Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ވާހަކަ ދެއްކުމުގެ 28 ވަނަ ގައުމީ މުބާރާތް ފަށައިފި

ވާހަކަ ދެއްކުމުގެ 28 ވަނަ ގައުމީ މުބާރާތް ފަށައިފި

އައިޝަތު ޝިފްނާ ހުސައިން
322 ދުވަސް ކުރިން - 2 ސެޕްޓެންބަރު 2025 17:35
މީގެ ކުރިން ބޭއްވި ވާހަކަ ދެއްކުމުގެ މުބާރާތެއްގެ ތެރެއިން.---ފޮޓޯ:ޕީއެސްއެމް
މީގެ ކުރިން ބޭއްވި ވާހަކަ ދެއްކުމުގެ މުބާރާތެއްގެ ތެރެއިން.---ފޮޓޯ:ޕީއެސްއެމް
ޚުލާސާ

މީ މުބާރާތުގައި ގިނަ ސްކޫލުތަކެއްގެ ދަރިވަރުން ވާދަކުރާނެ.

ދިވެހި ބަހުގެ އެކަޑަމީއިން ވާހަކަ ދެއްކުމުގެ 28 ވަނަ ގައުމީ މުބާރާތް ފަށައިފި އެވެ.

އެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އޮގަސްޓް މަހުގެ 27 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ.

ސަލްމާން މިސްކިތުގެ އޮޑިޓޯރިއަމްގައި ކުރިއަށް ދާ، އެމުބާރާތުގައި ދަށު ސާނަވީ ގިންތީގައި 26 އިސްކޫލަކުން 105 ދަރިވަރުންނާއި، ސާނަވީ ގިންތީގައި 21އިސްކޫލަކުން 102 ދަރިވަރުންނާއި، މަތީ ސާނަވީ ގިންތީގައި 5 އިސްކޫލަކުން 25 ދަރިވަރުންނާއި، ތަފާތު ގޮތަކުން ކުޅަދާނަ 3 ދަރިވަރަކާއި އަމިއްލަ ފަރާތްތަކުގެ ބައިގައި 18 އަހަރުން ދަށުގެ 3 ބައިވެރިއަކާއި 18 އަހަރުން މަތީގެ އުމުރުފުރާއިންއަމިއްލަ ގޮތުން 1 ފަރާތެއް ބައިވެރިވެފައިވެ އެވެ.

Advertisement

Advertisement 1

ޖުމްލަ 239 ފަރާތަކުން ބައިވެރިވެފައިވާ އެ މުބާރާތުގައި މިހާރު ކުރިއަށް ދަނީ ދަށު ސާނަވީ އުމުރުފުރައިގެ ދަރިވަރުންގެ ވާހަކަ ދެއްކުމެވެ. އެ މުބާރާތުގައި މިހާތަނަށް 96 ދަރިވަރަކު ވާހަކަދައްކާފައިވާ އިރު، ދަށު ސާނަވީ ގިންތީގެ ދަރިވަރުންގެ ވާހަކަދެއްކުން މިއަދު ނިމޭނެ ކަމަށް ދިވެހި ބަހުގެ އެކަޑަމީ އިން ވަނީ ބުނެފަ އެވެ. އެ މުބާރާތުގެ އިސްކޫލުތަކުގެ ބައި ކުރިއަށް ގެންދަނީ ދެ ބުރަކަށް ބަހައިލައިގެންނެވެ. އެއީ ފައްސިޔަ ބުރާއި އަރުތަ ބުރެވެ.

ފައްސިޔަ ބުރުގައި ދަށު ސާނަވީ ގިންތީގެ ދަރިވަރުން ވާހަކަދެއްކުމަށް ގުރުއަތުން ނެގޭ މައުލޫއަށް ތައްޔާރުވުމަށް 3 މިނެޓުގެ ވަގުތު ދީ، ދަރިވަރުން ވާހަކަދެއްކުމަށް 5 މިނެޓުދެވެއެވެ. އަދި ސާނަވީ ގިންތިއާއި މަތީ ސާނަވީ ގިންތީގެ ދަރިވަރުންނަށް ވެސް ގުރުއަތުން ނެގޭ މައުލޫއަށް ތައްޔާރުވުމަށް 3 މިނެޓުގެ ވަގުތު ދީ، ވާހަކަދެއްކުމަށް 7 މިނެޓުގެ ވަގުތު ދެވޭނެ އެވެ.

މީގެ އިތުރުން ދަށު ސާނަވީއާއި މަތީ ސާނަވީ ގިންތީން ފައްސިއްޔަ ބުރުގައި ވާދަކުރާ ދަރިވަރުންގެ ތެރެއިން އެންމެ މަތީ މާކުސް ހޯދައިގެން ކޮންމެ ގިންތިއަކުން އެންމެ މޮޅު 10 ދަރިވަރުންގެ ގޮތުގައި ހޮވޭ ދަރިވަރުން ވާދަކުރާނީ އަރުތަ ބުރުގަ އެވެ. އަރުތަ ބުރުގައި ވާހަކަދައްކާ ބައިވެރިން ތަރުތީބުކުރާނީ ވަގުތުން ނަގާ ގުރުއަތަކުންނެވެ.

އަރުތަ ބުރުގައި ހުރިހައި ބައިވެރީންނަށް ވެސް ވާހަކަދައްކާން ހަވާލުކުރާނީ އެއް މައުލޫއެކެވެ. ނުވަތަ އެއް ސުވާލެކެވެ. ފައްސިޔަ ބުރާ ހިލާފަށް، މި ބުރުގައި ދަރިވަރުން ވާހަކަދައްކާނީ، ޕޯޑިއަމަކާ ނުލައި، ޕްރެޒެންޓޭޝަން ހުށަހަޅާ އުސްލޫބަށެވެ. ދަށު ސާނަވީ ދަރިވަރުންގެ އަރުތަބުރު ކުރިއަށް ދާނީ 6 ސެޕްޓެންބަރު ވާ ހޮނިހިރު ދުވަހު އެވެ.

މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިނިވަންދުވަހުގެ ހާއްސަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "މިނިވަން ރަން" އިފްތިތާހްކޮށްފި

މިނިވަންދުވަހުގެ ހާއްސަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "މިނިވަން ރަން" އިފްތިތާހްކޮށްފި

7 ދުވަސް ކުރިން - 22:41

ހެރިޓޭޖް މިނިސްޓަރު ކަމަށް ހީނާ، ހެލްތު އެންޑް ފެމިލީ މިނިސްޓަރަކަށް ގީލާ

ހެރިޓޭޖަށް ހީނާ، ހެލްތު އެންޑް ފެމިލީއަށް ގީލާ

98 ދުވަސް ކުރިން - 19:21

ދިވެހި ބަހުގެ އެކަޑަމީގެ ފޮތް މައުރަޒެއް އައްޑޫގައި ކުރިއަށްދަނީ

ދިވެހި ބަހުގެ އެކަޑަމީގެ ފޮތް މައުރަޒެއް އައްޑޫގައި

158 ދުވަސް ކުރިން - 12:57

އުސްގެކޮޅު މިއުޒިއަމަކަށް ބަދަލު ކުރުމުގެ މަސައްކަތް އެފްޑީސީން ފަށައިފި

އުސްގެކޮޅު މިއުޒިއަމަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

171 ދުވަސް ކުރިން - 23:21

ތަރިކަ ދިރާސާކުރުމުގެ ދާއިރާއިން މަތީ ތައުލީމަށް 40 ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލައިފި

ތަރިކަ ދިރާސާކުރުމުގެ ދާއިރާގެ ސްކޮލަޝިޕް ފުރުސަތުތަކެއް!

313 ދުވަސް ކުރިން - 21:49

މިނިވަން ދުވަހުގެ ފުޅަނދުބުރުގައި އުފާވެރިކަމާއި ފަހުރު

މިނިވަން ދުވަހުގެ ފުޅަނދުބުރުގައި އުފާވެރިކަމާއި ފަހުރު

359 ދުވަސް ކުރިން - 23:37