާއި، ށ. މިލަންދޫއާއި، ށ. ފޯކައިދޫ ނ. ވެލިދޫ، ނ. ހޮޅުދޫ، ރ. ދުވާފަރު، ރ. އަލިފުށި، ބ. ތުޅާދޫ، ބ. ހިތާދޫ، ޅ. ހިންނަވަރު، ޅ. ކުރެންދޫ، ކ. ކާށިދޫ، ކ. މާފުށި، އއ. ތޮއްޑޫ، އއ. އުކުޅަސް، އދ. މާމިގިލި، އދ. ދަނގެތި، ވ. ކެޔޮދޫ، ވ. ފުލިދޫ، މ. މުލައް، މ. ކޮޅުފުށި، ފ. ބިލެއްދޫ، ދ. މީދޫ، ދ. މާއެނބޫދޫ، ތ. ތިމަރަފުށި، ތ. ވިލިފުށި، ލ. ގަން، ލ. މާވަށް، ގއ. ދާންދޫ، ގއ. ގެމަނަފުށި، ގދ. ގައްދޫ އަދި ގދ. މަޑަވެލީގައެވެ.

އީދަށް މާލެ ދިއްލުމުގެ ހަރަކާތަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވި އިރު ފެއްޓެވި ހަރަކާތެކެވެ. މުޅި ރާއްޖެ ދިއްލުމުގެ ހަރަކާތް ފެށުނީ އެމަނިކުފާނުގެ ވެރިކަމުގައި މިދިޔަ އަހަރުއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%