Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

އަލަށް އިމާރާތްކުރެވޭ ކައުންސިލުތަކުގައި ޖާގަ ތަނަވަސްވާނެ: މިނިސްޓަރ އާދަމް ޝަރީފް

މުހައްމަދު ޖަމްޝަތު
219 ދުވަސް ކުރިން - 5 މާޗް 2026 16:19
ސިޓީސް މިނިސްޓަރު އާދަމް ޝަރީފު އުމަރު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި --- ފޮޓޯ: ރައީސް އޮފީސް
ސިޓީސް މިނިސްޓަރު އާދަމް ޝަރީފު އުމަރު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި --- ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

އަލަށް އިމާރާތްކުރާ މި ކައުންސިލް އިދާރާތަކަކީ ޖާގަ ތަނަވަސްކޮށް، ޒަމާނީ ފެންވަރަށް އަޕްގްރޭޑް ކުރެވިފައިވާ އިމާރާތްތަކެއް

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާގެ މަސައްކަތްތައް މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށާއި، އަލަށް އިމާރާތް ކުރެވޭ ކައުންސިލުތައް ހުންނާނީ ޒަމާނީ ފެންވަރަށް އަޕްގްރޭޑް ކުރެވިފައި ކަމަށް ސިޓީސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަށްރަށުގެ ކައުންސިލްތަކަށް ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް، ރައްޔިތުންނަށް ދޭ ހިދުމަތްތައް ފުޅާކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން މިހާރު 54 ރަށެއްގައި ކައުންސިލް އުމާރާތްކުރުމުގެ އަމަލީ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މަސައްކަތުގެ ކުރިއެރުމާ ގުޅޭގޮތުން މިނިސްޓަރު އިތުރަށް ވިދާޅުވީ، ބައެއް ރަށްރަށުގައި މިހާރު ވަނީ އިމާރާތްތައް ހިޔާކުރުމާ ހިސާބަށް މަސައްކަތް ގެންދެވިފައި ކަމަށެވެ. އަދި މަސައްކަތް ނުފެށި އޮތް ރަށުގެ މަސައްކަތް ފެށުމަށް ބޭނުންވާ އެންމެހާ ތައްޔާރީތައް މިހާރު ވެފައިވާ ކަމަށްވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

މި މަޝްރޫއަކީ 'ޓާންކީ' އުސޫލުން ކުރިއަށްގެންދާ މަޝްރޫއެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މި ތަންތަން ކައުންސިލްތަކާ ހަވާލުކުރާނީ 'ފުލީ-ފާނިޝްޑް' ތަންތަނުގެ ގޮތުގައި ކަމަށެވެ. އެގޮތުން އޮފީހަށް ބޭނުންވާ ހުރިހާ މޭޒާއި ގޮނޑި އަދި ކައުންޓަރުތައް ވެސް ހުންނާނީ ފުރިހަމަކުރެވިފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި ގޮތުގައި މި މަޝްރޫޢުގެ ސަބަބުން ރަށްރަށުގެ ކައުންސިލްތަކުން ރައްޔިތުންނަށް ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، މުވައްޒަފުންނަށް މަސައްކަތް ކުރުމަށް އެކަށީގެންވާ މާހައުލެއް ލިބިގެންދާނެއެވެ.

މިނިސްޓަރ އާދަމް ޝަރީފްސިޓީސް މިނިސްޓްރީ (އުވާލެވިފައި)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ސަފީރުންގެ ގޮތުގައި ތޯރިގާއި އާދަމް ޝަރީފް އައްޔަންކުރަނީ

ސަފީރުންގެ ގޮތުގައި ތޯރިގާއި އާދަމް ޝަރީފް އައްޔަންކުރަނީ

149 ދުވަސް ކުރިން - 12:11

ކުރިއަށް ދާނީ ރައީސް މުއިއްޒުއާއެކު: އާދަމް ޝަރީފު

ކުރިއަށް ދާނީ ރައީސް މުއިއްޒުއާއެކު: އާދަމް ޝަރީފު

175 ދުވަސް ކުރިން - 18:27

އައްޑޫސިޓީގެ މޭޔަރު، މިނިސްޓަރ އާދަމް ޝަރީފާއި ބައްދަލުކުރައްވައިފި

އައްޑޫސިޓީގެ މޭޔަރު، މިނިސްޓަރ އާދަމް ޝަރީފާއި ބައްދަލުކުރައްވައިފި

185 ދުވަސް ކުރިން - 21:22

"ސަރުކާރަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ދޭނަން"

"ސަރުކާރަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ދޭނަން"

185 ދުވަސް ކުރިން - 21:19

"ތަފާތުކުރުމެެއްނެތި ހުރިހާ ކައުންސިލްތަކާއެކު މަސައްކަތް ކުރާނަން"

"ތަފާތުކުރުމެެއްނެތި ހުރިހާ ކައުންސިލްތަކާއެކު މަސައްކަތް ކުރާނަން"

188 ދުވަސް ކުރިން - 14:04

ހަ ރަށެއްގެ ކައުންސިލް އިދާރާގެ މަސައްކަތް ނިމިއްޖެ

ހަ ރަށެއްގެ ކައުންސިލް އިދާރާގެ މަސައްކަތް ނިމިއްޖެ

219 ދުވަސް ކުރިން - 16:18