ޝައިޚް ފަރީދުގެ ހަށިގަނޑު މެލޭޝިޔާގައި ވަޅުލަން ނިންމައިފި

އާނާ ފަހީމް | 67 ދުވަސް ކުރިން - 10 ޖޫން 2025 13:14
މަރްޙޫމް އިބްރާހީމް ފަރީދު: ހަށިގަނޑު މެލޭޝިޔާގައި ވަޅުލަން އާއިލާއިން ނިންމައިފި
މަރްޙޫމް އިބްރާހީމް ފަރީދު: ހަށިގަނޑު މެލޭޝިޔާގައި ވަޅުލަން އާއިލާއިން ނިންމައިފި
ޚުލާސާ

ދަޢުވަތުގެ މަސައްކަތެއްގައި މެލޭޝިޔާއަށް ވަޑައިގެން ހުންނަވަނިކޮށް އަވަހާރަވި ޝައިޚް ފަރީދުގެ ހަށިގަނޑު، ޕޯސްޓްމޯޓަމް ހެދުމަކާއި ނުލައި ރާއްޖެ ގެނައުމަށް ދަތިވުމާއި ގުޅިގެން މެލޭޝިޔާގައި ވަޅުލުމަށް އާއިލާއިން ނިންމައިފި.

ރާއްޖޭގެ މަޝްހޫރު ޢިލްމުވެރިޔާ އަދި ޚިދުމަތްތެރިޔާ ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދުގެ ހަށިގަނޑު ރާއްޖެ ނުގެނެސް މެލޭޝިޔާގައި ވަޅުލާ ގޮތަށް އާއިލާއިން ނިންމައިފިއެވެ.

ޝައިޚް ފަރީދު އަވަހާރަވީ އިއްޔެ، ދީނީ ދަޢުވަތުގެ މަސައްކަތެއްގައި މެލޭޝިޔާއަށް ވަޑައިގެން ކުއަލަލަންޕޫރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަވަނިކޮށެވެ. އަވަހާރަވުމާއި ގުޅިގެން ހަށިގަނޑު މާލެ ގެނައުމަށް މަސައްކަތް ކުރެވުނު ނަމަވެސް، މެލޭޝިޔާގެ ޤަވާއިދު ބުނާގޮތުން އެ ޤައުމުން ބޭރު ކުރާނަމަ ޕޯސްޓްމޯޓަމް ހަދަން ޖެހެއެވެ. އާއިލާއިން ޕޯސްޓްމޯޓަމް ހެދުމަށް ބޭނުން ނުވާތީ، ޝައިޚް ފަރީދުގެ ހަށިގަނޑު މެލޭޝިޔާގައި ވަޅުލުމަށް ނިންމާފައިވަނީ މި ސަބަބާ ހުރެއެވެ.

ޝައިޚް ފަރީދަކީ ދީނީ ކަންކަމަށް ދިވެހި ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް، ޚާއްސަކޮށް އިސްލާމްދީނާއި ކީރިތި ރަސޫލާގެ ސުންނަތަށް މީހުން ހޭލުންތެރިކުރުމަށް ތަފާތު ގިނަ ދަރުސްތަކެއް ދެއްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނުގެ ދަރުސްތަކާއި ހޭލުންތެރިކުރުމުގެ ހަރަކާތްތަކަކީ އެތައް ބައެއްގެ ސަމާލުކަން ލިބި، ގިނަ ބަޔަކު އަޑުއަހައި އަމަލުކުރި ދަރުސްތަކެކެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ޝައިޚް ފަރީދު ވަނީ މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކާއި ރާއްޖެއިން ބޭރުގައިވެސް ދީނީ ކަންކަމާއި އިސްލާމީ އުންމަތުގެ ހިމާޔަތުގައި ތަފާތު މަސައްކަތްތަކެއް ކުރައްވާފައެވެ. އަވަހާރަވުމާއި ހަމަޔަށްވެސް ޝައިޚް ފަރީދު ދެމިހުންނެވީ މި މަތިވެރި މަސައްކަތުގައެވެ. އެގޮތުން ރާއްޖެއިން ބޭރުގައި 60 އަށް ވުރެ ގިނަ މިސްކިތް ވެސް ބިނާކުރެއްވުމުގައި އެކި ސިފަސިފައިގައި މަސައްކަތް ކުރައްވާފައި ވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%