Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޕީއެސްއައިޕީގެ ދަށުން އިމާރާތްކުރާ 6 ރަށެއްގެ ކައުންސިލް އިދާރާގެ މަސައްކަތް ނިމިއްޖެ

ޕީއެސްއައިޕީގެ ދަށުން އިމާރާތްކުރާ 6 ރަށެއްގެ ކައުންސިލް އިދާރާގެ މަސައްކަތް ނިމިއްޖެ

މުހައްމަދު ޖަމްޝަތު
122 ދުވަސް ކުރިން - 5 މާޗް 2026 16:18
ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު، އާދަމް ޝަރީފު އުމަރު---ފޮޓޯ: ރައީސް އޮފީސް
ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު، އާދަމް ޝަރީފު އުމަރު---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ސަރުކާރުން މަސައްކަތް ކުރަނީ މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް އިމާރާތްކުރާ ހުރިހާ ކައުންސިލް އިމާރާތެއްގެ މަސައްކަތް ނިންމާލުން ކަމަށް މިނިސްޓަރު ވިދާޅުވި

ސަރުކާރުގެ ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން އިމާރާތްކުރަމުންދާ 6 ރަށެއްގެ ކައުންސިލް އިދާރާގެ މަސައްކަތް މުޅިން ނިމިފައިވާ ކަމަށް ސިޓީސް އެންޑް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މަސައްކަތް ނިމިފައިވާ ކައުންސިލް އިދާރާތަކަކީ ތ. ކިބިނދޫ، ށ. ނޫމަރާ، ލ. ކަލައިދޫ، މ. ރަތްމަންދޫ، މ. ވޭވަށް އަދި އދ. ހަންޏާމީދޫ އެވެ. މީގެ އިތުރުން ފ. ބިލެތްދޫ، ހއ. ހޯރަފުށި، އދ. ދިއްދޫ، ގދ. ހޯޑެއްދޫ އަދި ހދ. ކުރިނބީ ހިމެނޭހެން ފަސް ރަށެއްގެ މަސައްކަތް މިހާރުވެސް ބާރަށް ކުރިއަށްދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

ކައުންސިލް އިދާރާތައް އެޅުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދަނީ މައިގަނޑު ދެ މަޝްރޫއަކަށް ބަހާލައިގެންނެވެ. އެއީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިމާރާތްކުރާ 50 ކައުންސިލް އިދާރާގެ މަޝްރޫއާއި، ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ 55 ކައުންސިލް އިދާރާގެ މަޝްރޫއެވެ.

އާރުސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 55 ރަށުގެ މަސައްކަތާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، އަމާޒަކީ މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެ ހުރިހާ އިމާރާތެއްގެ މަސައްކަތް ނިންމާލުން ކަމަށެވެ. މި މަޝްރޫއަކީ 631 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

"މައިގަނޑުގޮތެއްގައި ގިނަ ރަށްރަށުގެ މަސައްކަތް މިހާރު ހުރީ ހިޔާކުރުމާ ހަމައަށް ގޮސްފައި،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ކ. ދިއްފުށި އަދި ނ. މިލަދޫ ކައުންސިލް އިމާރާތުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށްޓަކައި، މި މަސް ނިމުމުގެ ކުރިން އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކުރެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އާރުސީސީން އިމާރާތްކުރާ އޮފީސްތައް ނިމޭއިރު، ވަށާފާރާއި އޮފީހަށް ބޭނުންވާ ފަރުނީޗަރުވެސް ހުންނާނީ ފުރިހަމަކުރެވިފައެވެ.

މިނިސްޓަރ އާދަމް ޝަރީފްސިޓީސް މިނިސްޓްރީ (އުވާލެވިފައި)
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޔޫއޭއީ އާއި ގަތަރަށް ކަނޑައަޅާ ސަފީރުންގެ ގޮތުގައި ތޯރިގާއި އާދަމް ޝަރީފް އައްޔަންކުރަނީ

ސަފީރުންގެ ގޮތުގައި ތޯރިގާއި އާދަމް ޝަރީފް އައްޔަންކުރަނީ

52 ދުވަސް ކުރިން - 12:11

ކުރިއަށް ދާނީ ރައީސް މުއިއްޒުއާ އެކު، ޕީއެންސީގެ ހަރަކާތްތަކުން ފެންނާނެ: އާދަމް ޝަރީފް

ކުރިއަށް ދާނީ ރައީސް މުއިއްޒުއާއެކު: އާދަމް ޝަރީފު

78 ދުވަސް ކުރިން - 18:27

އައްޑޫ ސިޓީގެ މޭޔަރު، މިނިސްޓަރ އާދަމް ޝަރީފް އުމަރާ ބައްދަލުކުރައްވައިފި

އައްޑޫސިޓީގެ މޭޔަރު، މިނިސްޓަރ އާދަމް ޝަރީފާއި ބައްދަލުކުރައްވައިފި

88 ދުވަސް ކުރިން - 21:22

ސަރުކާރަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ދޭނަން: ތިނަދޫ ސިޓީ މޭޔަރު

"ސަރުކާރަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ދޭނަން"

88 ދުވަސް ކުރިން - 21:19

ތަފާތުކުރުމެެއްނެތި ހުރިހާ ކައުންސިލްތަކާއެކު މަސައްކަތް ކުރާނަން: މިނިސްޓަރު އާދަމް ޝަރީފް

"ތަފާތުކުރުމެެއްނެތި ހުރިހާ ކައުންސިލްތަކާއެކު މަސައްކަތް ކުރާނަން"

91 ދުވަސް ކުރިން - 14:04

އަލަށް އިމާރާތްކުރެވޭ ކައުންސިލުތަކުގައި ޖާގަ ތަނަވަސްވާނެ: މިނިސްޓަރ އާދަމް ޝަރީފް

"އަލަށް އިމާރާތްކުރެވޭ ކައުންސިލުތަކުގައި ޖާގަ ތަނަވަސްވާނެ"

122 ދުވަސް ކުރިން - 16:19