ގަވާއިދާ ހިލާފަށް އުޅޭ 15 ބިދޭސީއަކު ހުޅުމާލެ ރަށު މާރުކޭޓުން ހިފަހައްޓައިފި

އަހްމަދު އީޒާން | 6 ގަޑިއިރު ކުރިން - 3 ޖުލައި 2025 14:10
ހުޅުމާލޭގައި ކުރިއަށް ގެންދިޔަ އިމިގްރޭޝަންގެ ރެއިޑް އޮޕަރޭޝަން.
ހުޅުމާލޭގައި ކުރިއަށް ގެންދިޔަ އިމިގްރޭޝަންގެ ރެއިޑް އޮޕަރޭޝަން.
ޚުލާސާ

އިމިގްރޭޝަނުން ބުނީ އެ އޮޕަރޭޝަނުގައި ޖުމްލަ 37 ބިދޭސީއަކު ޗެކްކޮށް، ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، އެތަނުގައި މަސައްކަތްކުރާ 15 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ 15 ބިދޭސީއަކު ހުޅުމާލެ ރަށު މާރުކޭޓުން އިއްޔެ ހިފަހައްޓައިފި އެވެ. 

މޯލްޑިވްސް އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން، ޓާސްކް ފޯސް އިން އިއްޔެ ހަވީރު ހުޅުމާލެ ފޭސް 1 ގައި ހުންނަ ރަށު މާރުކޭޓުގައި ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އިމިގްރޭޝަނުން ބުނީ އެ އޮޕަރޭޝަނުގައި ޖުމްލަ 37 ބިދޭސީއަކު ޗެކްކޮށް، ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، އެތަނުގައި މަސައްކަތްކުރާ 15 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެއީ 10 ފިރިހެނަކާއި ފަސް އަންހެނުންނެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ ރެއިޑް އޮޕަރޭޝަންތަކުގައި އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީންގެ ތެެރެއިން 5،000 އަށް ވުރެ ގިނަ މީހުން މިހާތަނަށް ވަނީ ޑީޕޯޓްކޮށްފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%