ޑިއޯގޯ ޔޮޓާ މަރުވެއްޖެ

ހުސައިން އިސްމާއިލް | 90 ދުވަސް ކުރިން - 3 ޖުލައި 2025 13:54
ކުއްލި ޚަބަރު: ޕޯޗުގަލް އާއި ލިވަޕޫލްގެ ފޯވާޑް ޑިއޯގޯ ޖޮޓާ މަރުވެއްޖެ.
ކުއްލި ޚަބަރު: ޕޯޗުގަލް އާއި ލިވަޕޫލްގެ ފޯވާޑް ޑިއޯގޯ ޖޮޓާ މަރުވެއްޖެ.
ޚުލާސާ

ސްޕެއިންގައި ހިނގި ކާރު އެކްސިޑެންޓެއްގައި ރޭ ދަންވަރު ލިވަޕޫލް އަދި ޕޯޗުގަލްގެ ފޯވާޑް ޑިއޯގޯ ޔޮޓާ އާއި އޭނާގެ ކޮއްކޮ އަންދްރޭ ސިލްވާ މަރުވެއްޖެ.

ލިވަޕޫލް އާއި ޕޯޗުގަލްގެ ފޯވާޑް، އުމުރުން 28 އަހަރަުގެ ޑިއޯގޯ ޖޮޓާ، ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެއެވެ.

ސްޕެއިންގައި މިހާދިސާ ހިނގިއިރު ކާރުގައި އޭނާގެ ކޮއްކޮ އުމުރުން 25 އަހަރުގެ އަންދްރޭ ވެސް ހުއްޓެވެ. ހައިވޭގައި މި އެކްސިޑެންޓް ހިނގުމާއެކު ކާރުގައި އަލިފާން ރޯވި ކަމަށް ޚަބަރުތައް ބުނެއެވެ.

ސްޕެއިންގެ ހަބަރުތައް ބުނާ ގޮތުގައި ޖޮޓާ ދުއްވި ލަމްބޯގީނީ އެކްސިޑެންޓްވީ ކޮންޓްރޯލުން ނެއްޓިގެން ކަމަށާއި މިހާދިސާގައި ދެބެން ވެސް ވަނީ މަރުވެފައެވެ.



އޭނާ މަރުވިއިރު ހުސްވި ޖޫން 22 ވަނަ ދުވަހު ވަނީ ޒަވާޖީ ހަޔާތެއް ވެސް ފަށަފައެވެ. މަރުވިއިރު ކައިވެންޏަށް ވީ އެންމެ 11 ދުވަހެވެ.

ލިވަޕޫލަށް ޖޮޓާ ވަނީ 123 މެޗު ކުޅެ 47 ގޯލް ޖަހަފައެވެ. މިފަހަރުގެ ޕްރިމިއާ ލީގު ކާމިޔާބުކޮށް، ޕޯޗުގަލް އަށް 49 މެޗު އޭނާ ވަނީ ކާމިޔާބުކޮށްދީފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%