ބާރަށުގެ އިރުން 6 މޭލު ބޭރުގައި ވަދު ކަނދުފަތި އަޅައިފި

އަައިޝަތު ޒީނާ | 1 ދުވަސް ކުރިން - 1 ޖޫން 2025 00:36
ހއ. ބާރަށުގެ އިރުން 6 މޭލު ބޭރުގައި ޤާއިމްކޮށްފައިވާ ކަނދުފަތި. / ފޮޓޯ: މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާ.
ހއ. ބާރަށުގެ އިރުން 6 މޭލު ބޭރުގައި ޤާއިމްކޮށްފައިވާ ކަނދުފަތި. / ފޮޓޯ: މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާ.
ޚުލާސާ

މި ވަދު ކަނދުފަތި ޤާއިމްކުރުމުގެ މަޤްޞަދަކީ އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއެރުވުން ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ބުނި.

ހއ. ބާރަށުގެ އިރުން 6 މޭލު ބޭރުގައި ކަނދުފަތި ޤާއިމްކޮށްފިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ބުނީ މި ވަދު ކަނދުފަތީގެ ނަންބަރަކީ C09V02-01 ކަމަށެވެ.

މި ވަދު ކަނދުފަތި އަޅާފައިވާ ލޮކޭޝަނަކީ:

6°48.100'N

73°19.100'E

މި ވަދު ކަނދުފަތި ޤާއިމްކުރުމުގެ މަޤްޞަދަކީ އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއެރުވުން ކަމަށް ވުޒާރާއިން ބުންޏެވެ. މި ވަދު ކަނދުފަތި ޤާއިމްކުރުމަކީ އެ ސަރަޙައްދުގެ މަސްވެރިން، ޚާއްޞަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް ލިބުނު އުފަލެއް ކަމަށް ވުޒާރާއިން ފާހަގަކުރިއެވެ.

ވަދު ކަނދުފަތި ޤާއިމްކުރުމަކީ ސަރުކާރުގެ މަސްވެރިކަން ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން ކުރެވެމުން ގެންދާ މުހިންމު މަސައްކަތެކެވެ.

ކުރިއަށް އޮތް ތަނުގައި އިތުރު ވަދު ކަނދުފަތިތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމްކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވުޒާރާއިން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%