އީދު ބަންދަށް ފަހު މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވަނީ

އަހްމަދު އީޒާން | 6 ދުވަސް ކުރިން - 10 ޖޫން 2025 13:30
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ގެންދަނީ / ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ގެންދަނީ / ފޮޓޯ: މަޖިލިސް
ޚުލާސާ

މާދަމާގެ މަޖިލިސް ޖަލްސާއަށް އެޖެންޑާކޮށްފައި ވަނީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރުން ކުރިއަށް ގެންދިޔުން.

އީދު ބަންދަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވަން ތާވަލުކޮށްފި އެވެ.

މާދަމާގެ މަޖިލިސް ޖަލްސާއަށް އެޖެންޑާ ކޮށްފައި ވަނީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރުން ކުރިއަށް ގެންދިޔުމެވެ.

ނޭޕާލަށް ރާއްޖޭއިން ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރު ހަމަޖެއްސުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ފޮނުއްވާފައިވާ މައްސަލަ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް، ނިންމި ގޮތުގެ ރިޕޯޓު ހުށަހެޅުމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަންކުރަން ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ހުށަހެޅުމަށް ވެސް ވަނީ ތާވަލުކޮށްފަ އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުގައި ހަފުތާއަކު ތިންދުވަހު މަޖިލީހުގެ ޖަލްސާތައް ބާއްވަން ޖެހެ އެވެ. އަދި އާންމުކޮށް ޖަލްސާތައް ބާއްވަނީ ކޮންމެ ހަފުތާއެއްގެ ހޯމަ އާއި އަންގާރަ އަދި ބުދަ ދުވަހެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%