Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ތަރިކަ ދިރާސާކުރުމުގެ ދާއިރާއިން މަތީ ތައުލީމަށް 40 ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލައިފި

މުހައްމަދު ޖަމްޝަތު
404 ދުވަސް ކުރިން - 11 ސެޕްޓެންބަރު 2025 21:49
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ----
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ----
ޚުލާސާ

މިއީ އިސްލާމީ ޔުނިވަސިޓީގެ މާސްޓަސް ޑިގްރީއެއް ހާސިލުކުރެވޭ ގޮތަށް، ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުން ސްޕޮންސާކުރާ ފުރުސަތުތަތަކެއް

ދިވެހި ތަރިކައާއި ދިވެހިވަންތަކަމުގެ ދާއިރާ އިލްމީ ގޮތުން ކުރިއެރުވުމަށް ޓަކައި 40 ސްކޮލަޝިޕް ފުރުސަތު ހުޅުވާލައިފި އެވެ.

ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުން "ސިގްނޭޗަ ސްކޮލަޝިޕް" ގެ ނަމުގައި ތައާރަފުކުރި މި ސްކޮލަޝިޕުތަކަކީ، ރާއްޖޭގެ އިސްލާމީ ޔުނިވަސިޓީގެ މާސްޓަސް ޑިގްރީއެއް ހާސިލުކުރެވޭ ގޮތަށް، ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުން ސްޕޮންސާކުރާ ފުރުސަތުތަކެކެވެ. މި ސްކޮލަރޝިޕް ފުރުސަތުތަކުގައި ކިޔަވާ ދަރިވަރުންގެ ކޯސްފީ ދެއްކުމަށް ހަމަޖެހިފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަލަށް އުފެއްދެވި، ގައުމީ ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުންނެވެ. 

މި ސްކޮލަޝިޕްގައި ފުރިހަމަކުރަންޖެހޭނީ އިސްލާމީ ޔުނިވަސިޓީން ކުރިއަށްގެންދާ މާސްޓަ އިން ރިސާޗް އެންޑް ޕަބްލިކޭޝަންސް ޕްރޮގުރާމެވެ. ސްކޮލަޝިޕްގެ ދަށުން ހިންގާ ދިރާސީ މަސައްކަތްތަކުގެ މުއްދަތަކީ ދެ އަހަރު ދުވަހެވެ. މި މަސައްކަތުގެ ތެރެއިން ކޮންމެ މަހަކު ދެ ދުވަހު ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުގައި އިލްމީ ހޯދުންތަކާ ގުޅޭ މަސައްކަތްކުރަން ޖެހޭނެ އެވެ.

Advertisement

Advertisement 1

މި ފުރުސަތު ދިނުމަށް ނިންމާފައިވަނީ 40 ދަރިވަރުންނަށެވެ. ސްކޮލަޝިޕްގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 25 ވަނަ ދުވަހުގެ މެންދުރު ފަހު 14:00އާ ހަމައަށް މިހާރު ވަނީ ހުޅުވާލާފަ އެވެ. ސްކޮލަޝިޕަށް އެދި ގޫގުލް ފޯމް ލިންކެއް މެދުވެރިކޮށް ހުށައެޅޭނެ އެވެ. މި ލިންކު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ ސްކޮލަޝިޕާ ގުޅޭ އިއުލާނުގައި ހިމަނާފައިވެ އެވެ. މި ސްކޮލަޝިޕްގައި ބައިވެރިވެވޭނީ ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7، 8 ނުވަތަ 9ގެ ސަނަދެއް ހާސިލުކޮށްފައިވާ މީހުންނަށް އެކަންޏެވެ.

ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުން ބުނިގޮތުގައި މިފަދަ ފުރުސަތެއް ހުޅުވާލުމުގެ މަގުސަދަކީ ދިވެހި ތަރިކައިގެ އިލްމު އުފައްދައި، ގާބިލު ތަރިކަވެރީންތަކެއް އުފެއްދުންކަމަށެވެ.

މި ސްކޮލާޝިޕްގައި ބައިވެރިވާ މީހުންނަށް ތަރިކައިގެ ދާއިރާގެ ކޮންމެވެސް އެއް ފަންނެއް އިލްމީ ގޮތެއްގައި ފުންކޮށް ދަސްކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި މި ސްކޮލަޝިޕްގައި ބައިވެރިވާ ފަރާތްތަކަށް ތަރިކައިގެ ދާއިރާގެ އިލްމީ އަދި ދިރާސީ ފޮތްތައް ޝާއިއުކުރުމުގެ ފުރުސަތުވެސް ލިބޭނެ އެވެ.

ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރެއްވީ، "ދިވެހި ގައުމިއްޔަތު އިއާދަކުރުމުގެ ގައުމީ ނިޒާމު" ގެ ތެރެއިން ދިވެހިބަހާއި ތާރީހާއި ސަގާފަތާއި ތަރިކައާއި އާދަކާދަތަކާއި ގައުމިއްޔަތުގެ އިލްމެއް އުފަންކޮށް ދިރުވައި އާލާކުރުމަށާއި، ގައުމީ ރޫހު އާލާކޮށް އާންމުކޮށް ދިވެހިންގެ މެދުގައި ގައުމިއްޔަތުގެ އިލްމާއި ވިސްނުން އުފެއްދުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައި 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ. 

ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުގެ މަސައްކަތްތަކުގެ ތެރޭގައި ދިވެހިންގެ މެދުގައި ދިވެހިވަންތަކަމާއި ދިވެހިންގެ ހައްގުގައި ހިދުމަތްކުރުމުގެ ވިސްނުމާއި ރޫހު ދިރުވައި އާލާކުރުމަށް މަސައްކަތްކުރުމާއި ރާއްޖެއާއި ދިވެހި ގައުމިއްޔަތާ ގުޅޭގޮތުން އެކިއެކި ބަސްބަހުން ލިޔެ އުފައްދައިފައިވާ ލިޔުންތައް ދިވެހިބަހަށް ތަރުޖަމާކުރުމާއި ރާއްޖެއާއި ދިވެހިންނާ ގުޅޭގޮތުން ހުރި އެވޭލާ ބަސްމަގުގެ ތަކެތި މިހާރުގެ ބަސްމަގަށް ގެނައުން ފަދަ ކަންކަން ހިމެނެ އެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

"ތައުލީމީ ނިޒާމަށް ހެޔޮ ބަދަލު ގެނައުމަށް އެންމެންގެ ޝާމިލުވުން މުހިއްމު"

"ތައުލީމީ ނިޒާމަށް ހެޔޮ ބަދަލު ގެނައުމަށް އެންމެންގެ ޝާމިލުވުން މުހިއްމު"

19 ގަޑިއިރު ކުރިން - 16:15

ސަގާފީ ތަރިކަ ހިމާޔަތްކުރުމަށް ޒަމާނީ ޓެކްނޮލޮޖީ މުހިންމު ދައުރެއް އަދާކުރޭ: ވަޒީރު

ސަގާފީ ތަރިކަ ހިމާޔަތްކުރުމަށް ޒަމާނީ ޓެކްނޮލޮޖީ މުހިންމު ދައުރެއް އަދާކުރޭ: ވަޒީރު

2 ދުވަސް ކުރިން - 12:11

މާލެ ތޮއްޖެހި ބާރުވަނީ! ކެރީން ކެޕޭސިޓީއަށްވުރެ 30000 އުޅަނދު އިތުރު!

މާލެ ތޮއްޖެހި ބާރުވަނީ! ކެރީން ކެޕޭސިޓީއަށްވުރެ 30000 އުޅަނދު އިތުރު!

41 ދުވަސް ކުރިން - 15:57

އެމް.އެން.ޔޫ. އިން ހިލޭ ޗައިނާ ބަސް ދަސްކޮށްދެނީ

އެމް.އެން.ޔޫ. އިން ހިލޭ ޗައިނާ ބަސް ދަސްކޮށްދެނީ

83 ދުވަސް ކުރިން - 09:44

މިނިވަންދުވަހުގެ ހާއްސަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "މިނިވަން ރަން" އިފްތިތާހްކޮށްފި

މިނިވަންދުވަހުގެ ހާއްސަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "މިނިވަން ރަން" އިފްތިތާހްކޮށްފި

98 ދުވަސް ކުރިން - 22:41

އެމްއެންޔޫގައި ހިމަބިހި ކޮންޓްރޯލްކުރުމުގެ ހާއްސަ ވެކްސިން ޕްރޮގްރާމެއް ފަށައިފި

އެމްއެންޔޫގައި ހިމަބިހި ކޮންޓްރޯލްކުރުމުގެ ހާއްސަ ވެކްސިން ޕްރޮގްރާމެއް ފަށައިފި

107 ދުވަސް ކުރިން - 19:32