އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ސަތްޔާ ނިކޭތަން ސަރަހައްދުގައި ފަސް ބުރީގެ އިމާރާތެއް އިއްޔެ ވެއްޓި މިހާތަނަށް ހަތް މީހަކު މަރުވެ، ހަ މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިއްޖެއެވެ.
މި އިމާރާތަކީ ޔުނިވަރސިޓީ ކުދިން ބޭނުންކުރަމުންދިޔަ ހޮސްޓެލްއެކެވެ. އިމާރާތް ވެއްޓެން ދިމާވީ އޭގެ ބޭސްމަންޓުގައި މަރާމާތުގެ މަސައްކަތްތަކެއް ކުރަމުންދަނިކޮށް، ފެންބޮޑުވުމުގެ ސަބަބުން އިމާރާތުގެ ބިންގާ ބަލިކަށިވެގެން ކަމަށް ރިޕޯޓުތައް ބުނެއެވެ. އިމާރާތް ވެއްޓުނު ވަގުތު އޭގެ އެތެރޭގައި ގިނަ ބަޔަކު ތިއްބެވެ.
އިމާރާތުގެ ދަށުން މިހާތަނަށް 12 މީހަކު ދިރިތިއްބާ ސަލާމަތްކުރެވިފައިވާ ކަމަށާއި، އަނިޔާވި މީހުންނަށް މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ދިއްލީގެ އޮފިޝަލުން ހާމަކުރެއެވެ.








