އީދު ދުވަހު އެމްޓީސީސީގެ ފެރީ އާއި ބަހުގެ ހިދުމަތް ލިބޭނެ ގަޑިތައް އާންމުކޮށްފި

އަހްމަދު އީޒާން | 1 ދުވަސް ކުރިން - 5 ޖޫން 2025 17:18
އެމްޓީސީސީން މާލޭގައި ދުއްވާ ބަސްތައް / ފޮޓޯ: އެމްޓީސީސީ
އެމްޓީސީސީން މާލޭގައި ދުއްވާ ބަސްތައް / ފޮޓޯ: އެމްޓީސީސީ
ޚުލާސާ

އެމްޓީސީސީން ބުނީ އީދު ދުވަހު ނުވަތަ މާދަމާ މާލެ ސަރަހައްދުގެ ބަސް ހިދުމަތުގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައި ވަނީ ހެނދުނު 8:00 ގައި ކަމަށް.

އީދު ދުވަހު އެމްޓީސީސީގެ ފެރީ އާއި ބަހުގެ ހިދުމަތް ލިބޭނެ ގަޑިތައް އެ ކުންފުނިން މިއަދު އާންމުކޮށްފި އެވެ.

އެމްޓީސީސީން ބުނީ އީދު ދުވަހު ނުވަތަ މާދަމާ މާލެ ސަރަހައްދުގެ ބަސް ހިދުމަތުގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައި ވަނީ ހެނދުނު 8:00 ގައި ކަމަށެވެ.

ނަމަވެސް، ދަތުރުވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން އީދު ނަމާދުގެ ކުރިން މާލެ އާއި ހުޅުމާލެ 1 އަދި 2 ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފަތިހު 5:30 އާއި ހެނދުނު 6:00 ގައި ބަސްތައް ދަތުރުތައް ބާއްވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޓީސީސީން ބުނީ އީދު ދުވަހު ވިލިމާލޭ ބަސް ހިދުމަތުގެ ދަތުރުތައް ހެނދުނު 6:00 އިން ފެށިގެން ހެނދުނު 8:00 އަށް މެދުކަނޑަލާނެ ކަމަށެވެ.

ވިލިމާލެ, ހުޅުމާލެ އަދި ތިލަފުއްޓަށް އީދު ދުވަހު ފެރީގެ ދަތުރުކުރާ ގަޑިތައް:

- މާލެ - ވިލިމާލެ / އީދު ނަމާދުގެ ކުރިން ފަހު ފެރީ: 06:30 ގައި

- މާލެ - ވިލިމާލެ / އީދު ނަމާދަށް ފަހު ފަށާ ފުރަތަމަ ފެރީ: 8:00 ގައި

- ހުޅުމާލެއިން މާލެއަށް ފުރަތަމަ ދަތުރު: 14:00 ގައި

- މާލެއިން ހުޅުމާލެއަށް ފުރަތަމަ ދަތުރު: 14:30 ގައި

- މާލެއިން ތިލަފުއްޓަށް ފުރަތަމަ ދަތުރު: 8:30 ގައި

- ތިލަފުށިން މާލެއަށް ފުރަތަމަ ދަތުރު: 9:00 ގައި

އެމްޓީސީސީން ބުނީ ސީއެފްއެން ލަކުޑި ފެރީ އާއި އަރުޓީއެލް ފެރީ ދަތުރުތައް އީދު ދުވަހަށް ޝެޑިއުލް ކުރެވިފައި ނުވާ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%