Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސަރުކާރަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ދޭނަން: ތިނަދޫ ސިޓީ މޭޔަރު

ސަރުކާރަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ދޭނަން: ތިނަދޫ ސިޓީ މޭޔަރު

އައިޝަތު ރުވާ ރިފްޢަތު
106 ދުވަސް ކުރިން - 8 އޭޕްރިލް 2026 21:19
މިނިސްޓަރު އާދަމް ޝަރީފު، ތިނަދޫ ސިޓީ މޭޔަރު ސައުދު އަލީއާއި ބައްދަލުކުރެއްވުން/ ފޮޓޯ: ސިޓީސް މިނިސްޓަރީ
މިނިސްޓަރު އާދަމް ޝަރީފު، ތިނަދޫ ސިޓީ މޭޔަރު ސައުދު އަލީއާއި ބައްދަލުކުރެއްވުން/ ފޮޓޯ: ސިޓީސް މިނިސްޓަރީ
ޚުލާސާ

ތިނަދޫއަށް ބޭނުންވާ ތަރައްގީ ގެނެސްދިނުމަށް ސަރުކާރަށް ބޭނުންވާ ހުރިހާ އެއްބާރުލުމެއް ދޭނެކަމުގެ ޔަގީންކަން މިނިސްޓަރު އާދަމް ޝަރީފަށާއި އަދި ރައީސުލްޖުމްހުރިއްޔާ ޑރ.މުޙައްމަދު މުއިޢްޒަށް އަރުވަނެކަމަށް ސައުދު ވިދާޅުވި.

ތިނަދޫ ސިޓީގެ ތަރައްގީއަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އެ ސިޓީގެ މޭޔަރު ސައުދު އަލީ ދެއްވައިފި އެވެ.

މޭޔަރު ސައުދު މިހެން ވިދާޅުވީ މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވާކްސް އާދަމް ޝަރީފު އުމަރާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ. މިނިސްޓްރީގައި ބޭއްވުނު މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ ދާދިފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މޭޔަރުކަން ސައުދު ކާމިޔާބު ކުރެއްވުމާ ގުޅިގެން މަރުހަބާ ދަންނަވާފަ އެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ، އެންމެ ބޮޑު އަމާޒަކީ ތިނަދޫއަށް ބޭނުންވާ ތަރައްގީ ހޯދައިދިނުން ކަމަށެވެ. އަދި އެ ތަރައްގީ ހާސިލުކުރުމަށްޓަކައި ސިޓީ ކައުންސިލްގެ ފަރާތުން ސަރުކާރަށް ދޭންޖެހޭ އެއްބާރުލުން ފުރިހަމައަށް ލިބޭނެ ކަމަށް ވިދާޅުވި އެވެ. ސިޔާސީ ގޮތުން ތަފާތު ހިޔާލުތަކެއް ހުރި ނަމަވެސް، ރަށުގެ ކުރިއެރުމަށްޓަކައި ސަރުކާރުން ހިންގާ އެއްވެސް މަޝްރޫޢަކަށް ހުރަސްއެޅުމުގެ ނިޔަތެއް ނެތްކަން އޭނާ ސާފުކޮށްދެއްވި އެވެ.

Advertisement

Advertisement 1

މީގެއިތުރުން، ތިނަދޫއަށް ބޭނުންވާ ތަރައްގީ ގެނެސްދިނުމަށް ސަރުކާރަށް ބޭނުންވާ ހުރިހާ އެއްބާރުލުމެއް ދޭނެކަމުގެ ޔަގީންކަން މިނިސްޓަރު އާދަމް ޝަރީފަށާއި އަދި ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އަރުވާނެކަމަށް ސައުދު ވިދާޅުވި އެވެ.

މީގެ އިތުރުން، މިހާރުވެސް ސަރުކާރުން ތިނަދޫގައި ގިނަ މަޝްރޫއުތަކެއް ކުރިއަށްގެންދަވާކަން ފާހަގަކުރައްވައި، އެފަދަ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަކީ މުޅި ރަށުގެ މުސްތަގުބަލަށް ކޮންމެހެން މުހިންމު ކަމެއްގެ ގޮތުގައި މޭޔަރު ސިފަކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އާދަމް ޝަރީފް ވަނީ ކައުންސިލުތަކުގެ މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ކައުންސިލްތަކާ ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ދެ ބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފަ އެވެ.

މިނިސްޓަރ އާދަމް ޝަރީފްތިނަދޫ ސިޓީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގދ. ތިނަދޫއިން ވެސް މިހާރު މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސައިފި

ގދ. ތިނަދޫއިން ވެސް މިހާރު މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ

50 ދުވަސް ކުރިން - 17:27

ތިނަދޫއަށް ބައުޒަރެއް ގެންގޮސް އެފްއެސްއެމްއިން ހިދުމަތް ދޭން ފަށައިފި

ތިނަދޫއަށް ބައުޒަރެއް ގެންގޮސް އެފްއެސްއެމްއިން ހިދުމަތްދޭން ފަށައިފި

58 ދުވަސް ކުރިން - 12:08

ޔޫއޭއީ އާއި ގަތަރަށް ކަނޑައަޅާ ސަފީރުންގެ ގޮތުގައި ތޯރިގާއި އާދަމް ޝަރީފް އައްޔަންކުރަނީ

ސަފީރުންގެ ގޮތުގައި ތޯރިގާއި އާދަމް ޝަރީފް އައްޔަންކުރަނީ

70 ދުވަސް ކުރިން - 12:11

ތިނަދޫގައި ފުއްޕާމެޔާއި ކުޑަކަމުދާ ނިޒާމުގެ ފަރުވާ މިއަހަރު ފަށަނީ

ތިނަދޫގައި ފުއްޕާމެޔާއި ކުޑަކަމުދާ ނިޒާމުގެ ފަރުވާ ފަށަނީ

89 ދުވަސް ކުރިން - 10:49

ކުރިއަށް ދާނީ ރައީސް މުއިއްޒުއާ އެކު، ޕީއެންސީގެ ހަރަކާތްތަކުން ފެންނާނެ: އާދަމް ޝަރީފް

ކުރިއަށް ދާނީ ރައީސް މުއިއްޒުއާއެކު: އާދަމް ޝަރީފު

96 ދުވަސް ކުރިން - 18:27

އައްޑޫ ސިޓީގެ މޭޔަރު، މިނިސްޓަރ އާދަމް ޝަރީފް އުމަރާ ބައްދަލުކުރައްވައިފި

އައްޑޫސިޓީގެ މޭޔަރު، މިނިސްޓަރ އާދަމް ޝަރީފާއި ބައްދަލުކުރައްވައިފި

106 ދުވަސް ކުރިން - 21:22