Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރައީސް ސިންގަޕޫރުގެ އާބަން ރީޑިވެލޮޕްމަންޓް އޮތޯރިޓީއަށް ވަޑައިގެންފި

ރައީސް ސިންގަޕޫރުގެ އާބަން ރީޑިވެލޮޕްމަންޓް އޮތޯރިޓީއަށް ވަޑައިގެންފި

އަހްމަދު އީޒާން
389 ދުވަސް ކުރިން - 2 ޖުލައި 2025 15:43
ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރުގެ އާބަން ރީޑިވެލޮޕްމަންޓް އޮތޯރިޓީ (ޔޫއާރުއޭ)އަށް ޒިޔާރަތްކުރެއްވުން / ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރުގެ އާބަން ރީޑިވެލޮޕްމަންޓް އޮތޯރިޓީ (ޔޫއާރުއޭ)އަށް ޒިޔާރަތްކުރެއްވުން / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ޔޫއާރްއޭގެ ސިންގަޕޫރު ސިޓީ ގެލެރީއަށް ޒިޔާރަތްކުރައްވައި، ސިންގަޕޫރުގެ އާބަން ޕްލޭނިންގެ އެކިއެކި މަރުހަލާތައް ރައީސް ބައްލަވާލެއްވި.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިންގަޕޫރުގެ އާބަން ރީޑިވެލޮޕްމަންޓް އޮތޯރިޓީ (ޔޫއާރުއޭ) އާއި ހައުސިން އެންޑް ޑިވެލޮޕްމަންޓް ބޯޑަށް މިއަދު ޒިޔާރަތްކުރައްވައިފި އެވެ.

ސިންގަޕޫރުގެ ރައީސްގެ ދައުވަތަކަށް ރައީސްގެ ދެކަނބަލުން މިހާރު އެ ގައުމަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި, އެމަނިކުފާނު ސިންގަޕޫރުގެ ޔޫއާރުއޭއަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ އެތަނުގެ ޑެޕިއުޓީ ސީއީއޯ އަދި ޗީފް ޕްލޭނަ މިސް އެޑެލް ޓަން ޝިއާއޯ ލިންގް އާއި ސިންގަޕޫރުގެ ހައުސިން އެންޑް ޑިވެލޮޕްމަންޓް ބޯޑުގެ ޑިރެކްޓަރު (ޕޮލިސީ އެންޑް ޕްރޮޕަޓީ) މިސް ސިއާ ޓްޒޭ މިންގް އެވެ.

ރައީސް އޮފީހުން ބުނީ އެތަނުން ރައީސް އާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް ވަނީ، ސިންގަޕޫރު ރައްޔިތުންގެ ލުއިފަސޭހައަށް އިސްކަންދޭ، ރައްކާތެރި އަދި ސްމާޓް ދިރިއުޅުމެއް އުޅެވޭނެ ސިޓީއެއް ބިނާކޮށް، ދެމެހެއްޓުމަށް ސިންގަޕޫރުން ގެންގުޅޭ ދުރުރާސްތާގެ ޕޮލީސެންޓްރިކް އާބަން ޕްލޭނިންއާ ބެހޭ ގޮތުން ޕްރެޒެންޓޭޝަނެއް ދީފައި ކަމަށެވެ.

Advertisement

Advertisement 1

އެ ޕްރެޒެންޓޭޝަނަށް ފަހު އޮތީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނިގެން، ރައްޔިތުންނަށް އަގުހެޔޮ ބޯހިޔާވަހިކަމެއް ހޯދައިދިނުމަށް އަމާޒުކުރުން ވެސް ހިމަނައިގެން، ސިންގަޕޫރު ސަރުކާރުން ހިންގާ މަލްޓިސެކްޓޯރަލް އާބަން ޕްލޭނިން މަޝްވަރާތަކުގައި އާންމުންގެ ބައިވެރިވުން ހިމެނުމަށް އެ ގައުމުން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ ގޮތުން ބޭއްވި ސުވާލާއި ޖަވާބު ސެޝަނެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެއަށް ފަހު ރައީސް ވަނީ ޔޫއާރްއޭގެ ސިންގަޕޫރު ސިޓީ ގެލެރީއަށް ޒިޔާރަތްކުރައްވައި، ސިންގަޕޫރުގެ އާބަން ޕްލޭނިންގެ އެކިއެކި މަރުހަލާތައް ބައްލަވާލައްވައިފަ އެވެ. އަދި އެ ސިޓީ ބެލެހެއްޓުމަށް މިދިޔަ އަހަރުތަކުގައި ކުރިމަތިވި އެކިއެކި ގޮންޖެހުންތަކާއި އެކަންކަމަށް ހައްލު ގެނެވުނު ގޮތް ބައްލަވާލައްވައިފަ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި, ޔޫއާރްއޭއަކީ އެތަނުގެ ޑިސްޓްރިކްޓް ކޮންޒަވޭޝަން ޕްރޮގްރާމުގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ބައެކެވެ. އަދި އެއީ, ދެމެހެއްޓެނިވި ގޮތެއްގައި ދިރިއުޅުމަށް އެކަށޭނެ ތަންތަން ތަރައްގީކުރުމަށް ހާއްސަ ކޮށްފައިވާ ކުންފުންޏެކެވެ.

ސިންގަޕޫރުރައީސުލްޖުމްހޫރިއްޔާގެ އޮފީސްރައީސް ޑރ. މުޙައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރައްޔިތުންގެ އަޑު: 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި

ރައްޔިތުންގެ އަޑު: 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި

2 ދުވަސް ކުރިން - 17:24

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ނިންމަވައިފި

3 ދުވަސް ކުރިން - 10:08

ޑޮމިނިކަން ރިޕަބްލިކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ޑޮމިނިކަން ރިޕަބްލިކްގެ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްމްހޫރިއްޔާ އަށް އަރުވައިފި

4 ދުވަސް ކުރިން - 15:22

ކިއުބާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ކިއުބާ ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

4 ދުވަސް ކުރިން - 15:12

ޤަޠަރުގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ޤަޠަރުގެ އައު ސަފީރު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

4 ދުވަސް ކުރިން - 15:04

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމަށް އަލްއުސްތާޛު އަމްޖަދު މުސްތަފާ އައްޔަނުކުރައްވައިފި

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމަށް އަލްއުސްތާޛު އަމްޖަދު މުސްތަފާ އައްޔަނުކުރައްވައިފި

5 ދުވަސް ކުރިން - 13:44