ފަލަސްޠީނުގެ ލޮބުވެތި އުޚުއްވަތްތެރީންނަށް ހިތްތަކުގައި އޮތް ކުލުނު، ދިވެހި ރައްޔިތުން ބަންޑުންކޮށްލަނީ ކަރުނައާއެކު ދަންނަވާ ހެޔޮ ދުޢާތަކުން ކަމަށް ރައީސް ވިދާޅުވި.
470 ދުވަސް ކުރިން - 06:37
ރައީސް ވަނީ ދިވެހި ރައްޔިތުންނަށް މިއަހަރުގެ ބޮޑު ޢީދަކީ، އަމާންކަމާއި، ބާއްޖަވެރިކަމުން ފުރިގެންވާ މުނާސަބާއެއް ކަމުގައި ލެއްވުމަށް އެދި ދުއާ ދަންނަވާފައި.
470 ދުވަސް ކުރިން - 06:35
ވެހީންނަށް އާމުދަނީ ލިބޭ މައިގަނޑު މަސައްކަތްތައް ބަރޯސާ ވަނީ ކަނޑުތަކުގެ ދިރުމާ، ރަށްތަކުގެ ރީތިކަމަށް ކަމުގައި ރައީސް ވިދާޅުވި.
471 ދުވަސް ކުރިން - 17:29
މި މާތް މަތިވެރި އަރަފާތު ދުވަހުގައި ފަލަސްތީނުގެ މުސްލިމުންނަށް ހެޔޮ ދުއާކޮށްދޭން ޝަހީމް ގޮވާލެއްވި.
471 ދުވަސް ކުރިން - 17:26
އެ ރަށް އާބާދުވިތާ 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެ ރަށު ކައުންސިލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާ ބެހޭ ގޮތުން މިނިސްޓްރީއާއެކު ވަނީ މަޝްވަރާކޮށްފައި.
471 ދުވަސް ކުރިން - 17:22
އެމްޓީސީސީން ބުނީ އީދު ދުވަހު ނުވަތަ މާދަމާ މާލެ ސަރަހައްދުގެ ބަސް ހިދުމަތުގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައި ވަނީ ހެނދުނު 8:00 ގައި ކަމަށް.
471 ދުވަސް ކުރިން - 17:18
މި މަޝްރޫއުގެ ސަބަބުން މަގުތަކުގައި ހިނގާ މީހުންނާއި ދުއްވާ އުޅަނދުތަކަށް މަގު ބޭނުންކުރަން އިތުރަށް ފަސޭހަވެ، މަގުތަކަކީ އަޑިގުޑަން ނުހުންނަ ރައްކާތެރި މަގުތަކަކަށް ވެގެންދާނެކަން އެމްޓީސީސީން ފާހަގަކުރި.
471 ދުވަސް ކުރިން - 17:12
ގަމުގައި މި އަހަރުގެ އަޟްޙާ ޢީދުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ އޮންނަ ޢީދު ވެދުމާ ދިއުމުގެ ހަރަކާތުން.
471 ދުވަސް ކުރިން - 17:09
ޝައްމާނުގެ ފަރާތުން މައްސަލަ ހުށަހަޅާފައިވަނީ ޤާނޫނީ ގޮތުން ބަހުސް ކުރެވޭނެ އިސްތިއުނާފީ ނުކުތާތަކަކާ އެކު ކަމަށް ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފައިވޭ.
471 ދުވަސް ކުރިން - 17:02
އީދު ހަރަކާތްތައް ފެށުމުގެ ގޮތުން މިރޭ 20:30 ގައި ހުޅުމާލޭ ރުއްގަނޑު 1 އަދި 21:00 ގައި ފޭސް2 ގެ ޗެނަލް ބީޗްގައި އިވެންޓުތައް އޮންނާނެ.
471 ދުވަސް ކުރިން - 16:57
ސައޫދީ މިނިސްޓްރީން ބުނީ ދޭއްޖަހާއިރު 42 ޑިގްރީއަށް ހޫނުމިން މަތިވާނެ ކަމަށް. މިވަގުތު ހޫނުމިން ހުރީ 39 ޑިގްރީގަ.
471 ދުވަސް ކުރިން - 13:00
ޙައްޖުގެ އަޅުކަމަށް މިހާރު މައްކާގައި ތިބި ހުރިހާ ދިވެހިން ތިބީ ޢަރަފާތު ބިމުގައި. އެންމެންގެ ޙާލުވެސް ރަނގަޅު. އެންމެނަށް ވެސް ޙައްޖު ލިބުނީ.
471 ދުވަސް ކުރިން - 12:34