ނިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިމެނީ

އާނާ ފަހީމް | 1 ދުވަސް ކުރިން - 10 ޖޫން 2025 18:08
ފ. ނިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު. / ފޮޓޯ: އެމްޓީސީސީ
ފ. ނިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު. / ފޮޓޯ: އެމްޓީސީސީ
ޚުލާސާ

ނިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ 58 އިންސައްތަ މަސައްކަތް ނިމި، ޖިއޯ ބޭގް ރިވެޓްމަންޓްގެ 88 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީއިން ބުނި.

ފ. ނިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ 58 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން މިއަދު ހާމަކޮށްފިއެވެ.

އެމްޓީސީސީން ހާމަކުރި މައުލޫމާތުގައިވާ ގޮތުން، މި މަޝްރޫޢުގެ ދަށުން ކުރެވޭ ޖިއޯ ބޭގް ރިވެޓްމަންޓްގެ 88 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަދި ބިން ހިއްކާފައިވާ ސަރަހައްދުން 503 މީޓަރު ސަރަހައްދެއްގައި ޖިއޯ ބޭގް ޖެހުމަށް ހަމަޖެހިފައިވާ ކަމަށާއި 247 މީޓަރު ސަރަހައްދެއްގައި ބޮޑު ހިލަ ޖެހުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ އަގަކީ 61.75 މިލިއަން ރުފިޔާއެވެ.

މި މަޝްރޫޢަކީ ރާއްޖޭގެ އެކި ރަށްރަށުގެ ބަނދަރު އަދި ބިން ހިއްކުމާއި ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%