މުވައްޒަފުން ޑިއުޓިއަށް ނުކުންނައިރު ފޯނު ނުގެންގުޅެވޭނެ ކަމަށާއި ލޮކަރުގައި ފޯނު ބާއްވަން ޖެހޭ ކަމަށް ބުނެ ފަތުރަނީ ދޮގެއް. އެމްއޭސީއެލްއަކުން އެފަދަ ފިޔަވަޅެއް ނާޅާ. މަޝްވަރާވެސް ނުކުރޭ.
440 ދުވަސް ކުރިން - 14:46
ކޯޓުގެ ޙުރުމަތް ކެނޑިކަމަށްބުނެ ބަންގްލަދޭޝްގެ ކުރީގެ ރައީސް ޝައިޚް ޙަސީނާގެ ޣައިރު ހާޒިރުގައި ހަ މަހަށް ޖަލަށް ލުމަށް ޙުކުމްކޮށްފި. އޭނާއާއި ދެކޮޅަށް 227 މައްސަލަ އެބައޮތް.
440 ދުވަސް ކުރިން - 14:12
އިމިގްރޭޝަނުން ބުނީ އެ އޮޕަރޭޝަނުގައި ޖުމްލަ 37 ބިދޭސީއަކު ޗެކްކޮށް، ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، އެތަނުގައި މަސައްކަތްކުރާ 15 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް.
440 ދުވަސް ކުރިން - 14:10
ސްޕެއިންގައި ހިނގި ކާރު އެކްސިޑެންޓެއްގައި ރޭ ދަންވަރު ލިވަޕޫލް އަދި ޕޯޗުގަލްގެ ފޯވާޑް ޑިއޯގޯ ޔޮޓާ އާއި އޭނާގެ ކޮއްކޮ އަންދްރޭ ސިލްވާ މަރުވެއްޖެ.
440 ދުވަސް ކުރިން - 13:54
މާލޭގެ ގެއެއްގައި ރަހީނުކޮށްފައިވާ ބިދޭސީ މީހާ ފުލުހުން ސަލާމަތްކޮށްފި. އެ މީހާ އައިޖީއެމްއެޗަށް ގެންގޮސް ސިއްހީ ހާލަތު ފުލުހުން ދަނީ ބަލަމުން.
440 ދުވަސް ކުރިން - 13:20
އެޗްޕީވީ ވެކްސިނަކީ 2019 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ގައުމީ ވެކްސިން ތާވަލުގައި ހިމަނައިގެން 10 އަހަރުގެ އަންހެން ކުދިންނަށް ދޭ ވެކްސިނެއް.
440 ދުވަސް ކުރިން - 13:15
އެމެރިކާއާއި އިޒްރޭލުން ފަލަސްތީނުގައި އެހީ ބެހުމުގެނަމުގައި ފޮނުވާފައިވާ ޕޮޕިޔުލާ ފޯސަސްއިން އދ.ގެ އެހީގެ ސާމާނުތައް ލޫޓުވައި ފަލަސްތީނު ރައްޔިތުން ޝަހީދުކުރާތީ އެ ގްރޫޕްގެ ވެރިޔާ އަމާންދިނުމަށް މުހުލަތުދީފި.
440 ދުވަސް ކުރިން - 12:52
ސިންގަޕޫރުގެ ރައީސްގެ ދަޢުވަތަކަށް އެޤައުމަށް ކުރެއްވި ފަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި. މި ދަތުރުފުޅުގައި މުހިންމު އެއްބަސްވުންތަކެއް ދެޤައުމުގެ މެދުގައިވަނީ ޤާއިމުކޮށްފައި.
440 ދުވަސް ކުރިން - 10:33
ޕެނަމާ ދިދަ ޖެހި ބޯޓެއްގައި އޮސްޓްރޭލިއާ އަށް ގެންދަން އުޅުނު 2.5 ޓަނުގެ ކޮކެއިން އަތުލައިގެންފި.
441 ދުވަސް ކުރިން - 16:53
ޑޮލަރު ލިމިޓަށް ގެނައި ބަދަލުގެ އަސަރު ބޭރުގައި ދިރިއުޅޭ އަދި ކިޔަވާ ކުދިންނަށް ނުކުރާނެ.
441 ދުވަސް ކުރިން - 16:13
ޔޫއާރްއޭގެ ސިންގަޕޫރު ސިޓީ ގެލެރީއަށް ޒިޔާރަތްކުރައްވައި، ސިންގަޕޫރުގެ އާބަން ޕްލޭނިންގެ އެކިއެކި މަރުހަލާތައް ރައީސް ބައްލަވާލެއްވި.
441 ދުވަސް ކުރިން - 15:43
ނައިބު ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގެ ކަނޑުތަކަކީ ކާބޯތަކެތީގެ ރައްކާތެރިކަމާއި އާމްދަނީ ހޯދުމުގެ މައިގަނޑު މަސްދަރު ކަމަށް ވިދާޅުވި.
441 ދުވަސް ކުރިން - 15:41