ރަޝީދު އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް.
465 ދުވަސް ކުރިން - 18:10
ނިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ 58 އިންސައްތަ މަސައްކަތް ނިމި، ޖިއޯ ބޭގް ރިވެޓްމަންޓްގެ 88 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީއިން ބުނި.
465 ދުވަސް ކުރިން - 18:08
ފިޝަރީޒް މިނިސްޓްރީން ބުނީ އެފްއޭއޯގެ އޮފީހެއް ރާއްޖޭގައި ގާއިމްކޮށް, މަސްވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްގީކުރުމަށް އެހީތެރިކަން ދެއްވާނެ ކަމުގެ ޔަގީންކަން އެފްއޭއޯގެ ޑިރެކްޓާ ޖެނެރަލް ދެއްވާފައިވާ ކަމަށް.
465 ދުވަސް ކުރިން - 18:06
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މެޓުން ހާމަކުރި.
465 ދުވަސް ކުރިން - 17:40
މިނިވަން ދުވަހުގެ ހަރަކާތްތަކާއެކު އެކީގައި ދިވެހިރާއްޖެއާއި ސްރީލަންކާގެ ޚާރިޖީ ގުޅުމަށް 60 އަހަރު ފުރުން ދިވެހި ހައިކޮމިޝަންގެ ފަރާތުން ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާފައިވާކަމަށް ސަފީރު ވިދާޅުވެއްޖެ.
465 ދުވަސް ކުރިން - 14:01
މާދަމާގެ މަޖިލިސް ޖަލްސާއަށް އެޖެންޑާކޮށްފައި ވަނީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރުން ކުރިއަށް ގެންދިޔުން.
465 ދުވަސް ކުރިން - 13:30
ރައުދުއަށް ކުރަނީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ. އެންމެ ބޮޑު އަދަބަކީ 1 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް.
466 ދުވަސް ކުރިން - 13:24
ދަޢުވަތުގެ މަސައްކަތެއްގައި މެލޭޝިޔާއަށް ވަޑައިގެން ހުންނަވަނިކޮށް އަވަހާރަވި ޝައިޚް ފަރީދުގެ ހަށިގަނޑު، ޕޯސްޓްމޯޓަމް ހެދުމަކާއި ނުލައި ރާއްޖެ ގެނައުމަށް ދަތިވުމާއި ގުޅިގެން މެލޭޝިޔާގައި ވަޅުލުމަށް އާއިލާއިން ނިންމައިފި.
466 ދުވަސް ކުރިން - 13:14
ޚިދުމަތް ޖަމިއްޔާއިން މަސައްކަތް ކުރަމުންދަނީ ޝައިޚްގެ ހަށިގަނޑު ރާއްޖެ ގެނެސް، އިސްލާމީ މަރުކަޒުގައި ކަށުނަމާދު ބޭއްވުމަށް.
466 ދުވަސް ކުރިން - 06:33
މި ޖަލްސާގައި ދިވެހިރާއްޖެއިން ބައިވެރިވުމަކީ، ކަނޑުތައް ރައްކާތެރިކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ރާއްޖެއިން ދެމުންދާ އަހައްމިއްޔަތުކަމުގެ ހެއްކެއް.
466 ދުވަސް ކުރިން - 04:58
މި އެއްބަސްވުމުގައި ސޮއިކުރުމުން ދިވެހިރާއްޖެއަކީ ކަނޑުގެ ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޤައުމެއްގެ ގޮތުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ފާހަގަކުރެވިގެންދާނެ.
466 ދުވަސް ކުރިން - 04:56
ރައީސް ވަނީ ޝެއިޚް ފަރީދު އިސްލާމް ދީނަށްޓަކައި ކޮށްދެއްވި އިޙްސާންތެރި މަސައްކަތްޕުޅުތަކުގެ ދަރުމައާއި ޘަވާބު، އެންމެ ހެޔޮ ގޮތުގައި މާތްﷲ ދެއްވުމަށް އެދި ދުޢާ ކުރައްވާފައި.
466 ދުވަސް ކުރިން - 04:51