Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ހެރިޓޭޖް މިނިސްޓަރު ކަމަށް ހީނާ، ހެލްތު އެންޑް ފެމިލީ މިނިސްޓަރަކަށް ގީލާ

ހެރިޓޭޖް މިނިސްޓަރު ކަމަށް ހީނާ، ހެލްތު އެންޑް ފެމިލީ މިނިސްޓަރަކަށް ގީލާ

އައިޝަތު ރުވާ ރިފްޢަތު
50 ދުވަސް ކުރިން - 14 އޭޕްރިލް 2026 19:21
ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު (ކ) އަދި ހެލްތު އެންޑް ފެމިލީ މިނިސްޓަރު ގީލާ އަލީ (ވ)---
ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު (ކ) އަދި ހެލްތު އެންޑް ފެމިލީ މިނިސްޓަރު ގީލާ އަލީ (ވ)---
ޚުލާސާ

ހެރިޓޭޖުގެ ދަށަށް އާޓްސް ވަނީ ބަދަލުކޮށްފައި. އަދި ހެލްތު މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީ ވަނީ އެއްކޮށްލާފައި.

ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންގެ ވިންދާ އެއްގޮތަށް ހިދުމަތްތައް ބައްޓަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންނަވަން ނިންމެވި ބަދަލުތަކާއެކު، ވަޒީރުންގެ މަޖިލީހަށް މިއަދު ބޮޑެތި ބަދަލުތަކެއް ގެންނަވައިފި އެވެ.

މި ބަދަލުތަކުގެ ދަށުން، މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖްގެ މިނިސްޓަރު ކަމަށް ހީނާ ވަލީދު ވަނީ އައްޔަނުކުރައްވާފަ އެވެ. ހީނާ މި މަގާމަށް އައްޔަނުކުރެއްވީ، ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ ހައިދަރު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ހީނާ ވަލީދަކީ މިހާރުވެސް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސްޕޯކްސްޕާސަންގެ އިތުރުން އެންސްޕާގެ ސީއީއޯގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ. ވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމުން، އޭނާ ކުރިން ހުންނެވި މަގާމުތަކަށް ބަދަލު އަންނާނެ ކަމަށް ބެލެވެ އެވެ.

މީގެ އިތުރުން، ސަރުކާރުން ވަނީ ހެލްތު މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީ އެއްކޮށްލުމަށް ނިންމަވާފަ އެވެ. މި ދެ މިނިސްޓްރީ އެއްކޮށްލުމަށްފަހު އަލަށް އުފެއްދެވި "މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ" ގެ މިނިސްޓަރު ކަމަށް އައްޔަނުކުރެއްވީ ގީލާ އަލީ އެވެ. މި ބަދަލު ގެންނެވީ ކުރިން ހެލްތު މިނިސްޓަރު ކަމުގައި ހުންނެވި އަބްދުﷲ ނާޒިމް އާއި ޖެންޑާ މިނިސްޓަރު ކަމުގައި ހުންނެވި އައިޝަތު ޝީހާމް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ގީލާ އަލީ މީގެ ކުރިން ހުންނެވީ ޔޫރަޕިއަން ޔޫނިއަން އަދި ބެލްޖިއަމަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމުގަ އެވެ.

Advertisement

Advertisement 1

މި އިސްލާހީ ބަދަލުތަކާއެކު މިނިސްޓްރީތަކުގެ ނަންތަކަށްވެސް ވަނީ ބަދަލު އައިސްފަ އެވެ. އެގޮތުން "މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް" ގެ ނަން ވަނީ "މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް" އަށް ބަދަލުކޮށްފަ އެވެ. "އާޓްސް" އަކީ މީގެ ކުރިން ޔޫތު މިނިސްޓްރީގެ ދަށުން ހިންގަމުން އައި ދާއިރާއެކެވެ.

މިއަދު ވަޒީރުންގެ މަޖިލީހުގެ 10 ވަޒީރަކު ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. މި ބޭފުޅުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެ ގޮތުންނެވެ.

މި ބަދަލުތަކާއެކު، ކުރިން އޮތް 20 މިނިސްޓްރީގެ އަދަދު މިހާރު ވަނީ 15 މިނިސްޓްރީއަށް މަދުކުރެވިފައެވެ. އައު ވަޒީރުން މިހާރު ވަނީ މަގާމުގެ ހުވައި ކުރައްވައި، ރަސްމީކޮށް މަސައްކަތްޕުޅު ފައްޓަވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީސްމިނިސްޓަރު ހީނާ ވަލީދުމިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާމިނިސްޓަރު ގީލާ އަލީރައީސް ޑރ. މުހައްމަދު މުއިއްޒުމިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް

Advertisement

Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސަރުކާރުން މިއަހަރު ދެއްކި ދަރަންޏާއެކު އަންނަ އަހަރުގެ ބުރަ ކުޑަވާނެކަމަށް ފިޗުން ބުނެފި

މިއަހަރު ދެއްކި ދަރަންޏާއެކު އަންނަ އަހަރުގެ ބުރަ ކުޑަވާނެކަމަށް ފިޗުން ބުނެފި

4 ގަޑިއިރު ކުރިން - 20:42

ދަރަނި މެނޭޖުކުރަން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިކޮށްފި

ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިކޮށްފި

4 ގަޑިއިރު ކުރިން - 20:30

ސަރުކާރުގެ ފަންނީ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް 77 ޒުވާނަކު ބ. ކިހާދޫއަށް ފުރައިފި

ސަރުކާރުގެ ފަންނީ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް 77 ޒުވާނަކު ބ. ކިހާދޫއަށް

9 ގަޑިއިރު ކުރިން - 15:33

ރައީސް މުއިއްޒު އަނެއްކާވެސް ކުރިއަށް ގޯލެއް: ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި ސަޕްލިމެންޓްރީ ބަޖެޓަކާ ނުލައި ނިންމާލި ފުރަތަމަ އަހަރަށް 2025 ވެއްޖެ

ވޭތުވެދިޔަ އަހަރުތަކުގައި ސަޕްލިމެންޓްރީ ބަޖެޓަކާ ނުލައި ނިންމާލެވުނު އަހަރަކީ މިދިޔަ އަހަރު

1 ދުވަސް ކުރިން - 11:11

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

2 ދުވަސް ކުރިން - 13:39

ސައިބާ ބުލީއިން ކުދިން ރައްކާތެރިކުރުމަށް 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

2 ދުވަސް ކުރިން - 12:41