މާލެ ސަރަޙައްދަށް ދިމާވި ކަރަންޓު މައްސަލަ އެއްކޮށް ޙައްލުކޮށްފި

އަައިޝަތު ޒީނާ | 1 ދުވަސް ކުރިން - 1 ޖޫން 2025 20:29
މާލެ މަގުމަތި. / ފޮޓޯ: ޚުލާސާ
މާލެ މަގުމަތި. / ފޮޓޯ: ޚުލާސާ
ޚުލާސާ

ފަހުމީ ވިދާޅުވީ މާލެ ސަރަޙައްދުން މިއަދު ކަރަންޓު ކެނޑުމަށް މެދުވެރިވި ސަބަބު ދެނަގަނެ އެކަމާއި ގުޅުންހުރި މަޢުލޫމާތު ފަހުން އާންމުކުރައްވާނެ ކަމަށް.

ގްރޭޓަރ މާލެ ސަރަޙައްދަށް މިއަދު ދިމާވި ކަރަންޓު މައްސަލަ މިހާރު އެއްކޮށް ޙައްލުކުރެވިފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑަށް ކުރިމަތިވެފައިވާ މައްސަލަ މިހާރު ޙައްލުކުރެވި، މާލެ އާއި ހުޅުމާލެއަށް ކަރަންޓުގެ ޚިދުމަތް އަލުން ފޯރުކޮށްދެވިފައިވާ ކަމަށެވެ.

ކަރަންޓު އަލުން ދިނުމަށްޓަކައި ސްޓެލްކޯގެ މުވައްޒަފުންނާއި، އެކި ގޮތްގޮތުން އެހީތެރިވެދެއްވި އެންމެހައި ފަރާތްތަކަށް ފަހުމީ ވަނީ ޝުކުރު ދަންނަވާފައެވެ. އަދި މިފަދަ ޙާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ސްޓެލްކޯއިން އަޅާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ މާލެ ސަރަޙައްދުން މިއަދު ކަރަންޓު ކެނޑުމަށް މެދުވެރިވި ސަބަބު ދެނަގަނެ އެކަމާއި ގުޅުންހުރި މަޢުލޫމާތު ފަހުން އާންމުކުރައްވާނެ ކަމަށެވެ.

މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭހެން ކަރަންޓު ގޮސްފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ ދަންނަވާފައެވެ. އަދި މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ޚިދުމަތުގެ ކަންކަން އިންތިޒާމް ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%