ކޮނޑޭގައި އަލުން މީހުން އާބާދުވިތާ 50 އަހަރު ފުރުން ފާހަގަކުރަނީ

އަހްމަދު އީޒާން | 1 ދުވަސް ކުރިން - 5 ޖޫން 2025 17:22
ގއ. ކޮނޑޭ ކައުންސިލާއެކު ދިވެހިބަހުގެ މިނިސްޓްރީން ބޭއްވި ބައްދަލުވުން / ފޮޓޯ: ދިވެހިބަހުގެ މިނިސްޓްރީ
ގއ. ކޮނޑޭ ކައުންސިލާއެކު ދިވެހިބަހުގެ މިނިސްޓްރީން ބޭއްވި ބައްދަލުވުން / ފޮޓޯ: ދިވެހިބަހުގެ މިނިސްޓްރީ
ޚުލާސާ

އެ ރަށް އާބާދުވިތާ 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެ ރަށު ކައުންސިލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާ ބެހޭ ގޮތުން މިނިސްޓްރީއާއެކު ވަނީ މަޝްވަރާކޮށްފައި.

ގއ. ކޮނޑޭގައި އަލުން މީހުން އާބާދުވިތާ 50 އަހަރު ފުރުން ފާހަގަކުރަން ތައްޔާރީތައް ފަށައިފި އެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީން މިއަދު ބުނީ ކޮނޑޭގައި ފަހުގެ ތާރީހެއްގައި ދެވަނަ ފަހަރަށް އެ ރަށު ރައްޔިތުން ވަޒަންވެރިވެ، އެ ރަށް އާބާދުވިތާ 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެ ރަށު ކައުންސިލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް މިނިސްޓަރު އާދަމް ނަސީރު އިބްރާހީމާއެކު ބައްދަލުވުމެއް އިއްޔެ ބާއްވާފައިވާ ކަމަށެވެ.

އެ ބައްދަލުވުން ބޭއްވީ މިނިސްޓްރީގެ އިދާރާގަ އެވެ.

މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގައި ކޮނޑޭ ރައްޔިތުން މީގެ އަހަރުތަކެއް ކުރިން އެހެން ރަށަކަށް ބަދަލުވާން ޖެހުނު ގޮތާއި އޭގެ ފަހުން މީގެ 50 އަހަރު ކުރިން އެ ރަށު ރައްޔިތުން އަލުން އެނބުރި އެ ރަށަށް ދިޔަ ގޮތާއި ބެހޭ ގޮތުން ވާހަކަދެއްކި ކަމަށެވެ.

އޭގެ އިތުރުން، އެ ރަށުގައި ހުރި އެވޭލާ ބައެއް އާސާރުތަކާއި ހަނދާންތަކާއި ބެހޭ ގޮތުން މިނިސްޓަރު ވާހަކަދެއްކެވި ކަމަށާއި އެ ރަށުގައި ހުރި ދުވަސްވީ އެވޭލާ އާސާރުތައް ހިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި ދެ މުއައްސަސާ ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%