އެމްއޭސީއެލް މުވައްޒަފުންގެ ފޯނުތަކާ ބެހޭގޮތުން ދޮގު ޚަބަރު ފަތުރަނީ

ހުސައިން އިސްމާއިލް | 8 ގަޑިއިރު ކުރިން - 3 ޖުލައި 2025 14:46
ޑިއުޓި ގަޑީގައި އެއާޕޯޓް މުވައްޒަފުންގެ ފޯނު މަނާކަމަށް ބުނެ ފަތުރަނީ ދޮގެއ / ފޮޓޯ: އެމް.އޭ.ސީ.އެލް.
ޑިއުޓި ގަޑީގައި އެއާޕޯޓް މުވައްޒަފުންގެ ފޯނު މަނާކަމަށް ބުނެ ފަތުރަނީ ދޮގެއ / ފޮޓޯ: އެމް.އޭ.ސީ.އެލް.
ޚުލާސާ

މުވައްޒަފުން ޑިއުޓިއަށް ނުކުންނައިރު ފޯނު ނުގެންގުޅެވޭނެ ކަމަށާއި ލޮކަރުގައި ފޯނު ބާއްވަން ޖެހޭ ކަމަށް ބުނެ ފަތުރަނީ ދޮގެއް. އެމްއޭސީއެލްއަކުން އެފަދަ ފިޔަވަޅެއް ނާޅާ. މަޝްވަރާވެސް ނުކުރޭ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ގެ ޑިއުޓީ ފްރީ މުވައްޒަފުން ޑިއުޓީ ގަޑީގައި މޯބައިލް ފޯނު ބޭނުންކުރުން މަނާކޮށްފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ ކަނޑައެޅިގެން ޙަޤީޤަތާއި ޚިލާފު ދޮގު ވާހަކަތަކެކެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އިތުބާރު ހުރި އެތެރޭގެ މަސްދަރުތަކުން ޚުލާޞާ އަށް މިއަދު ހެނދުނު ކަށަވަރުކޮށްދެއްވި ގޮތުގައި އެފަދަ އެއްވެސް ސިޔާސަތެއް މެނޭޖްމަންޓް ފެންވަރުގައި މުއާމަލާތްކޮށް، ފާސްކޮށް، ނުވަތަ މަޝްވަރާކޮށްފައެއް ނުވެއެވެ. "އެފަދަ އެއްވެސް ހުރަހެއް ތަންފީޒު ކުރަމުންދާކަން އަޅުގަނޑުމެންނަކަށް ނޭނގެ. މިކަމާއި ގުޅޭ އެއްވެސް އެތެރޭގެ މެމޯއެއް، ސާކިއުލާއެއް، ނޯޓިސްއެއް ވެސް ނެރެފައެއް ނުވޭ، އަދި ނެރޭކަށް މަސައްކަތެއް ވެސް ނުކުރޭ’. އޮފިޝަލް ސާފުކޮށްދެއްވި އެވެ.

ދޮގު ޚަބަރު ފެތުރި ފަރާތުން ރިޕޯޓްކުރި ގޮތުގައި ޑިއުޓީ ފްރީ އައުޓްލެޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަންގާފައި ވަނީ ޑިއުޓީ ގަޑީގައި އެ މީހުންގެ ފޯނު ލޮކަރުތަކުގައި ރައްކާކޮށް، ހަމައެކަނި ބްރޭކް ވަގުތުތަކުގައި ފޯނު ބޭނުން ކުރުމަށް އަންގާފައިވާ ކަމަށެވެ.

އެމްއޭސީއެލްގެ އޮފިޝަލު ވިދާޅުވީ އެ ކުންފުނިން އެފަދަ ފިޔަވަޅެއް ނާޅާ ކަމަށާއި އަދި މަޝްވަރާ ވެސް ކޮށްފައި ނުވާ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%