Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އުސްގެކޮޅު މިއުޒިއަމަކަށް ބަދަލު ކުރުމުގެ މަސައްކަތް އެފްޑީސީން ފަށައިފި

އުސްގެކޮޅު މިއުޒިއަމަކަށް ބަދަލު ކުރުމުގެ މަސައްކަތް އެފްޑީސީން ފަށައިފި

މުހައްމަދު ޖަމްޝަތު
217 ދުވަސް ކުރިން - 31 ޖެނުއަރީ 2026 23:21
ސަލްޓަން ޕާކުތެރޭގައި ހުންނަ އުސްގެކޮޅު----
ސަލްޓަން ޕާކުތެރޭގައި ހުންނަ އުސްގެކޮޅު----
ޚުލާސާ

އުސްގެކޮޅުގައި މިއުޒިއަމް ހަދާނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ތަރިކަ ތަޖުރިބާ ކުރެވޭ ގޮތަށް

މާލޭގައި ހުންނަ ތާރީހީ ބިނާއެއް ކަމަށްވާ އުސްގެކޮޅު، އިމާސިވް މިއުޒިއަމެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ފަށައިފި އެވެ.

މި މަޝްރޫއަކީ މިނިސްޓްރީ އޮފް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީން އެފްޑީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

އުސްގެކޮޅު އިމާސިވް މިއުޒިއަމެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަޝްރޫއަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހި ތަރިކަ އިޔާދަކުރުމާއި، ދިވެހި ތަރިކައިގެ ދާއިރާ ތަރައްގީކުރުމަށް ގެންގުޅުއްވާ ހާއްސަ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ދިވެހީންނަށް އޭގެ ހަގީގީ މާނައިގައި ތަރިކަ ރައްދުކޮށް ދެއްވުމެވެ.

Advertisement

Advertisement 1

މި މަޝްރޫއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ތަރިކައާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވީ، މިއީ ރާއްޖޭގެ ތަރިކައިގެ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެންނަވަން ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ މަސައްކަތުގެ ތެރެއިން ހާއްސަ މަސައްކަތެއް ކަމަށެވެ. އަދި އުސްގެކޮޅު ތަރައްގީ ކުރެވޭނީ ތަރިކައިގެ ދާއިރާއާ ގުޅުވައި ރައީސް އިއުލާންކޮށްފައިވާ ހާއްސަ ސިޔާސަތުތަކާ އެއްގޮތަށް ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މި މިއުޒިއަމް ތަރައްގީ ކުރަނީ ހުރިހާ އުމުރު ފުރާއަކަށްވެސް ބޭނުންކުރެވޭނެ ގޮތަށް، އެންމެ ޒަމާނީ ވަސީލަތްތަކާ އެކުގަ އެވެ. މިއީ ރާއްޖޭގައި މިފަދަ ގޮތަކަށް ތަރައްގީކުރެވޭ ފުރަތަމަ އިމާސިވް މިއުޒިއަމަށް ވެގެންދާނެ އެވެ.

އުސްގެކޮޅަކީ 1903 ވަނަ އަހަރު ރާއްޖޭގެ ރަސްކަން ކުރެއްވި އަލްސުލްތާނު މުހައްމަދު އިމާދުއްދީން ހަވަނަ މިސްރުން ކައިވެނި ބައްލަވައިގެންނެވި އަނބިކަނބަލުންނަށް ހެއްދެވި ތަނެކެވެ. ނަމަވެސް ގިނަ ދުވަސްނުވެ އެ ރަސްކަން ނިމުމަކަށް އައީ އެވެ. ފަހުން އެ ގެކޮޅު ބޭނުންކުރީ ރަސްކަލުންގެ އެކިއެކި ބޭނުންތަކަށެވެ. އެންމެ ފަހުން ވެސް އެތަނުގައި ހިންގީ ގައުމީ ދާރުލްއާސާރެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި ސަލްޓަން ޕާކް ޒަމާނީ ފެންވަރަށް ތަރައްގީކޮށް އުސްގެކޮޅުގައި ކެފޭއެއް ހަދަން 13 އަހަރަށް، އަމިއްލަ ކުންފުންޏަކަށް ދިނުމަށް އެއްބަސްވުމެއް ވެސް ހެދި އެވެ.

އެ ކުންފުންޏަށް އެތަން ކުއްޔަށް ދިނީ ޑިޖިޓަލް ލައިބްރަރީއަކާ އެކު ކެފޭއެއް ހިންގުމަށެވެ. އެއީ އާޓިފިޝަލް ބީޗްގައި ބްލޫބޭ ރެސްޓޯރެންޓް ހިންގި ބިން ހުސްކުރަން އަންގައި އޭގެ ބަދަލުގައި ދިން ތަނެކެވެ. ނަމަވެސް މިދިޔަ ސަރުކާރުން އައިސް އެ އެއްބަސްވުން ބާތިލް ކުރީ އެވެ.

(ކުރީގެ މިނިސްޓަރު) އާދަމް ނަސީރުފަހި ދިރިއުޅުން ކޯޕަރޭޝަންމިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފޭސް 2 ގެ އާންމު ސަރަހައްދުތަކުން ފަހި ދިރިއުޅުން ކޯޕަރޭޝަނުން 5،000 އަށްވުރެ ގިނަ ޓަނުގެ ކުނި އުކާލައިފި

އާންމު ސަރަހައްދުތަކުން އެފްޑީސީން 5،000 އަށްވުރެ ގިނަ ޓަނުގެ ކުނި އުކާލައިފި

34 ދުވަސް ކުރިން - 10:48

މިނިވަންދުވަހުގެ ހާއްސަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "މިނިވަން ރަން" އިފްތިތާހްކޮށްފި

މިނިވަންދުވަހުގެ ހާއްސަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "މިނިވަން ރަން" އިފްތިތާހްކޮށްފި

53 ދުވަސް ކުރިން - 22:41

ދިވެހިބަހާއި ގައުމިއްޔަތާ ބެހޭ ހާއްސަ މުޝީރުގެ މަގާމުން އާދަމް ނަސީރު އިސްތިއުފާ ދެއްވައިފި

ދިވެހިބަހާއި ގައުމިއްޔަތާބެހޭ ހާއްސަ މުޝީރުގެ މަގާމުން އާދަމް ނަސީރު އިސްތިއުފާ ދެއްވައިފި

88 ދުވަސް ކުރިން - 15:59

ފުލެޓެއް ކުއްޔަށް ދޫކުރި މީހަކު ޖޫރިމަނާ ކޮށްފި

ފުލެޓެއް ކުއްޔަށް ދޫކުރި މީހަކު ޖޫރިމަނާ ކޮށްފި

93 ދުވަސް ކުރިން - 15:12

ފަހި ދިރިއުޅުން ފުލެޓުތަކުގެ ރަށްވެހިކަމުގެ ލިޔުން ޕޯޓަލް މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

ފަހިދިރިއުޅުން ފުލެޓުތަކުގެ ރަށްވެހިކަމުގެ ލިޔުން ޕޯޓަލްއިން ލިބޭނެ

121 ދުވަސް ކުރިން - 20:49

ހެރިޓޭޖް މިނިސްޓަރު ކަމަށް ހީނާ، ހެލްތު އެންޑް ފެމިލީ މިނިސްޓަރަކަށް ގީލާ

ހެރިޓޭޖަށް ހީނާ، ހެލްތު އެންޑް ފެމިލީއަށް ގީލާ

144 ދުވަސް ކުރިން - 19:21