ދިވެހި ބަހުގެ އެކަޑަމީގެ ފޮތް މައުރަޒެއް އައްޑޫގައި ކުރިއަށްދަނީ

މަރްޔަމް މާޙީ | 14 ގަޑިއިރު ކުރިން - 14 ފެބްރުއަރީ 2026 12:57
ފޮތް މައުރަޒު ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: މިނިސްޓްރީ
ފޮތް މައުރަޒު ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: މިނިސްޓްރީ
ޚުލާސާ

ދިވެހިބަހުގެ އެކެޑަމީގެ ފޮތް މައުރަޒު ކުރިއަށްދާނީ މިއަދު ހަވީރު 16:30އިން 18:00 އަށް އައްޑޫ ސިޓީ މަރަދޫ ބޮޑުގޭގައި.

ދިވެހި ބަހުގެ އެކަޑަމީގެ ފޮތް މައުރަޒެއް އައްޑޫ ސިޓީ މަރަދޫގައި ފަށައިފިއެވެ.

މި ފޮތް މައުރަޒު އިއްޔެ ހުޅުވައިދެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް އެވެ.

މި މައުރަޒުގައި ވަޒީރު ވަނީ، ދިވެހި ބަހަށް ލޯބިކުރައްވާ ފަރާތްތަކުގެ ބަސްކޮށާރު މުއްސަނދިވާ ގޮތަށް، އައްޑޫ ސިޓީގެ ހިރާ ސްކޫލުން އުފައްދާފައިވާ "ބަސްފިލާ" އެއް ނެރެދެއްވައިފައެވެ. "ބަސްވާރު"ގެ ނަމުން ނަންދީފައިވާ މި ބަސްފިލާގެ އެއްފިލާ މި ރަސްމިއްޔާތުގައި ހިރާ ސްކޫލުގެ ފަރާތުން ވަޒީރަށް ވެދުމަށް އެރުވިއެވެ.

ދިވެހިބަހުގެ އެކެޑަމީ އިން ބުނީ މި ފޮތް މައުރަޒު ކުރިއަށްދާނީ މިއަދު ހަވީރު 16:30އިން 18:00 އަށް އައްޑޫ ސިޓީ މަރަދޫ ބޮޑުގޭގައެވެ.

މީގެ އިތުރުން މިއަހަރުގެ ޅެންވެރީންގެ ދުވަހުގެ ރަސްމީ ޖަލްސާ ވެސް މިރޭ 20:30 ގައި އައްޑު ސިޓީ ހިތަދޫގައި ކުރިއަށްދާނެއެވެ.

މި އަހަރުގެ ޅެންވެރީންގެ ދުވަސް ތަހަސީސްކުރައްވައިފައިވަނީ ހަސަން ލަބީބް އަށެވެ.




Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%