މައްކާ ވަރަށް ހޫނު، މިއަދު 42 ޑިގްރީ

ހުސައިން އިސްމާއިލް | 1 ދުވަސް ކުރިން - 5 ޖޫން 2025 13:00
ހޫނު ގަދަވުމުގެ ސަބަބުން އެހީ ބޭނުންވެފައިވާ މީހަކަށް މައްކާގައި އެހީތެރިކަން ފޯރުކޮށްދެނީ / ފޮޓޯ: އޭޕީ
ހޫނު ގަދަވުމުގެ ސަބަބުން އެހީ ބޭނުންވެފައިވާ މީހަކަށް މައްކާގައި އެހީތެރިކަން ފޯރުކޮށްދެނީ / ފޮޓޯ: އޭޕީ
ޚުލާސާ

ސައޫދީ މިނިސްޓްރީން ބުނީ ދޭއްޖަހާއިރު 42 ޑިގްރީއަށް ހޫނުމިން މަތިވާނެ ކަމަށް. މިވަގުތު ހޫނުމިން ހުރީ 39 ޑިގްރީގަ.

މިއަދު މައްކާގައި ހޫނުމިން ވަރަށް ބޮޑަށް އުފުލި، 42 ޑިގްރީ ސެލްސިއަސްއަށް އަރާނެ ކަމަށް ސަޢޫދީ މޫސުމާބެހޭ އިދާރާއިން ހާމަކޮށްފިއެވެ. އެހެންކަމުން ޙައްޖުވެރިންތައް ފޭލިގެތަކުގެ ތެރޭގައި ތިބުމަށް ބައެއް ޤައުމުތަކުން ދަނީ އިރުޝާދު ދެމުންނެވެ.

ހޫނު ގަދަ ވުމުގެ ސަބަބުން ޙައްޖުވެރިން ކުޑަ ނަގައިގެން / ފޮޓޯ: އޭއެފްޕީ

މައްކާގެ ޙައްޖު މިނިސްޓްރީން ދަނީ ޙައްޖުވެރިންނަށް ޚާއްސަ އިރުޝާދުތަކެއް ދެމުންނެވެ. އެގޮތުން ހިޔަލުގައި ތިބުމާއި، އަވީގައި ގިނަ ވަގުތު ހޭދަނުކުރުން ހިމެނެއެވެ. އަދި ދުވާލުގެ އެންމެ ހޫނުގަދަ ވަގުތުތަކުގައި ބޭރަށް ނުނިކުތުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ. ސައޫދީ މިނިސްޓްރީން ބުނީ ދޭއްޖަހާއިރު 42 ޑިގްރީއަށް ހޫނުމިން މަތިވާނެ ކަމަށެވެ. މިވަގުތު ހޫނުމިން ހުރީ 39 ޑިގްރީގައެވެ.

މިފަދަ ހޫނުގަދަ މޫސުމެއްގައި ޙައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސަޢޫދީ ސަރުކާރުން ވަނީ އިތުރު ފިޔަވަޅުތަކެއް އަޅާފައެވެ. މީގެ ތެރޭގައި އިތުރު އެމްބިއުލާންސްތަކާއި މެޑިކަލް ސްޓާފުން ގެނައުމާއި، ފެންފޯރުކޮށްދޭ މަރުކަޒުތައް އިތުރުކުރުން ހިމެނެއެވެ. އަދި މަސްޖިދުލް ޙަރާމްގެ ތެރޭގައި އެއަރ ކޮންޑިޝަނިންގ ސިސްޓަމް ހަރުދަނާކޮށްފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ. އެއީ މުޅި ދުނިޔޭގައި ހުރި އެންމެ ވަރުގަދަ އެއަރކޮންޑިޝަން ސިސްޓަމެވެ.

ޢާންމުކޮށް ޙައްޖު މޫސުމުގައި ހޫނު ގަދަވުމުގެ ސަބަބުންނާއި ފިތިގެން މައްކާގައި މީހުން މަރުވެއެވެ. ނަމަވެސް މިހާތަނަށް އައިއިރު، މިފަހަރު މައްކާގައި ހައްޖުގެ އަޅުކަމުގައި އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

މިދިޔަ އަހަރުގެ ހައްޖު ދުވަސްވަރު 1،300 އަށް ވުރެ ގިނަ ހައްޖުވެރިން މަރުވެފައި ވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%