ޝައިޚް ފަރީދުގެ ޖަނާޒާ މިއަދު މެންދުރުނަމާދަށްފަހު މެލޭޝިއާގައައި

ހުސައިން އިސްމާއިލް | 1 ދުވަސް ކުރިން - 11 ޖޫން 2025 09:03
މަރްޙޫމް އިބްރާހީމް ފަރީދު.
މަރްޙޫމް އިބްރާހީމް ފަރީދު.
ޚުލާސާ

ޝައިޚް ފަރީދުގެ މައްޗަށް ކަށު ނަމާދު ކުރުން އޮންނާނީ ސައިބަ ޖާޔާގައި ހުންނަ ރާޖާ ހާޖީ ފީސަބީލިﷲ މިސްކިތުގަ، މެލޭޝިއާގަ.

މިމަހުގެ ނުވަވަނަ ދުވަހު އަވަހާރަވި މަޝްހޫރު ދީނީ އިލްމުވެރިޔާ، ޝައިޚް އިބްރާހިމް ފަރީދުގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށްފަހު މެލޭޝިއާގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި ޢާއިލާގެ ބޭފުޅުންނާއި ހެޔޮ އެދޭ ބައެއް ފަރާތްތަކުން ކަށުނަމާދުގައި ބައިވެރިވުމަށް މިހާރު މެލޭޝިއާއަށް ގޮސްފިއެވެ.

ޝައިޚް ފަރީދު ނިޔާވީ މިދިޔަ ހޯމަ ދުވަހުގެ ހަވީރު، މެލޭޝިއާއަށް ވަޑައިގެން ބޯޓުން ފައިބަވަމުންނެވެ. އޭނާ މެލޭޝިއާއަށް ވަޑައިގަތީ ބައްދަލުވުމަކަށެވެ.

މެލޭޝިއާ ހައިކޮމިޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި ޝައިޚް ފަރީދުގެ މައްޗަށް ކަށު ނަމާދު ކުރުން އޮންނާނީ ސައިބަ ޖާޔާގައި ހުންނަ ރާޖާ ހާޖީ ފީސަބީލިﷲ މިސްކިތުގައެވެ. އަދި ވަޅުލުމަށް ހަމަޖެހިފައިވަނީ ތަނާހް ޕްރަކުބުރަން އިސްލާމް ރައުދުލް ބަގީގައެވެ.

މައްޔިތާއަށް ޒިޔާރަތްކުރުމަށް ކަނޑައަޅާފައިވަނީ މެލޭޝިއާ ގަޑިން މިއަދު 11:00 އިން 12:30 އަށެވެ.

ޝެއިޚް ފަރީދު އަވަހާރަވުމުގެ ހިތާމައިގައި، “މާތްﷲ ޝައިޚް ފަރީދުގެ ފާފަތައް ފުއްސަވައި، ސުވަރުގޭގެ މަތިވެރި ދަރަޖަ މިންވަރު ކުރެއްވުމަށް އެދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހެޔޮ ދުޢާ ކުރައްވާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%