Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިންޑިއާގެ ބަޑިބޭސް ކާރުޚާނާއެއް ގޮވައި، ކައިރީގައި ހުރި ގެތަކުގެ މީހުން ވެސް މަރުވެއްޖެ

އިންޑިއާގެ ބަޑިބޭސް ކާރުޚާނާއެއް ގޮވައި، ކައިރީގައި ހުރި ގެތަކުގެ މީހުން ވެސް މަރުވެއްޖެ

ހުސައިން އިސްމާއިލް
13 ގަޑިއިރު ކުރިން - 2 ސެޕްޓެންބަރު 2026 15:05
އިންޑިއާގެ ބަޑިބޭސް ފެކްޓަރީއެއް ގޮވައި ބޮޑެތި ގެއްލުންތަކެއް ލިބިފަ / ފޮޓޯ: ނިއު އިންޑިއާ އެކްސްޕްރެސް.
އިންޑިއާގެ ބަޑިބޭސް ފެކްޓަރީއެއް ގޮވައި ބޮޑެތި ގެއްލުންތަކެއް ލިބިފަ / ފޮޓޯ: ނިއު އިންޑިއާ އެކްސްޕްރެސް.
ޚުލާސާ

މި ހާދިސާގައި 11 ކުޑަކުދިން މަރުވެފައިވާއިރު، އެ ކުދިން މަރުވީ ގޮވުމުގެ ސަބަބުން ވެއްޓުނު ގޭގޭގެ ފާރުތަކާއި ފުރާޅުތަކުގެ ދަށުވެގެން. މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވޭ.

އިންޑިއާގެ އުއްތަރު ޕްރަދޭޝް ސްޓޭޓްގެ ކޯޝާމްބީ ޑިސްޓްރިކްޓްގައި ޤަޥާޢިދާއި ޚިލާފަށް ސިއްރު ހިންގި ބަޑިބޭސް ކާރުޚާނާއެއްގައި ވަރުގަދަ ގޮވުމެއް ގޮވައި، 13 މީހުން މަރުވެއްޖެއެވެ. މީގެ ދެދުވަސް ކުރިން ހިނގި މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ގިނައީ ކާރުޚާނާ ކައިރީގައި ހުރި ގޭގޭގައި ދިރިއުޅެމުންދިޔަ ކުޑަކުދިންނެވެ.

ހޯމަދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ހިނގި މި ގޮވުމުގެ ބާރުގަދަކަމުން، ކާރުޚާނާ ހިންގަމުންދިޔަ ސަރަހައްދުގެ ވަށައިގެން ހުރި ގިނަ ގެތަކެއް ވަނީ އެއްކޮށް ސުންނާފަތިވެފައެވެ.

ފުލުހުންނާއި މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި، މި ހާދިސާގައި 11 ކުޑަކުދިން މަރުވެފައިވާއިރު، އެ ކުދިން މަރުވީ ގޮވުމުގެ ސަބަބުން ވެއްޓުނު ގޭގޭގެ ފާރުތަކާއި ފުރާޅުތަކުގެ ދަށުވެގެންނެވެ. މީގެ އިތުރުން 15 އަށްވުރެ ގިނަ މީހުން އެކިވަރުގެ ޒަހަމްތަކާއެކު ހޮސްޕިޓަލުގައި ދަނީ ފަރުވާ ހޯދަމުންނެވެ. އޭގެ ތެރެއިން ބައެއް މީހުންގެ ހަށިގަނޑު ވަރަށް ބޮޑަށް ފިހިފައިވާތީ، މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް ސިއްހީ އިދާރާތަކުން ބުނެއެވެ.

Advertisement

Advertisement 1

މި ހާދިސާއާ ގުޅިގެން އުއްތަރު ޕްރަދޭޝްގެ ސަރުކާރުން ވަނީ މަރުވި ކޮންމެ މީހެއްގެ އާއިލާއަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައެވެ. އަދި މި ކާރުޚާނާ ހިންގި އާއިލާގެ މީހުންނާ ދެކޮޅަށް ޖިނާއީ މައްސަލައެއް ރަޖިސްޓްރީކޮށް، ފުލުހުން ވަނީ އެ ފެކްޓަރީގެ ވެރިޔާގެ އަމިއްލަ ތިންބުރީގެ ބޮޑު އިމާރާތް ބުލްޑޯޒަރުން ތަޅާލާފައެވެ.

އަލިފާންމަރުއިންޑިއާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ނިޔާވި ދެ ކުދިންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ނިޔާވި ދެ ކުދިންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

1 ދުވަސް ކުރިން - 16:10

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
ސްޓެލްކޯގެ ޓަވަރެއްގެ 12 ވަނަ ފަންގިފިލާއިން ވެއްޓުނު ތުއްތު ކުއްޖާ ނިޔާވެއްޖެ

ސްޓެލްކޯ ޓަވަރަކުން ވެއްޓުނު ތުއްތު ކުއްޖާ ނިޔާވެއްޖެ

1 ދުވަސް ކުރިން - 13:32

267 މީހުންނާއެކު ދަތުރުކުރި ސައިޕްރަސްގެ ފެރީއެއް ބަންޑުން ޖަހާލައި ގިނަބަޔަކު މަރުވެއްޖެ

267 މީހުންނާއެކު ދަތުރުކުރި ސައިޕްރަސްގެ ފެރީއެއް ބަންޑުން ޖަހާލައި ގިނަބަޔަކު މަރުވެއްޖެ

2 ދުވަސް ކުރިން - 09:01

މަޝްހޫރު ލަވަކިޔުންތެރިޔާ ޑޮލީ ޕާޓަން، ކެންސަރު ބައްޔާ ހަނގުރާމަކުރުމަށްފަހު އުމުރުން 80 އަހަރުގައި މަރުވެއްޖެ

ކެންސަރު ބައްޔާ ހަނގުރާމަކުރުމަށްފަހު ޑޮލީ ޕާޓަން އުމުރުން 80 އަހަރުގައި މަރުވެއްޖެ

7 ދުވަސް ކުރިން - 13:26

ރޭ ފަތިހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 26 މީހަކަށް އެންޑީއެމްއޭ އިން އެހީތެރިކަން ފޯރުކޮށްދެނީ

އަލިފާނުގެ ހާދިސާއާ ގުޅިގެން 26 މީހަކަށް އެންޑީއެމްއޭއިން އެހީތެރިކަން ފޯރުކޮށްދެނީ

9 ދުވަސް ކުރިން - 09:27

ރިޕޯޓް: ތިލަމާލެ ބްރިޖު – ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

ތިލަމާލެ ބްރިޖު – ރައީސް މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

11 ދުވަސް ކުރިން - 18:55