މަރްޙޫމް ޝައިޚް ފަރީދުގެ ހަށިގަނޑު ރާއްޖެ ގެންނަނީ

ހުސައިން އިސްމާއިލް | 67 ދުވަސް ކުރިން - 10 ޖޫން 2025 06:33
މަރްޙޫމް އިބްރާހީމް ފަރީދު: ޢާއިލާއިން ބޭނުންވަނީ ފަރީދުގެ ހަށިގަނޑު މާލޭގައި ވަޅުލުމަށް.
މަރްޙޫމް އިބްރާހީމް ފަރީދު: ޢާއިލާއިން ބޭނުންވަނީ ފަރީދުގެ ހަށިގަނޑު މާލޭގައި ވަޅުލުމަށް.
ޚުލާސާ

ޚިދުމަތް ޖަމިއްޔާއިން މަސައްކަތް ކުރަމުންދަނީ ޝައިޚްގެ ހަށިގަނޑު ރާއްޖެ ގެނެސް، އިސްލާމީ މަރުކަޒުގައި ކަށުނަމާދު ބޭއްވުމަށް.

އިއްޔެ މެލޭޝިޔާގެ ވައިގެ ބަނދަރުގައި ކުއްލި ގޮތަކަށް އަވަހާރަވި ދިވެހިރާއްޖޭގެ ދީނީ އިލްމުވެރިޔާ ޝައިޚް އިބްރާހީމް ފަރީދުގެ ހަށިކޮޅު ރާއްޖެ ގެނައުމަށް ޚިދުމަތް ޖަމިއްޔާއިން މަސައްކަތް ފަށައިފިއެވެ.

ތަޢިބާ ހައްޖު އުމްރާގެ އެންމެ އިސް ޝައިޚް އަދި ޚިދުމަތް ޖަމިއްޔާގެ މުއައްސިސް ކަމުގައިވާ ޝައިޚް އިބްރާހީމް ފަރީދު އަވަހާރަވެފައިވަނީ ޖަމިއްޔާގެ ރަސްމީ ދަތުރެއްގައި މެލޭޝިޔާގެ އެއަރޕޯޓުގައި ހުންނަވަނިކޮށެވެ. ވެއްޓިވަޑައިގަތުމާއި ގުޅިގެން އަވަސް ފަރުވާ ވެސް ދިނެވެ. ނަމަވެސް ފުރާނަ ސަލާމަތްވާގޮތެއް ނުވިއެވެ.

ޚިދުމަތް ޖަމިއްޔާގެ އިސް މަސްއޫލުވެރިއެއް މަޢުލޫމާތު ދެއްވި ގޮތުގައި، ޝައިޚްގެ ހަށިކޮޅު ވީ އެންމެ އަވަހަކަށް ރާއްޖެ ގެނައުމަށް މަސައްކަތްތައް ފެށިފައިވެއެވެ. އަދި ޝައިޚްގެ ޖަނާޒާ މާލޭގެ އިސްލާމީ މަރުކަޒުގައި އަދާކުރެވޭނެ ކަމަށް އުންމީދުކުރެވޭ ކަމަށް އެ ފަރާތުން ވިދާޅުވިއެވެ.

ޝައިޚް އިބްރާހީމް ފަރީދަކީ ދިވެހިރާއްޖޭގައި އިސްލާމްދީނުގެ ޢިލްމު ފެތުރުމާއި ހައްޖާއި ޢުމްރާގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޝައިޚް ފަރީދު އަވަހާރަވުމާއި ގުޅިގެން ތަޢުޒިޔާ ފޮނުއްވާފައެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި ޝައިޚް ފަރީދަކީ ދީނީ ދާއިރާގައި މަގުދެއްކެވުމުގައި ހީވާގިކަމާއި ހިތްވަރުގަދަ ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އަދި އެ މަނިކުފާނުގެ ދީނީ ޚިދުމަތްތަކުގެ ހަނދާން ދެމިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

4 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%