Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޝެއިޚް ފަރީދުގެ ހަނދާނުގައި ބަންގަލަދޭޝްގައި ބިނާކުރި މިސްކިތް މިއަދު ހުޅުވައިފި

ޝެއިޚް ފަރީދުގެ ހަނދާނުގައި ބަންގަލަދޭޝްގައި ބިނާކުރި މިސްކިތް މިއަދު ހުޅުވައިފި

ހުސައިން އިސްމާއިލް
155 ދުވަސް ކުރިން - 20 ފެބްރުއަރީ 2026 23:21
ޝެއިޚް ފަރީދުގެ ހަނދާނުގައި ބަންގަލަދޭޝްގައި ބިނާކުރި މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގެތެރެއިން / ފޮޓޯ: ޚިދުމަތް ޖަމިއްޔާ
ޝެއިޚް ފަރީދުގެ ހަނދާނުގައި ބަންގަލަދޭޝްގައި ބިނާކުރި މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގެތެރެއިން / ފޮޓޯ: ޚިދުމަތް ޖަމިއްޔާ
ޚުލާސާ

ބަންގްލަދޭޝްގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، 350 އަށްވުރެ ގިނަމީހުންގެ ޖާގައިގެ މިސްކިތް ހުޅުއްވައިދެއްވީ ޝެއިޚް ފަރީދުގެ ދެ ދަރިކަލުން.



ޝެއިޚް އިބްރާހީމް ފަރީދުގެ ހަނދާނުގައި ބަންގަލަދޭޝްގައި ބިނާކުރި މިސްކިތް/ ފޮޓޯ: ޚިދުމަތް ޖަމިއްޔާ

މަޝްހޫރު ދީނީ އިލްމުވެރިޔާ، ޝެއިޚް އިބްރާހީމް ފަރީދުގެ ހަނދާނުގައި ބަންގަލަދޭޝްގައި ބިނާކުރި މިސްކިތް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

Advertisement

Advertisement 1

ބަންގްލަދޭޝްގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، މި މިސްކިތް ހުޅުއްވައިދެއްވީ ޝެއިޚް ފަރީދުގެ ދެ ދަރިކަލުން ކަމުގައިވާ ޢަބްދުﷲ ފަރީދު އަދި ޢަބްދުއްރަޙްމާން ފަރީދެވެ.

ޝެއިޚް އިބްރާހީމް ފަރީދުގެ ހަނދާނުގައި ބަންގަލަދޭޝްގައި ބިނާކުރި މިސްކިތުގެ އެތެރޭގައި މީހުން އިށީނދެގެން / ފޮޓޯ: ޚިދުމަތް ޖަމިއްޔާ

މި ރަސްމިއްޔާތުގައި ޚިދުމަތް ޖަމްޢިއްޔާގެ ޕާޓްނަރު އެންޖީއޯ (އަލް-މަނާހިލް ފައުންޑޭޝަން)ގެ އިސްބޭފުޅުންނާއި އެ ސަރަޙައްދުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.

މިދިޔަ ޖޫން މަހު ޝެއިޚްގެ ވަކިވުމާއި ގުޅިގެން އެމަނިކުފާނުގެ ހަނދާނުގައި ދެމިގެންދާނެ ފަދަ ޞަދަޤާތެއްގެ ގޮތުން "ޚިދުމަތް ޖަމްޢިއްޔާ" އިން ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރުމަށް ފަންޑެއް ހުޅުވިއެވެ.

ޚިދުމަތް ޖަމްޢިއްޔާއިން މަޢުލޫމާތު ދެއްވި ގޮތުގައި، ބަންގްލަދޭޝްގައި މިއަދު ހުޅުވުނު މި މިސްކިތަކީ އެއްފަހަރާ 350 އަށްވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭނެ ޖާގައިގެ މިސްކިތެކެވެ. މިއީ ޝައިޚްގެ ހަނދާނުގައި ކުރެވުނު މަތިވެރި މަސައްކަތެއްގެ ފެށުމެއްގެ ގޮތުގައި އެ ޖަމްޢިއްޔާއިން ސިފަކުރެއެވެ.

މީގެ އިތުރުން، ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުންގެ އެދުމުގެ މަތިން، ޚިދުމަތް ޖަމްޢިއްޔާއިން މިހާރު ވަނީ ދިވެހިރާއްޖޭގައިވެސް ޝައިޚް އިބްރާހިމް ފަރީދުގެ ނަމުގައި މިސްކިތެއް ބިނާކުރުމަށް އިޢުލާނުކޮށްފައެވެ. އެގޮތުން ހުޅުމާލެ ފޭސް 3 ގައި ބިނާކުރުމަށް ހަމަޖެހިފައިވާ މި މިސްކިތަކީ 2500 މީހުންގެ ޖާގައިގެ ބޮޑު މިސްކިތެއް ކަމަށް އެ ޖަމްޢިއްޔާއިން ހާމަކުރެއެވެ.

ޝައިޚް ފަރީދަކީ ދީނީ ދަޢުވަތު ދިނުމަގާއާއި، ދިވެހި މުޖުތަމަޢުގެ ނުހަނު ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނުގެ ނަމުގައި ބިނާކުރެވޭ މި މިސްކިތްތަކަކީ އެމަނިކުފާނު ކުރެއްވި އިޚްލާޞްތެރި މަސައްކަތްޕުޅުތަކުގެ ޒިކުރާ އާކުރުމުގެ ގޮތުން ކުރެވުނު ބޮޑު މަސައްކަތެކެވެ.

ޝައިޚް އިބްރާހިމް ފަރީދަކީ ދިވެހިރާއްޖޭގެ ދީނީ ދަޢުވަތުގެ މައިދާނުގައި ނުހަނު އިޚްލާޞްތެރި މަސައްކަތްތަކެއް ކުރެއްވި، ރައްޔިތުންގެ ލޯތްބާއި އިޙްތިރާމް ހޯއްދަވާފައިވާ ބޭފުޅެކެވެ.

އެމަނިކުފާނުގެ ނަމުގައި ބިނާކުރެވޭ މި މިސްކިތްތަކަކީ އެމަނިކުފާނު ދިވެހި އުންމަތަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ ޒިކުރާ ދެމެހެއްޓުމަށް ގޮތުން ކުރެވުނު މުހިންމު މަސައްކަތެކެވެ. ބަންގްލަދޭޝްގައި ބިނާކުރި މިސްކިތުގެ މަސައްކަތް ނިމި ބޭނުންކުރަން ފެށުމަކީ ޝައިޚްގެ ޢާއިލާއަށާއި އެމަނިކުފާނަށް ލޯބިކުރާ ހުރިހާ ދިވެހިންނަށް ލިބުނު ބޮޑު އުފަލެކެވެ.

އައްޝައިޚް މުޙައްމަދު ފަރީދު އަޙްމަދުބަންގްލަދޭޝް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

"އަހަރެން ހައްޔަރުވެސް ކޮށްފާނެ ނުވަތަ މަރާވެސް ލަފާނެ، ނަމަވެސް އެނބުރި ގައުމަށް ދާން ނިންމައިފިން": ޝެއިހް ހަސީނާ

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ހަސީނާ ކޯޓަށް ހާޒިރުވާން ނިންމަވައިފި

15 ދުވަސް ކުރިން - 16:10

ބަންގްލަދޭޝްގެ ހިތްތައް އާޖެންޓީނާގެ ނުލާއި ހުދު ކުލައިން ފަތަހަކުރި ސަބަބު

ބަންގްލަދޭޝްގެ ހިތްތައް އާޖެންޓީނާގެ ނުލާއި ހުދު ކުލައިން ފަތަހަކުރި ސަބަބު

24 ދުވަސް ކުރިން - 13:33

އަވަށްޓެރި އިންޑިއާ އާއި ބަންގްލަދޭޝް އީދު ފާހަގަކުރާނީ މާދަމާ

އަވަށްޓެރި އިންޑިއާއާއި ބަންގްލަދޭޝް އީދު ފާހަގަކުރާނީ މާދަމާ

60 ދުވަސް ކުރިން - 13:09

ދިގުރަށު އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސް, ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ތައުޒިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ, ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ތައުޒިޔާ ފޮނުއްވައިފި

130 ދުވަސް ކުރިން - 15:10

ދިގުރަށު އަލިފާނުގެ ހާދިސާގައި މަރުވި ދެ ބިދޭސީއެއްގެ ހަށިގަނޑު ބަނގުލަދޭޝަށް ގެންދަނީ

އަލިފާނުގައި މަރުވި 2ބިދޭސީއެއްގެ ހަށިގަނޑު ގައުމަށް ފޮނުވާލަނީ

132 ދުވަސް ކުރިން - 15:42

މޯލްޑިވިއަނުން ބަންގުލަދޭޝް ދަތުރުތައް އަލުން ފަށައިފި

މޯލްޑިވިއަނުން ބަންގުލަދޭޝް ދަތުރުތައް ފަށައިފި

135 ދުވަސް ކުރިން - 16:58