ގައްދޫ ދާއިރާގެ ކުރީގެ މެންބަރު ރަޝީދު އަވަހާރަވެއްޖެ

އަހްމަދު އީޒާން | 1 ދުވަސް ކުރިން - 10 ޖޫން 2025 18:10
ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ރަޝީދު.
ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ރަޝީދު.
ޚުލާސާ

ރަޝީދު އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް.

ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ރަޝީދު މިއަދު އަވަހާރަވެއްޖެއެވެ.

ރަޝީދު އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ގައްދޫ ދާއިރާގެ މެމްބަރުކަން ރަޝީދު ކުރެއްވީ 18 ވަނަ މަޖިލިސްގައެވެ. އެއީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގެ ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވައިގެންނެވެ.

ރަޝީދު އަވަހާރަވުމުގެ ހިތާމާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގައްދޫ ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ އަދި ސިޔާސީ ގިނަ މަސައްކަތްޕުޅުތަކެއް އެމަނިކުފާނާއެކު ކުރައްވާފައިވާ ލޮބުވެތި އަހު، ރަޝީދު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ، މަރްޙޫމްގެ ޢާއިލާއަށް ތައުޒިޔާ ވިދާޅުވާ ކަމަށެވެ. 

"މަރްހޫމް އަހްމަދު ރަޝީދަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، މާތްﷲގެ ތަނަވަސް ރަހުމަތުގައި އަބަދުމެ ލަހައްޓަވާށި އެވެ. އާމީން." ރައީސް ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%