ޙަސީނާ ޖަލަށް ލުމަށް ޙުކުމްކޮށްފި

ޖަވާދު | 6 ގަޑިއިރު ކުރިން - 3 ޖުލައި 2025 14:12
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޖަރުމަނުގައި އޮތް މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގައި ވާހަކަ ދައްކަވަނީ: ބަންގްލަދޭޝް ކޯޓުމް އޭނާއަށް ވަނީ 6 މަހުގެ ޖަލުހުކުމެއް އިއްވާފަ. / ފޮޓޯ: ރޮއިޓާސް.
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޖަރުމަނުގައި އޮތް މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގައި ވާހަކަ ދައްކަވަނީ: ބަންގްލަދޭޝް ކޯޓުމް އޭނާއަށް ވަނީ 6 މަހުގެ ޖަލުހުކުމެއް އިއްވާފަ. / ފޮޓޯ: ރޮއިޓާސް.
ޚުލާސާ

ކޯޓުގެ ޙުރުމަތް ކެނޑިކަމަށްބުނެ ބަންގްލަދޭޝްގެ ކުރީގެ ރައީސް ޝައިޚް ޙަސީނާގެ ޣައިރު ހާޒިރުގައި ހަ މަހަށް ޖަލަށް ލުމަށް ޙުކުމްކޮށްފި. އޭނާއާއި ދެކޮޅަށް 227 މައްސަލަ އެބައޮތް.

ބަންގްލަދޭޝްގެ ކުރީގެ ރައީސް ޝައިޚް ޙަސީނާ ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި ހަ މަހަށް ޖަލަށް ލުމަށް އެ ޤައުމުގެ ބައިނަލްއަޤްވާމީ ޖަރީމާތަކާބެހޭ ޓްރައިބިއުނަލް، އައި.ސީ.ޓީ.އިން ޙުކުމްކޮށްފިއެވެ. ޙަސީނާގެ ޣައިރު ހާޒިރުގައި އިއްވާފައިވާ މި ޙުކުމަކީ، މިދިޔަ އަހަރު އޭނާގެ ވެރިކަން ބަދަލުވި ފަހުން އޭނާއާ ދެކޮޅަށް އިއްވި ފުރަތަމަ ޙުކުމެވެ.

މި ޙުކުމް އިއްވީ ޙަސީނާއާ ދެކޮޅަށް 227 ކޯޓު ކޭސް އޮތްކަމަށާއި، އޭގެ މާނައަކީ 227 މީހުން މަރާލުމުގެ "ލައިސެންސް" އޭނާގެ އަތުގައި އޮތް ކަމަށް ޙަސީނާ ވިދާޅުވާ ފޯނު ރެކޯޑިންގއެއް ލީކުވުމާ ގުޅިގެންނެވެ. ބަންގްލަދޭޝް ސަރުކާރުގެ ތަހުޤީޤީ އިދާރާތަކުން ވަނީ އެ ރެކޯޑިންގއަކީ އަސްލު ރެކޯޑިންގއެއްކަން ކަށަވަރުކޮށްދީފައެވެ.

ޙަސީނާގެ ވެރިކަން، މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި އެ ޤައުމުގެ ދަރިވަރުން ނިކުމެ ކުރި މުޒާހަރާތަކަށްފަހު ވެއްޓި، 2024 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 5 ވަނަ ދުވަހު އޭނާ އިސްތިޢުފާ ދެއްވިއެވެ. އޭގެ ފަހުން ޤައުމު ދޫކޮށް ވަޑައިގެން، ޙަސީނާ މިވަގުތު ދިރިއުޅުއްވަނީ އަވަށްޓެރި އިންޑިޔާގައެވެ. އޭނާ އިންޑިޔާއަށް ވަޑައިގެންނެވި ފަހުން ބަންގްލަދޭޝްގެ ކޯޓުތަކުގައި އޭނާއާ ދެކޮޅަށް ގިނަ މައްސަލަތަކެއް ވަނީ ބަލަން ފަށާފައެވެ.

އައި.ސީ.ޓީ.އަކީ ތިން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ޓްރައިބިއުނަލެކެވެ. އެ ޓްރައިބިއުނަލުން ބުނެފައި ވަނީ، ޙަސީނާއާ ދެކޮޅަށް އިއްވާފައިވާ މި ޙުކުމް ހިނގަން ފަށާނީ އޭނާ ހައްޔަރުކުރުމުން ނުވަތަ ކަމާބެހޭ އިދާރާތަކާއި އަމިއްލައަށް ޙަވާލުވުމުން ކަމަށެވެ. މީގެ ކުރިން ވެސް އައި.ސީ.ޓީ.އިން ވަނީ ޙަސީނާ ހައްޔަރުކުރުމުގެ ތިން އަމުރެއް ނެރެފައެވެ. އޭގެ ތެރޭގައި، މިދިޔަ އަހަރުގެ ޖުލައި މަހުގެ މުޒާހަރާތަކާއި ގުޅޭގޮތުން އިންސާނިއްޔަތާއި ޚިލާފު ޖަރީމާތައް ހިންގުމުގެ ދައުވާއެއް ވެސް ހިމެނެއެވެ.

ނޮބެލް އެވޯޑް ލިބިވަޑައިގެންފައިވާ މުޙައްމަދު ޔޫނުސް އިސްކޮށް ހުންނަވައި ހިންގަމުންދާ ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުން ވަނީ، ޙަސީނާ ހިމެނޭގޮތަށް އެ ޤައުމުގައި ޙައްޤުތަކާއި ޚިލާފަށް އަމަލުކުރާ އިސްވެރިންނާއި ކޮރަޕްޝަން ހިންގާ އިސްވެރިން ޖަވާބުދާރީކުރުވާނެ ކަމަށް ބުނެފައެވެ. އެ ގޮތުން، މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ދަރިވަރުން ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ދީފައިވާ ޙަމަލާތައް ވެސް ބަލާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%