Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ތިނަދޫއަށް ބައުޒަރެއް ގެންގޮސް އެފްއެސްއެމްއިން ހިދުމަތް ދޭން ފަށައިފި

ތިނަދޫއަށް ބައުޒަރެއް ގެންގޮސް އެފްއެސްއެމްއިން ހިދުމަތް ދޭން ފަށައިފި

އައިޝަތު ރުވާ ރިފްޢަތު
45 ދުވަސް ކުރިން - 26 މެއި 2026 12:08
ބައުޒަރުން ދޯންޔަކަށް ތެޔޮ އަޅަނީ. / ފޮޓޯ: އެފްއެސްއެމް
ބައުޒަރުން ދޯންޔަކަށް ތެޔޮ އަޅަނީ. / ފޮޓޯ: އެފްއެސްއެމް
ޚުލާސާ

މި ބައުޒަރުގެ ސަބަބުން ތިނަދޫގެ އިގްތިސާދީ މަސައްކަތްތަކަށާއި، މަސްވެރި އުޅަނދުފަހަރަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގައި ބޮޑު ލުޔެއް ލިބިގެންދާނެ

ތިނަދޫ ސިޓީގެ ރައްޔިތުންނަށާއި އެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރަށް ފަސޭހަކަމާއެކު ތެޔޮ ފޯރުކޮށްދިނުމަށްޓަކައި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން އެ ރަށުގައި ބައުޒަރުގެ ހިދުމަތް ރަސްމީކޮށް ފަށައިފި އެވެ.

މި ހިދުމަތް ފެށުމާއެކު، ތިނަދޫގެ ޖެޓީ ސަރަހައްދުންނާއި ކަނޑު އުޅަނދުފަހަރަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ވަނީ ވަރަށް ބޮޑަށް ހަރުދަނާވެފަ އެވެ. އެފްއެސްއެމްއިން ބުނި ގޮތުގައި މި ބައުޒަރުގެ ސަބަބުން ތިނަދޫގެ އިގްތިސާދީ މަސައްކަތްތަކަށާއި، މަސްވެރި އުޅަނދުފަހަރަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގައި ބޮޑު ލުޔެއް ލިބިގެންދާނެ އެވެ.

އެފްއެސްއެމްއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތެޔޮ ފޯރުކޮށްދިނުމުގެ ހިދުމަތް ފުޅާކުރަމުން އަންނަ ކުންފުންޏެކެވެ. އެގޮތުން، ފަހަކަށް އައިސް ގިނަ ރަށްތަކެއްގައި އެ ކުންފުނީގެ ތެޔޮ ޝެޑުތައް ހުޅުވައި، ހިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ.

Advertisement

Advertisement 1

މި ފަހުން އެފްއެސްއެމްއިން ވަނީ ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ރ. ދުވާފަރު، ބ. އޭދަފުށި، ށ. މިލަންދޫ، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، އަދި ދ. މީދޫގައި ޒަމާނީ ފެންވަރުގެ ތެޔޮ ޝެޑުތައް ގާއިމްކޮށް ހިދުމަތް ދޭން ފަށާފަ އެވެ.

މިސަރުކާރުން އަންނަނީ އަތޮޅުތަކުގެ ތަރައްގީއަށާއި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެފްއެސްއެމްތިނަދޫ ސިޓީ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ވަޒީފާގެ ފުރުސަތުތަކެއް ހުޅުވާލައިފި

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ވަޒީފާގެ ފުރުސަތުތަކެއް ހުޅުވާލައިފި

7 ގަޑިއިރު ކުރިން - 16:38

ވިލިމާލޭގެ ތެލުގެ ދަތިކަމަށް ހައްލެއް: އެފް.އެސް.އެމްގެ އައު ފިއުލް ސްޓޭޝަންގެ މަސައްކަތް ފަށައިފި

ވިލިމާލޭގައި އެފް.އެސް.އެމް އިން ގާއިމުކުރާ ފިއުލް ސްޓޭޝަންގެ އަމަލީ މަސައްކަތް ފަށައިފި

34 ދުވަސް ކުރިން - 15:48

ގދ. ތިނަދޫއިން ވެސް މިހާރު މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސައިފި

ގދ. ތިނަދޫއިން ވެސް މިހާރު މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ

37 ދުވަސް ކުރިން - 17:27

ތިނަދޫގައި ފުއްޕާމެޔާއި ކުޑަކަމުދާ ނިޒާމުގެ ފަރުވާ މިއަހަރު ފަށަނީ

ތިނަދޫގައި ފުއްޕާމެޔާއި ކުޑަކަމުދާ ނިޒާމުގެ ފަރުވާ ފަށަނީ

76 ދުވަސް ކުރިން - 10:49

ދ. ކުޑަހުވަދޫގައި އެފްއެސްއެމްގެ އައު ފިއުލް ޝެޑް ހުޅުވައި ހިދުމަތް ދޭން ފަށައިފި

ކުޑަހުވަދޫގައި އެފްއެސްއެމްގެ އައު ފިއުލް ޝެޑެއް ހުޅުވައިފި

80 ދުވަސް ކުރިން - 00:45

ސަރުކާރަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ދޭނަން: ތިނަދޫ ސިޓީ މޭޔަރު

"ސަރުކާރަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ދޭނަން"

93 ދުވަސް ކުރިން - 21:19