އދ ގެ ކަނޑުތަކާބެހޭ ޖަލްސާގައި ރާއްޖެއިން ބައިވެރިވެއްޖެ

އަައިޝަތު ޒީނާ | 7 ދުވަސް ކުރިން - 9 ޖޫން 2025 04:58
ކަނޑުތަކާބެހޭ ޖަލްސާގައި ވަޒީރު ޠާރިޤް ބައިވެރިވެވަޑައިގަންނަވަނީ. / ފޮޓޯ: ފަތުރުވެެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާ
ކަނޑުތަކާބެހޭ ޖަލްސާގައި ވަޒީރު ޠާރިޤް ބައިވެރިވެވަޑައިގަންނަވަނީ. / ފޮޓޯ: ފަތުރުވެެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާ
ޚުލާސާ

މި ޖަލްސާގައި ދިވެހިރާއްޖެއިން ބައިވެރިވުމަކީ، ކަނޑުތައް ރައްކާތެރިކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ރާއްޖެއިން ދެމުންދާ އަހައްމިއްޔަތުކަމުގެ ހެއްކެއް.

އދ ގެ ތިންވަނަ ކަނޑުތަކާބެހޭ ޖަލްސާ (ޔޫއެންއޯސީ3) ގައި ދިވެހިރާއްޖެއިން ބައިވެރިވެ، "ސެލެބްރޭޓިންގ ހައި ސީސް އެކްޝަން" ގެ ނަމުގައި ބޭއްވި ސައިޑް ހަރަކާތެއްގައި ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވާހަކަދައްކަވައިފިއެވެ.

މި ހަރަކާތަކީ ދިވެހިރާއްޖެއިން އިސްނަގައިގެން އެހެން ޤައުމުތަކާ ގުޅިގެން އިންތިޒާމުކުރި އިވެންޓެކެވެ.

އެ ހަރަކާތުގައި ވަޒީރު ޠާރިޤް ދެއްކެވި ވާހަކަފުޅުގައި، ބީބީއެންޖޭ އެއްބަސްވުމުގައި ސޮއިކުރި ފުރަތަމަ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުނު ފަހުން، ރާއްޖެއިން ހާސިލުކޮށްފައިވާ ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

މީގެ އިތުރުން، މި އެއްބަސްވުން ތަންފީޒުކުރުމުގައި ކުދި ޖަޒީރާ ޤައުމުތަކުގެ ޚާއްޞަ ޙާލަތުތަކަށް ފުރިހަމައަށް ރިޢާޔަތްކުރުމަށް ދިވެހިރާއްޖެއިން ދެމިހުރި ކަމުގެ ޔަޤީންކަން ވަޒީރު އާ ކުރެއްވިއެވެ. މިކަމަކީ ކުދި ޖަޒީރާ ޤައުމުތަކުގެ ދެމެހެއްޓެނިވި ތަރައްޤީއަށް ވަރަށް މުހިންމު ކަމެއް ކަމުގައި ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މި ޖަލްސާގައި ދިވެހިރާއްޖެއިން ބައިވެރިވުމަކީ، ކަނޑުތައް ރައްކާތެރިކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ރާއްޖެއިން ދެމުންދާ އަހައްމިއްޔަތުކަމުގެ ހެއްކެކެވެ. އަދި މިފަދަ ބައިނަލްއަޤްވާމީ މަސްރަޙުތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރުމުގެ މުހިންމުކަން ވެސް މިއިން ފާހަގަކުރެވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%