ފަރީދުގެ ނަމުގައި ބަންގްލަދޭޝަގައި މިސްކިތް ބިނާކުރުމަށް ފުރައިފި

ހުސައިން އިސްމާއިލް | 6 ގަޑިއިރު ކުރިން - 25 ޖޫން 2025 12:44
ޝައިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ޢިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިދިނުމަށް އޭނާގެ ދެދަރީން ތައްޔާރުވަނީ. / ފޮޓޯ: ޚިދުމަތް ޖަމްޢިއްޔާ
ޝައިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ޢިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިދިނުމަށް އޭނާގެ ދެދަރީން ތައްޔާރުވަނީ. / ފޮޓޯ: ޚިދުމަތް ޖަމްޢިއްޔާ
ޚުލާސާ

ޚިދުމަތް ޖަމްޢިއްޔާއިން ބުނީ އެ މިސްކިތުގެ ބިންގާ އަޅައިދިނުމުގައި އިސްކޮށް އުޅޭނީ ފަރީދުގެ ދަރީން. ފަރީދުގެ ނަމުގައި ރާއްޖޭގައި ވެސް މިސްކިތެއް ބިނާކުރޭ.

އައްޝައިޚް އިބްރާހިމް ފަރީދު އަޙްމަދު (رحمه الله) (ޝައިޚް ފަރީދު) ގެ ނަމުގައި ބަންގްލަދޭޝްގައި އިމާރާތް ކުރެވޭ މިސްކިތުގެ ބިންގާ އެޅުމަށް އެ މިސްކިތް ބިނާކުރުމަށް އިސްނެގި ޚިދުމަތް ޖަމްޢިޔާގެ ޓީމް ބަންގްލަދޭޝަށް ފުރައިފިއެވެ.

ޚިދުމަތް ޖަމްޢިއްޔާއިން ބުނީ އެ މިސްކިތުގެ ބިންގާ އަޅައިދިނުމުގައި އިސްކޮށް އުޅޭނީ ފަރީދުގެ ދަރީންނެވެ.

ޝައިޚް ފަރީދު އަވަހާރަވީ ޙަލާލް ޓޫރިޒަމް ރާއްޖޭގައި ޕްރޮމޯޓް ކުރުމަށްޓަކައި މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅެއްގައި މިމަހުގެ 9 ވަނަ ދުވަހު ފުލައިޓުން ކުއަލަލަމްޕޫރު އެއާޕޯޓަށް ފޭބިތަނާ ކުއްލިޔަކަށް ހިތްހުއްޓިގެންނެވެ.

ޚިދުމަތް ޖަމްޢިއްޔާއިން ބުނީ ބަންގްލަދޭޝްގައި ފަރީދުގެ ނަމުގައި މިސްކިތެއް ބިނާކުރުމަށް ހުޅުވައިލި ފުރުޞަތުގައި މި މިސްކިތަށް އެހީތެރިވެދެއްވި ދިވެހި ލޮބުވެތި އެންމެހާ ރައްޔިތުންނަށް ޝުކުރު ދަންނަވާ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%