ދުނިޔޭގައި ނެތަސް ޝެއިޚް ފަރީދުގެ މަސައްކަތް ދެމިގެންދާނެ: ޠައިބާ

އައިޝަތު އީމާން | 3 ގަޑިއިރު ކުރިން - 16 އޯގަސްޓް 2025 02:38
އައްޝައިޚް އިބްރާހިމް ފަރީދު (رحمه الله)
އައްޝައިޚް އިބްރާހިމް ފަރީދު (رحمه الله)
ޚުލާސާ

ޝައިޚް ފަރީދު ދުނިޔޭގައި ނެތްކަމުގައި ވިޔަސް އޭނާގެ މަސައްކަތް ދެމިގެން ދިޔުމަށް ޢާއިލީ ބޭފުޅުންގެ އެހީތެރިކަމާއެކު ޠައިބާއިން މެދުނުކެނޑި މަސައްކަތް ކުރާނެ ކަމަށް ބުނެފި.

ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް އިބްރާހިމް ފަރީދު (رحمه الله)ގެ ދަޢުވަތުގެ ބުރަ މަސައްކަތް ދެމިގެންދާނެ ގޮތަކަށް ކުރިޔަށް ގެންދިޔުމަށް ޠައިބާ ޙައްޖު ޢުމްރާ ގްރޫޕްގެ މަސައްކަތް ނުހުއްޓި ކުރިޔަށް ގެންދާނެ ކަމަށް ޠައިބާ ޓީމުން ބުނެފިއެވެ.

ޠައިބާ ގްރޫޕްގެ މިވަގުތު އެންމެހާ ކަންތައްތައް ހިންގުމާއި ޙަވާލުވެ ހުންނެވި ޝާމީ ރަޝާދު ވިދާޅުވީ ޠައިބާ ޙައްޖު ޢުމްރާ ގްރޫޕްގެ މުއައްސިސް ކުއްލި ގޮތަކަށް ނިޔާވުމާއި އެކުވެސް ފަރީދުގެ ލެގެސީ ހިފެހެއްޓުމަށް ޠައިބާ ޙައްޖު ޢުމްރާ ގްރޫޕް ހިންގުމަށް ޝައިޚްގެ ޢާއިލާއިން ވަނީ ނިންމާފައެވެ. އެގޮތުން ފަރީދު ކުރައްވަމުން ގެންދެވި ޙައްޖު ޢުމްރާގެ މަސައްކަތްތަކާއި މިސްކިތްތައް ބިނާކުރުމާއި، ދީނީ އެހެނިހެން ކަންކަން ވެސް (އިންޝާالله) ކުރިޔަށް ގެންދާނެ ކަމަށެވެ.

ފަރީދު ނިޔާވި މަހާއި ޖެހިގެން އައި ޖުލައި މަހު އެ ގްރޫޕްގެ ފަރާތުން 184 ޢުމްރާވެރިން ވަނީ ޢުމްރާގެ އަޅުކަން ފުރިހަމަ ކަމާއިއެކު އަދާކޮށް ނިންމާލާފައެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ފާހަގަ ކުރި ގޮތުގައި އެ ގުރޫޕަށް ފައިސާ ދެއްކީ ޝޭޚް ފަރީދުއާއިއެކު ޢުމްރާއަށް ދިޔުމަށެވެ. އެހެންނަމަވެސް ދަތުރު ނިންމާފައި އައިރުވެސް ޝޭޚް ފަރީދު ނެތްކަމުގެ އިޙްސާސް ނުކުރެވުނު ކަމަށް އޭގެ ތެރެއިން ގިނަ ބަޔަކު ފާހަގަ ކުރިއެވެ.

ޝާމީ ރަޝާދު ފާހަގަ ކުރެއްވި ގޮތުގައި ޠައިބާ ޙައްޖު ޢުމްރާ ގްރޫޕްގެ ފަރާތުން އަބަދުވެސް މަސައްކަތް ކުރާނީ ރާއްޖޭގެ ތަޖުރިބާކާރު ދީނީ ޢިލްމުވެރިން ދަތުރުތަކުގައި ގެންދިޔުމަށާއި ޢުމްރާވެރިންނަށް އެންމެ ޞައްޚަ ގޮތުގައި ޢުމްރާގެ އަޅުކަން އަދާ ކުރާނޭ ގޮތް ކިޔައިދިނުމަށް ކަމަށެވެ.

ޖުލައި ޢުމްރާ ދަތުރުގައި، ޢުމްރާވެރިން މީގެ ކުރިން ޒިޔާރާތްކޮށްފައި ނުވާ ޞަރަހައްދުތަކަށް ޒިޔާރަތްކުރުމުގެ ނަސީބު ލިބުނުކަން ފާހަގަކުރަމުން ޝާމީ ވިދާޅުވީ ބަދުރުގެ މައިދާނަށް ޒިޔާރަތްކޮށް އެ ޞަރަހައްދުގައި ބަދުރުގެ ހަނގުރާމަ ހިނގާދިޔަ ގޮތުގެ މަޢުލޫމާތު ޢުމްރާވެރީންނަށް ހިއްސާ ކުރެވިފައިވާކަމަށެވެ. މީގެ އިތުރުން ދުނިޔޭގެ އެންމެ ބޮޑު މުޞްހަފް ކާރުހާނާއަށް ޒިޔާރަތްކޮށް އެތަނުގައި މަސައްކަތްތައް ކުރަމުންދާ ގޮތްވެސް ވަނީ ޢުމްރާވެރީންނަށް ދައްކާލާފައި ކަމަށް ޝާމީ ވިދާޅުވިއެވެ.

ދުނިޔޭގެ އެންމެ ބޮޑު މުޞްޙަފް ކާރުޚާނާ / ފޮޓޯ: ޠައިބާ

ޠައިބާ ގްރޫޕުން ބުނީ ރާއްޖޭގައި ތިބި މޮޅު ދީނީ ޢިލްމުވެރިންގެތެރެއިން އަބަދުވެސް ކޮންމެވެސް އެއްބޭފުޅަކު އެ ގުރޫޕްގެ ޢުމްރާވެރިންނާއެކު ގެންދިޔުމަށް މަސައްކަތްކުރާ ކަމަށާއި، އެންމެފަހުން ވަޑައިގެންނެވި ޝޭޚް ނިޝާންގެ ހިތްތިރިކަމާއި ވައުޟާއި ނަސޭހަތަކީ ބަޔާންކޮށްދެން ފާހަގަ ކުރި ކަމަށެވެ.

ޠައިބާ ގުރޫޕަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ އިތުބާރު ހިފޭ އެއް ޙައްޖު ޢުމްރާ ގުރޫޕް ކަމަށް ވާއިރު، އަންނަ ސެޕްޓެންބަރު މަހު އެ ގުރޫޕާއެކު ޢުމްރާ އަށް ދިޔުމަށް ބޭނުންވާ ފަރާތްތަކުގެ ނަންނޯޓުކުރުން މިހާރު ދަނީ ކުރިޔަށެވެ. ޢުމްރާ ކުރުމަށް ނަންނޯޓް ކުރަން ބޭނުންވާ ފަރާތްތަކުން ލަސްނުކުރައްވައި ޠައިބާގެ ހޮޓްލައިން ނަމްބަރު 9192991 ގުޅައިގެން ކުރިޔަށް ގެންދެވޭނެ ކަމަށް ޠައިބާއިން ވަނީ ބުނެފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%